Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރަށު ޚިޔާނާތުގެ މައްސަލަ

ޔާމީނަށް ދިން ފައިސާ މަދުވުމުން މޫނުމަތިން ނުތަނަވަސްކަން ފެނުނު: އޮއިއްޓޭ

އޮއިއްޓޭ އެންމެ ފުރަތަމަ ރައީސް ޔާމީނާ ބައްދަލުވީ ރައީސް ޔާމީނުގެ ގެކޮޅުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 އޯގަސްޓު 2022 | ބުރާސްފަތި 10:21
ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ބޭއްވި އަޑުއެހުމުގެތެރެއިން

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ބޭއްވި އަޑުއެހުމުގެތެރެއިން

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ ކޯޓުގައި ކުރިއަށްދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ޔޫސުފް ނައީމްގެ ދައުވާތައް އެކުއެކީގައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ހެތްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ މުހައްމަދު ހުސައިން (އޮއިއްޓޭ)، ގ. އޮއެވާލިއެވެ. އޭނާ ހާޒިރުކުރީ ލަންޑަން ހައިކޮމިޝަން މެދުވެރިކޮށެވެ.

މި އަޑުއެހުމުގައި ޔާމީނުގެ ވަކީލުން ވަނީ އިއުތިރާޒެއް ނަންގަވާފައެވެ. އެގޮތުން ހެކިވެރިޔާ މަޖިލީހަށް ހާޒިރުނުވެ ހެކިބަސް ދެމުންދަނީ އޭނާ ހާޒިރު ނުކުރެވިގެންތޯ ވަނީ ސުވާލު ކުރައްވާފައެވެ.

އެކަމާގުޅޭގޮތުން ދައުލަތުން ބުނީ، ހެކިވެރިޔާއަކީ ރާއްޖޭގައި ދިރިއުޅޭ ފަރާތެއް ނޫންކަމަށާއި، އޭނާ ދިރިއުޅޭ ގައުމުގެ އެމްބަސީ މެދުވެރިކޮށް ހެކިބަސް ނެގުމަށް ހަމަޖެއްސީ އެ ސަބަބާހުރެ ކަމަށެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅައިގެން ހެކިބަސް ނެގުމަށް ހުރަހެއް އޮތްކަމަށް ދައުލަތުން ނުދެކޭކަންވެސް ވަނީ ބަޔާންކޮށްފައެވެ.

އެހެންނަމަވެސް، އޭނާއަކީ ހާޒިރުވެވެން އޮތް މީހަކަށްވެހުރެ، ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދަނީ ކީއްވެތޯ ދިފާއުން ސުވާލު ކުރެއްވިއެވެ.

ތަނެއްގައި ދިރިއުޅުމަކީ އެމީހަކު ބޭނުންވާ ވަގުތަކު ޝަރީއަތަށް ހާޒިރުނުވެ ހުންނަން ޖެހޭ ސަބަބެއް ނޫންކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވިއެވެ.

މި މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލު ނިންމެވީ ހެކިބަސް ނެގުން ކުރިއަށް ގެންދެވުމަށެވެ. އެއީ ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއްކަމަށް ޝަކީލް ވިދާޅުވިއެވެ.

ހެކިބަސް ދެމުން އޮއިއްޓޭ ބުނީ، އޭނާ ރައީސް ޔާމީނާ ދިމާވީ 2013 ވަނަ އަހަރު ކަމަށެވެ. އެންމެ ފުރަތަމަ ބައްދަލުވީ ރައީސް ޔާމީނުގެ ގެކޮޅުންކަމަށާއި، އެއީ އަހުމަދު އަދީބު ހަވާލުކުރެއްވި ފައިސާތަކެއް ރައީސް ޔާމީނަށް އެރުވުމަށްކަމަށް އޭނާ ބުންޏެވެ.

އޮއިއްޓޭ ބުނިގޮތުގައި، އެއީ އަދީބު ދެއްވާފައިވާ 1 މިލިއަން ރުފިޔާއެވެ. އެ ހިފައިގެން ރައީސް ޔާމީނު ގެކޮޅު ކައިރިއަށް ގޮސް، ފޯނުން ގުޅުމަށްފަހު ގެކޮޅަށް ވަތްކަމަށް އޭނާ ބުންޏެވެ. އޭރު ރައީސް ޔާމީނު އެތަނުގައި ހުންނެވިކަމަށާއި، 1 މިލިއަން ރުފިޔާގެ ތެރެއިން 1 ލައްކަ ރުފިޔާ އެރުވުމުން ރައީސް ޔާމީނު މޫނުފުޅުމަތިން ނުތަނަވަސްކަމެއް ފެނުނުކަމަށް އޭނާ ބުންޏެވެ.

ޔާމީނުގެ ގެކޮޅުން ނުކުމެގެން ދިއުމަށްފަހު އަނެއްކާވެސް އަދީބާ ވާހަކަދެއްކީކަމަށް އޭނާ ބުންޏެވެ. އަދި އަދީބާ ވާހަކަދެއްކުމަށްފަހު ރައީސް ޔާމީނުގެ ގެކޮޅަށް ގޮސް ބާކީހުރި 9 ލައްކަ ރުފިޔާ ޔާމީނަށް އެރުވީކަމަށް އޭނާ ބުންޏެވެ.

އަދި އޭރު އަދީބު ހުންނެވީ ރަށުން ބޭރުގައިކަމަށް އޭނާ ބުންޏެވެ.

އަދީބު އާންމުކޮށް ފައިސާ ބަހައްޓަވަނީ އޭނާގެ ގެކޮޅާއި، ކާރާއި، އޭނާގެ އޮފީހުގައިކަމަށް އޮއިއްޓޭ ބުންޏެވެ. އޭރު އޭނާއަކީ އަދީބުގެ ޑްރައިވަރެވެ.

އޭނާ ބުނިގޮތުގައި އަދީބުގެ ޑްރައިވަރެއްގެ ހައިސިއްޔަތުން، އެކި މީހުންނަށް ފައިސާ ގެންގޮސްދޭން ޖެހެއެވެ. އެ ހުރިހާ މުއާމަލާތެއް ހަނދާނުގައިވެސް ނުހުންނަ ކަމަށާއި، ބައެއް ފަހަރު ފޯނުގެ ނޯޓުގައި ލިޔާކަމަށް އޭނާ ބުންޏެވެ.

އޮއިއްޓޭ ބުނިގޮތުގައި އޭގެ ފަހުންވެސް ޔާމީނާ އެކި ފަހަރުމަތިން ބައްދަލުވިއެވެ.

އޭނާއަށް އެނގިގެން ހަވާލުކޮށްފައިވަނީ 1 މިލިއަން ރުފިޔާކަމަށް އޭނާ ބުންޏެވެ. އެ ފައިސާ ހަވާލުކުރީ ކަރުދާސް ކޮތަޅެއްގައިކަން އޭނާ ފާހަގަކުރިއެވެ. އެއީ ހައްތަހާވެސް 500ގެ ނޫޓެވެ.

އޮއިއްޓޭ ބުނިގޮތުގައި އޭނާއަށް ކަމެއް ދިމާވެގެން ބުނުމުން އަދީބު އަބަދުވެސް ފައިސާގެ އެހީ ދެއްވައެވެ. އެއީ އަދީބު ވިޔަފާރިވެރިންގެ އަތުން ހޯއްދަވާ ފައިސާކަމަށް އޭނާ ބުންޏެވެ.

އަދީބު ވިޔަފާރިވެރިންގެ އަތުން ގެންނަވާ ފައިސާއިން، ހާލުގައިޖެހިފައިވާ މީހުންނާއި، ބޭސްފަރުވާއަށް ދާން ބޭނުންވާ މީހުންނާއި، ސިޔާސީ މީހުންނަށްވެސް އެހީ ދެއްވާކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އޭނާއަށް ޖެހިލުމެއްނެތި ހެކިބަސް ދެވޭނީ ގައުމުން ބޭރުގައި ހުރެގެންނެވެ.

ރައީސް ޔާމީންކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު