Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވީއައިއޭގެ ޗެކިންގ ސިސްޓަމަށް ދިމާވި މައްސަލަ

އެއާރޕޯޓުގެ ޗެކިންގ ސިސްޓަމަށް ދިމާވި މައްސަލަ އަދި ހައްލެއްނުވޭ

3 އޯގަސްޓު 2022 | ބުދަ 12:31

ޗެކިންގ ސިސްޓަމަށް މައްސަލައެއް ދިމާވިތާ 3 ދުވަސް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 އޯގަސްޓު 2022 | ބުދަ 12:31
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ ޗެކިންގ ކުރިއަށް ދަނީ

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ ޗެކިންގ ކުރިއަށް ދަނީ

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓު (ވީއައިއޭ)ގެ ޗެކިންގ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށާއި، އެ މައްސަލަ މިހާތަނަށް އައިއިރު ހައްލުކުރެވިފައި ނުވާކަމަށް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓަރމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ޗެކިންގ ސިސްޓަމަށް މީގެ ތިން ދުވަސް ކުރިން ދިމާވި މައްސަލައާގުޅިގެން ޗެކިން ކުރުމުގައި ދަތިތައް ހުރި ނަމަވެސް އެއާޕޯޓުގެ ޗެކިންގ ހުއްޓުމަކަށް އައިސްފައިނުވާކަމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަންތަނަށް ދަތުރުކުރާ ފަރާތްތަކުންވެސް ޗެކިންގ ވުމަށް ހޭދަކުރަން ޖެހޭ ވަގުތު ކުރިއާ އަޅައިބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެފަދަ މައްސަލަތައް މެދުވެރިވިޔަ ނުދިނުމަށްޓަކައި ދުރާލައި ޗެކިންގވުމަށް އެއާރޕޯޓަށް ދިއުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެއާރޕޯޓުގެ ޗެކިން ސިސްޓަމަށް ދިމާވި މައްސަލަ ދިމާވާން މެދުވެރިވި ސަބަބު މިހާތަނަށް އައިއިރު ދެނެގަނެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގައި ކަންހިނގި ގޮތް ބަލައި ތަހުގީގުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއާރޕޯޓުގެ ޗެކިންގއަށް މައްސަލަ ދިމާވިނަމަވެސް އިއްޔެ އެކަނިވެސް އިންޓަރނޭޝަނަލް 70 ފްލައިޓުން 5124 ފަސިންޖަރުން ވަނީ ރާއްޖެ އައިސްފައެވެ. އަދި ޑޮމެސްޓިކް ފްލައިޓް 49 ފްލައިޓް ދަތުރުކޮށްފައިވާއިރު ޖުމުލަ 1874 ފަސިންޖަރުން ރާއްޖޭގެ އެކިތަންތަނަށް ވީއައިއޭއިން ދަތުރުކޮށްފައިވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!
02 ޖުލައި 2024

މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި

02 ޖުލައި 2024
މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި
17 މެއި 2024

އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

17 މެއި 2024
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
07 އެޕްރީލު 2024

ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އެމްއޭސީއެލްގެ ސީނިއަރ މުވައްޒަފަކު ޝަރުތުތަކާއެކު ދޫކޮށްލައިފި

07 އެޕްރީލު 2024
ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އެމްއޭސީއެލްގެ ސީނިއަރ މުވައްޒަފަކު ޝަރުތުތަކާއެކު ދޫކޮށްލައިފި
15 ޖެނުއަރީ 2024

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ހުޅުވައިފި

15 ޖެނުއަރީ 2024
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ހުޅުވައިފި
29 ޑިސެމްބަރު 2023

ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު

29 ޑިސެމްބަރު 2023
ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު
26 ޑިސެމްބަރު 2023

އޭވިއޭޝަން ދާއިރާ ކުރިއަރުވައި، މައްސަލަތައް ހައްލުކުރުމުގެ މަޝްވަރާއަށް އޭވިއޭޝަން ފޯރަމެއް ބާއްވަނީ

26 ޑިސެމްބަރު 2023
އޭވިއޭޝަން ދާއިރާ ކުރިއަރުވައި، މައްސަލަތައް ހައްލުކުރުމުގެ މަޝްވަރާއަށް އޭވިއޭޝަން ފޯރަމެއް ބާއްވަނީ
21 ޑިސެމްބަރު 2023

ވީއައިއޭއަށް ފުރަން ދާ މީހުން ތިން ގަޑިއިރު ކުރިއަށް ދިއުމަށް އިލްތިމާސްކޮށްފި

21 ޑިސެމްބަރު 2023
ވީއައިއޭއަށް ފުރަން ދާ މީހުން ތިން ގަޑިއިރު ކުރިއަށް ދިއުމަށް އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2023

ވެލާނާ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީގައި ދެވޭ ގޮތް ހަދައިފި

10 ޑިސެމްބަރު 2023
ވެލާނާ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީގައި ދެވޭ ގޮތް ހަދައިފި
01 ޑިސެމްބަރު 2023

ވީއައިއޭގައި ބޭނުންކުރާ އެއިރޯނޯޓިކަލް މެސެޖް ހެންޑްލިންގ ސިސްޓަމް ޒަމާނީކޮށް، ހިދުމަތްދޭން ފަށައިފި

01 ޑިސެމްބަރު 2023
ވީއައިއޭގައި ބޭނުންކުރާ އެއިރޯނޯޓިކަލް މެސެޖް ހެންޑްލިންގ ސިސްޓަމް ޒަމާނީކޮށް، ހިދުމަތްދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް