Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ކަސްޓަމްސް ސަރވިސް

ކަސްޓަމްސްއާއި ތަނުގެ މުވައްޒަފުން ބަދުނާމު ކުރުމަށް ދިޔަރެސްއިން ދަނީ ތަކުރާރުކޮށް ޚަބަރު ފަތުރަމުން: ކަސްޓަމްސް

2 އޯގަސްޓު 2022 | އަންގާރަ 07:32

ކަމުގެ ޙަޤީގަތް އޮޅުން ފިލުވުމަށް މަސައްކަތެއް ނުކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އޯގަސްޓު 2022 | އަންގާރަ 07:32
މޯލްޑިވްސް ކަސްޓަމްސް ސަރވިސް

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ކަސްޓަމްސްއާއި ތަނުގެ މުވައްޒަފުން ބަދުނާމު ކުރުމަށް އޮންލައިން ނޫހެއްކަމަށްވާ ދިޔަރެސްއިން ތަކުރާރުކޮށް ޚަބަރު ފަތުރަމުންދާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ބުނީ، ދިޔަރެސް ނޫހުގައި ކަސްޓަމްސްއާ ގުޅޭގޮތުން ތަކުރާރުކޮށް ދޮގު މައުލޫމާތު ޝާއިއު ކުރަމުންދާ ކަމަށެވެ. އެ އަމަލަކީ ކަސްޓަމްސްއާއި އެ މުއައްސަސާގެ މުވައްޒަފުން ބަދުނާމު ކުރުމަށް ކުރަމުންދާ ކަމެއްކަމަށް ކަސްޓަމްސްއިން ވަނީ ބަޔާންކޮށްފައެވެ.

Advertisement - newsAdvertisement

ކަސްޓަމްސްއިން ބުނި ގޮތުގައި ދިޔަރެސް ނޫހުން ޚަބަރުތައް ޝާއިއު ކުރުމުގެ ކުރިން ކަމުގެ ޙަޤީގަތް އޮޅުން ފިލުވުމަށް ރަސްމީކޮށް ކަސްޓަމްސްގެ މީޑިއާ އޮފިޝަލުންގެ ބަހެއް ހޯދުމަށް މަސައްކަތް ކޮށްފައެއް ނުވެއެވެ.

އެފަދަ ހަޤީޤަތާއި ޚިލާފު ދޮގު ޚަބަރުތައް ފެތުރުން ކުށްވެރި ކުރާކަމަށް ކަސްޓަމްސްއިން ވަނީ ބަޔާންކޮށްފައެވެ. 

ކަސްޓަމްސްއިން ވަނީ ކުރިއަށް އޮތް ތަނުގައި ހުރިހާ މީޑިއާތަކުންވެސް ކަސްޓަމްސްއާ ގުޅޭގޮތުން ޚަބަރާއި މައުލޫމާތު ޝާއިއު ކުރުމުގެ ކުރިން ރަސްމީކޮށް ކަސްޓަމްސްގެ މީޑިއާ އޮފިޝަލުންގެ ބަހެއް ހޯދުމަށް އެދިފައެވެ.

މީގެ އިތުރުން، މީޑިއާގައި މައުލޫމާތު ހިއްސާކުރާއިރު ކަމުގެ ޙަޤީޤަތް ބަލައި ދެ ފަރާތުގެ މައުލޫމާތު ހޯދައިގެން ޚަބަރު ހިއްސާ ކުރުމަކީ ނޫސްވެރިކަމުގެ ޒިންމާއެއްކަން ބަޔާންކޮށް ކަސްޓަމްސްއިން ބުނީ، ފޯނު އަދި އީމެއިލްގެ ޒަރިއްޔާއިންވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ.

ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ކަސްޓަމްސްއިން ތަންފީޒު ކުރަންޖެހޭ ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒު ކުރުމުގައި ސާބިތުކަމާއެކު މަސައްކަތް ކުރާނެކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް

16 ނޮވެމްބަރު 2025
51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް
13 ނޮވެމްބަރު 2025

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
29 އޮކްޓޯބަރު 2025

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

29 އޮކްޓޯބަރު 2025
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!
29 އޮކްޓޯބަރު 2025

ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް

29 އޮކްޓޯބަރު 2025
ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް
29 އޮކްޓޯބަރު 2025

ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކި ކޮށްފި

29 އޮކްޓޯބަރު 2025
ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކި ކޮށްފި
27 އޮކްޓޯބަރު 2025

ކަސްޓަމްސް އިން ގާނޫނާ ޚިލާފަށް ސަލާމަތީ ސެޓްފިކެޓު ނެތް ލޯންޗެއް ދުއްވިކަން ހާމަވެއްޖެ

27 އޮކްޓޯބަރު 2025
ކަސްޓަމްސް އިން ގާނޫނާ ޚިލާފަށް ސަލާމަތީ ސެޓްފިކެޓު ނެތް ލޯންޗެއް ދުއްވިކަން ހާމަވެއްޖެ
02 އޮކްޓޯބަރު 2025

ލޫޓުވައިފި، ލޫޓުވައިފި އެއްވުމާ ދިމާ ކޮށް ކަސްޓަމްސް އިން ބޮޑު މަސް ރޭހެއް ރާވައިފި

02 އޮކްޓޯބަރު 2025
ލޫޓުވައިފި، ލޫޓުވައިފި އެއްވުމާ ދިމާ ކޮށް ކަސްޓަމްސް އިން ބޮޑު މަސް ރޭހެއް ރާވައިފި
12 ސެޕްޓެމްބަރު 2025

ވަގަށް ނެރުނު ސިނގިރޭޓްތަކަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފި

12 ސެޕްޓެމްބަރު 2025
ވަގަށް ނެރުނު ސިނގިރޭޓްތަކަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފި
17 ޖުލައި 2025

2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް

17 ޖުލައި 2025
2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް