Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕެސްޓުގެ މައްޗަށް ކުރާ ދައުވާ

ޕެސްޓުގެ ބޭންކް ސްޓޭޓްމަންޓު ހޯދި ގޮތާމެދު ސުވާލުތަކެއް: ހެކި ބަލައެއް ނުގަންނާނެ

ޕެސްޓުގެ ފަރާތުން ވަކާލާތު ކުރައްވަނީ ވަކީލު އަހުމަދު ޔާމީން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 އޯގަސްޓު 2022 | ބުރާސްފަތި 08:28
މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޏ. ފުވައްމުލަކު ދިގުވާނޑު، ނައި، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) 

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޏ. ފުވައްމުލަކު ދިގުވާނޑު، ނައި، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) 

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޏ. ފުވައްމުލައް-ދިގުވާނޑު، ނައި، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ ދިފާއުގެ ހުށައެޅުންތަކަށް ގޮތް ނިންމުމެވެ. ޕެސްޓުގެ ފަރާތުން ވަކާލާތު ކުރައްވަނީ ވަކީލު އަހުމަދު ޔާމީނެވެ.

Advertisement - newsAdvertisement

ޕެސްޓުގެ ފަރާތުން ވަނީ ދައުލަތުން އޭނާއާ ދެކޮޅަށް ހުށައަޅާފައިވާ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ނިންމުމަކަށް ވާސިލުވުމަށް ބޭނުންކުރި "ވޯކްލޮގް" އެއް ހާމަ ކޮށްދިނުމަށް އެދިފައެވެ.

އަދި އެ ރިޕޯޓުގެ ނިންމުމަކަށް ވާސިލުވުމަށް ތަހުލީލުގައި ބޭނުންކޮށްފައިވާ ސޮފްޓްވެއަރ އިން ޖެނެރޭޓްކުރާ އޮޓޮމޭޓަޑް ރިޕޯޓުވެސް ހާމަކޮށްދިނުމަށް އެދުނެވެ. ދިފާއުން ބުނާ ގޮތުގައި އެއީ ދައުވާލިބޭ ފަރާތުން ސުވާލު ކުރަން ބޭނުންވާ މުހިއްމު މައުލޫމާތުތަކެއް ހިމެނޭ ލިއުމެކެވެ.

އެ ހުށައެޅުމަށް ބަލާއިރު، ގާޒީ ނިންމެވީ އޮޓޮމޭޓަޑް ރިޕޯޓު ދިފާއަށް ދޫކުރަން ޖެހޭ ކަމަށެވެ.

މި މައްސަލައިގައި މަސްތުވާތަކެތި ފެނުނުކަމަށް ބުނެފައިވަނީ ކ މާލެ ގ ރިހިއަވި ގެއިންނެވެ. އެ ގެއަށް ޕެސްޓް ހާޒިރުކޮށް ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފައިވާއިރު، ދިފާއު ބިނާ ކުރުމުގައި އެ އޮޕަރޭޝަނާއި ގުޅޭ ވީޑިއޯތައް މުހިއްމުކަންވެސް ދިފާއުން ފާހަގަ ކުރެއެވެ.

އެހެންނަމަވެސް، އެފަދަ ވީޑިއޯއެއް ކޮށްފައިނުވާނެކަމަށް މައްސަލަ ތަހުގީގު ކުރާ ފަރާތުން ބުނެއެވެ. ވުމާއެކު، މި ހުށައެޅުން ބަލައިނުގަތުމަށް ގާޒީ ނިންމެވިއެވެ.

އޭގެ އިތުރުން، ދައުލަތުން ކުރާ ދައުވާގައި އޭނާއާ އެއްކޮޅަށް ހުރި ހެކިތައް ހާމަ ކޮށްދެއްވުމަށްވެސް ހުށައަޅާފައިވެއެވެ. އެ ނިންމުން ނިމިފައިވަނީ ދިފާއާ އެއްކޮޅަށެވެ.

ފަސްވަނަ ހުށައެޅުމެއްގެ ގޮތުން އޭނާގެ ފަރާތުން ހުށައަޅާފައިވަނީ ދައުލަތުން ދައުވާލިބޭ ފަރާތާއި އެހެން ފަރާތްތަކުގެ ބޭންްކް އެކައުންޓުން ކޮށްފައިވާ މުއާމަލާތްތައް އެނގޭގޮތަށް "ސްޓޭޓްމަންޓު" ތަކާއި މުއާމަލާތްތަކުގެ ތަފްސީލުތައް ހޯދާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށެވެ.

ދިފާއުން ފާހަގަކުރާ ގޮތުގައި ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގެ ސީދާ ބާރު ލިބިފައިވާ ފަރާތަކުން ނުވަތަ ޕީޖީ އޮފީހުން ކޯޓު މެދުވެރިނުކޮށް، ސީދާ ބޭންކަށް ލިޔެގެން އެކައުންޓުގެ މުއާމަލާތްތައް ހޯދުމަކަށް ބޭންކިންގ ޤާނޫނު ތަނެއް ނުދެއެވެ.

އެގޮތުން ބަލާއިރު ކޯޓު މެދުވެރިނުކޮށް ހޯދޭނީ ކަސްޓަމަރުގެ އެކައުންޓުތަކާއި، ޑިޕޮސިޓްތައް ފަދަ އެކައުންޓުގެ މައުލޫމާތުކަމަށް ދިފާއުން ބަޔާންކޮށްފައިވެއެވެ. އެކަން ދިވެހިރާއްޖޭގެ ބޭންކިންއާ ބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

އެ މާއްދާއަށް ބަލާއިރު، ކަސްޓަމަރުން ކޮށްފައިވާ މުއާމަލާތްތަކާއި ބެހޭ މައުލޫމާތާއި ސްޓޭޓްމަންޓަކީ ކޯޓު އަމުރެއްނެތި ޤާނޫނީ ގޮތުން ހޯދޭނެ މައުލޫމާތެއް ނޫންކަމަށްވެސް ދިފާއުން ވަނީ ފާހަގަކޮށްފައެވެ. އެގޮތަށް ބެލޭނެ ޙާލަތްތައް އެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކޮރަޕްޝަން ހުއްޓުވުމާއި، މަނީ ލޯންޑަރިންގ އާއި، ޓެެރަރިސްޓް ޖަމާއަތްތަކަށް ފަންޑު ހޯދުން ފަދަ ކަންކަމެވެ.

ވުމާއެކު، ޕެސްޓުގެ ބޭންކް ސްޓޭޓްމަންޓު ހެކީގެ ގޮތުގައި ޝަރީއަތަށް ބަލައިނުގަތުމަށް ވަނީ ހުށައަޅާފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުން ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ބ) ގެ ދަށުން ކުރަންޖެހޭ ކަންކަމަށް ކޯޓު އަމުރެއް ހޯދާކަށް ނުޖެހޭނެ ކަމަށެވެ. އެކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ބަޔާންކޮށްފައިވާކަމަށް ދައުލަތުން ފާހަގަ ކުރެއެވެ.

އެހެންނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ ސްޓޭޓްމަންޓު ހޯދުމަށް ފޮނުވި ސިޓީގެ އެއްވެސް ހިސާބެއްގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާކަމަށް ގާޒީ ވިދާޅުވިއެވެ. ވީއިރު ދައުލަތުން ބުނާ ބުނުމާއި، ސިޓީގައި ހުރި ކަންކަން ދިމާނުވާކަމަށް ގާޒީ ފާހަގަ ކުރެއްވިއެވެ.

އެ ސިޓީގައި ފުލުހުން ވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 157 ވަނަ މާއްދާއަށް ޙަވާލާ ދީފައެވެ. އެ މާއްދާގައި އެކައުންޓެއް ފްރީޒް ކުރުމަށް ބޭންކަށް އެންގުމުގެ ބާރު ފުލުހުންނަށް ދީފައިވާއިރު، އޭގެ ކުރިން ތުހުމަތު ކުރެވޭ ފަރާތާ ސުވާލު ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، މި މައްސަލައިގައި ފުލުހުން އެކައުންޓު ފްރީޒް ކުރުމަށް ބޭންކަަށް އަންގާފައިވަނީ އޭނާއާ ސުވާލު ކުރުމުގެ ކުރިންކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވަނީ އޭނާގެ އެކައުންޓް ސްޓޭޓްމަންޓް ޝަރީއަތަށް ބަލައިނުގަތުމަށް ނިންމަވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

ކްރިމިނަލް ކޯޓްމަސްތުވާތަކެތި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު