Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓެލްކޯ ފްލެޓްތައް ހަވާލުކުރުން

ފްލެޓް ހަވާލުކުރި ފުރަތަމަ ކުންފުންޏަކަށް ސްޓެލްކޯ

ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިނުކުރާ 52 މީހުން އެބަތިވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2022 | ހޮނިހިރު 11:57
ސްޓެލްކޯ ފްލެޓްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސްޓެލްކޯ ފްލެޓްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހިޔާ މަޝްރޫޢުގެ ދަށުން ސްޓޭޓް އިލެކްޓްރިކް ކޮޮމްޕެނީ (ސްޓެލްކޯ)އިން ތަރައްޤީކޮށްފައިވާ ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފިއެވެ.

ސްޓެލްކޯ އަކީ ހިޔާ މަޝްރޫޢުގެ ދަށުން ކުންފުނިތަކަށް ޚާއްސަ ފްލެޓްތަކުގެ ތެރެއިން އެންމެ އަވަހަށް ފްލެޓް ހަވާލުކުރި ކުންފުނިކަން ފާހަގަކޮށްލެވެއެވެ. ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ފްލެޓްތައް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާ ޗައިނާގެ ކުންފުނިންވަނީ އެތަނުގެ މަސައްކަތް ނިންމާ ރަމްޒީ ތަޅުދަނޑި ސްޓެލްކޯއާއި ހަވާލުކޮށްފައެވެ. އެ ރަސްމިއްޔާތުގައި ސްޓެލްކޯއިންވަނީ ފްލެޓް ލިބުނު މުވައްޒަފުންނާއި ތަޅުދަނޑި ހަވާލުކޮށްފައެވެ.

މި މަޝްރޫޢު ފުރިހަމަކުރުމަށް ޖުމްލަ 692 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އެހެންނަމަވެސް ފްލެޓްގެ އަގުގެ ގޮތުގައި މުވައްޒަފުންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 623 މިލިއަން ރުފިޔާއެވެ.ބާކީ 69މިލިއަން ރުފިޔާ ދައްކާނީ ސްޓެލްކޯއިން ކަމަށް އެ ކުންފުނިން މައުލޫމާތުދީފައިވެއެވެ. މީގެ އިތުރުން ފްލެޓްތަކުގެ ކުލި ކުންފުންފުނި މެދުވެރިކޮށް ދެއްކުމަށް ވެސް ސްޓެލްކޯ އިން ވަނީ ނިންމާފައެވެ. ސްޓެލްކޯ އިން ބުނިގޮތުގައި މިގޮތަށް ހަމަޖައްސާފައިވަނީ ބޭންކުތަކުން ލޯނު ނަގައިގެން ފްލެޓްތަކަށް ފައިސާދެއްކުމަކީ ޚަރަދު ބޮޑު ބުރަ ކަމަކަށް ވުމުންނެވެ.

ސްޓެލްކޯގެ ފްލެޓްތަކަށް ފައިސާ ދައްކަނީ 18 އަހަރަށް ބަހާލައިގެންނެވެ. އޭގެ ކުރިން ދައްކަން ޖެހޭ ޑައުންޕޭމަންޓް މިހާރު ދަނީ ދައްކަމުންނެވެ.މި މަޝްރޫޢުގެ ދަށުން ސްޓެލްކޯއިންވަނީ 2 ޓަވަރު ތަރައްޤީކޮށްފައެވެ. މި ދެ ޓަވަރުގައި ޖުމުލަ 360 ކޮޓަރި ހުރި އިރު އޭގެ ތެރޭގައި ހިމެނެނީ1 ކޮޓަރީގެ 72 އެޕާޓްމަންޓާއި، 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ. 1 ކޮޓަރީގެ އެޕާޓްމަންޓަކަށް މަހު ކުލީގެ ގޮތުގައި 5622 ރުފިޔާ ދައްކަން ޖެހެއެވެ. އަދި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ ފްލެޓްތަކަށް ދައްކަންޖެހޭ މިންވަރު އުޅެނީ 10،356 ރުފިޔާއާއި 10،652 ރުފިޔާއާއި ދެމެދުގައެވެ. މީގެ އިތުރުން ފްލެޓްތަކުގެ މެއިންޓެނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާ ދައްކަން ޖެހެއެވެ.

މިހާތަނަށް 306 މީހުންވަނީ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި އެ އެއްބަސްވުމުގައި ސޮއިނުކުރާ 52 މީހުންނާއި އެކު އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ސޮއިކުރާނެއެވެ. ހިޔާ މަޝްރޫޢުގެ ދަށުން ޖުމްލަ 4 ކުންފުންޏަކުން އަންނަނީ ޓަވަރުތައް ތަރައްޤީކުރަމުންނެވެ.

ހިޔާ ފްލެޓްފްލެޓްސްޓެލްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު