Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމުގެ ޤަވާއިދު

ބޭރުގެ އުޅަނދުފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމުގެ ޤަވާއިދެއް

ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 މަސް ދުވަހުގެ މުއްދަތަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 އޯގަސްޓު 2022 | ހުކުރު 08:51
ފަރެސްމާތޮޑާ މަސްވެރިން

ފަރެސްމާތޮޑާ މަސްވެރިން

ބޭރުގެ އުޅަނދުފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމުގެ ގަވާއިދެއް އެކުލަވާލައި ދައުލަތުގެ ގެޒެޓުގައި ޝާޢިއުކޮށްފިއެވެ.

މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމާބެހޭ ގަވާއިދުގެ މައިގަނޑު މަގުސަދަތައް ކަމުގައި ބަޔާންކޮށްފައިވަނީ، ކަނޑުމަސް އެކްސްޕޯޓުކުރުމުގެ ވިޔަފާރީގެ ވާދަވެރިކަން އިތުރުކުރުމާއި، މިނިސްޓްރީގެ ފަރާތުން ދޮށީގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ އުޅަނދުތަކުން ބާނާ ކަނޑުމަހުގެ ބާވަތްތައް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ގަތުމުގެ ލައިސަންސް މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ދިނުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާން ކުރުމެވެ.

ލައިސެންސަށް އެދި ހުށަހަޅަންޖެހެނީ ފިޝަރީޒް މިނިސްޓްރީން މިކަމަށް ޤާއިމްކޮށްފައިވާ ނިޒާމް މެދުވެރިކޮށެވެ. އަދި މިކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އެ ފޯމެއް ހުށަހެޅުމުގައި އަމަލުކުރަންޖެހޭނެގޮތުގެެ އިރުޝާދުތައް ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެ ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގެ ދަށުން މަސްގަންނަ ބޭރުގެ އުޅަނދަކަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 މަސް ދުވަހުގެ މުއްދަތަކަށެވެ. މަސްގަންނަ އުޅަނދުގައި، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ވެސަލް ލޮކޭޓިންގ ޑިވައިސްއަކާއި އިލެކްޓްރޯނިކް އޮބްޒަރވަރ ސިސްޓެމެއް އުޅަނދުގައި ހަރުކުރަން ޖެހެއެވެ.

މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހެޅޭނީ، ހަމައެކަނި %100 ދިވެހިން ހިއްސާވާ ގޮތަށް ރާއްޖޭގެ ޤާނޫނާ އެއްގޮތަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށެވެ. އަދި ލައިސެންސަށް އެދި ހުށަހަޅާ ފަރާތުން މަސްގަތުމަށް ބޭނުންކުރަންވާނީ ބޭރުގެ އުޅަނދެއް ކަމަށާއި، ގަވާއިދުގެ ބޭނުމަށް ލައިސެންސަށް އެދި ހުށަހަޅާ ފަރާތް ބަލާނީ، އެއީ މަސް ގަތުމުގައި ބޭނުންކުރާ މަސް ގަންނަ ބޭރުގެ އުޅަނދުގެ އޮޕަރޭޓަރުގެ ގޮތުގައިކަމަށް ބުނެފައިވެއެވެ.މި ގަވާއިދުގެ ދަށުން ކަނޑުމަސްގަތުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތުން ކަނޑުމަސް ގަތުމަށް ބޭނުންކުރާ މަސްގަންނަ ބޭރުގެ އުޅަނދުގައި ހުންނަންޖެހޭގެ ޝަތުރުތައްވަނީ ކަނޑައަޅާފައެވެ. އެގޮތުން 500 މެޓްރިކްޓަނުގެ ކެޕޭސިޓީއެއް ހުރުމާއި، ޖިނާއީ ކުށެއްގައި އެއްވެސް ޤައުމެއްގެ އިދާރާއަކުން ލިސްޓުކޮށްފައިވާ އުޅަނދެއް ކަމުގައި ނުވުން ހިމެނެއެވެ.

އަދި އެއްވެސް ސަބަބެއް ދިމާވެގެން، މަސްގަންނަ ބޭރުގެ އުޅަނދުގައި ހަރުކޮށްފައިވާ ވެސަލް ލޮކޭޓިންގ ޑިވައިސް ނުވަތަ އިލެކްޓްރޯނިކް އޮބްޒާވަރ ޔުނިޓުގެ ޚިދުމަތް މެދުކެނޑިފައިވަނިކޮށް، ކަނޑުމަސް ގަތުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށްވެސް މި ގަވާއިދުގައި ބުނެފައިވެއެވެ. އެގޮތުން ލައިސެންސް ނެތި މަސް ގަންނަ ބޭރުގެ އުޅަނދުތައް އަށް ލައްކަަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި ދޮށީގެ މަސްވެރިކަން ކުރުމުގެ ލައިސެންސެއް ނެތް ދޯންޏަކުން ބާނާފައިވާ މަސް ގަންނަ ނަމަ، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއި، ވެސަލް ލޮކޭޓިންގ ޑިވައިސް ނިއްވާލައިފި ނަމަވެސް އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ ކަމަށް މި ގަވާއިދުގައިވެއެވެ. މީގެ އިތުރުވެސް އެކި އެކި ކުށްތަކާއި އެކު ކުށްތަކަށް ކަނޑައަޅާފައިވާ އަބަދުތައް މި ގަވާއިދުގައިވެއެވެ.

ފިޝަރީސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް

ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް

10 ޑިސެމްބަރު 2025
ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި

ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި

08 ޖޫން 2024
11 ރަށެއްގައި އައިސްޕްލާންޓް ގާއިމްކުރަނީ

11 ރަށެއްގައި އައިސްޕްލާންޓް ގާއިމްކުރަނީ

11 އެޕްރީލު 2024
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު