Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރަށު ޙިޔާނާތުގެ މައްސަލަ

އާރަށު ހިޔާނަތް: ޑިޕޮސިޓް ސްލިޕްތަކާއި ސިޓީތަކުގެ ސޮއިގެ ސައްޙަކަމާއި ގުޅޭގޮތުން ހެކިބަސް ނަގައިފި

1 އޯގަސްޓު 2022 | ހޯމަ 07:04

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުޙަލާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 އޯގަސްޓު 2022 | ހޯމަ 07:04
ވ އާރަށު ހިޔާނާތުގެ މައްސަލައިގެ ބޭއްވި އަޑުއެހުމުގެ ތެރެއިން

ވ އާރަށު ހިޔާނާތުގެ މައްސަލައިގެ ބޭއްވި އަޑުއެހުމުގެ ތެރެއިން

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ ކޯޓުގައި ކުރިއަށްދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ޔޫސުފް ނައީމްގެ ދައުވާތައް އެކުއެކީގައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ.

ހޯމަ ދުވަހުގެ އަޑުއެހުން:

ހޯމަ ދުވަހުގެ އަޑުއެހުމުގައި ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ ދައުލަތުގެ ހެއްކެއްކަމަށްވާ އަހުމަދު ތައުސީމްއެވެ.

އޭނާ ހާޒިިރުކުރީ އޭނާ ތައްޔާރުކުރި ފުލުުހުންގެ ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓާއި ގުޅޭގޮތުންނެވެ.

އޭނާއަކީ ފުލުހުންގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ސީނިއަރ ފޮރެންސިކް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ފަރާތެކެވެ.

އޭނާ ވަނީ މާއްދީ ހެކި ލެބޯޓަރީއަށް އައުުމުން އެ ހެކިތަކާއި ޙަވާލުވުމަށް ކުރިއަށްގެންދާ އިޖުރާއަތުތަކާއި ފުރިހަމަވާން ޖެހޭ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން އެ ކަންކަން ފުރިހަމަކަން ކަށަވަރު ކުރުމަށްފަހު މާއްދީ ހެކި ތަހުލީލުކުރުން ކުރިއަށް ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ތަހުލީލު ކުރަން ހުށައެޅުނު މާއްދީ ހެކިތަކުގެ ތަފްސީލު އޭނާ ވަނީ ދެއްވާފައެވެ. އެގޮތުން ސުވާލު އުފެދިގެން ހުށައެޅިފައިވާ ޑޮކިއުމަންޓާއި، މި މައްސަލައިގައި އަޅާ ކިއުމަށް ހުށައެޅުނު ނަމޫނާ ލިޔެކިޔުންތައް އޭގެ ތެރޭގައި ހިމެނެއެވެ.

އޭނާ ތަހުލީލު ކޮށްފައިވަނީ ސުވާލު އުފެދިފައިވާ އަތުލިޔުމެއްގެ ގޮތުގައި ހިމެނޭ "ޓުވާރޑްސް މައި ޕޮލިޓިކަލް ކެމްޕޭން" އޭ ބަޔާންކޮށްފައިވާ ލިޔުމަކާއި އެ ލިޔުންތަކުގައި ހިމެނޭ ސޮއެވެ.

އޭނާ ވިދާޅުވީ، އެ ލިޔުންތަކުގައިވާ އަތުލިޔުމާއި ސޮއި އަޅާކިޔުއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޑިޕޮސިޓް ސްލިޕްތަކާއި ސިޓީތައް ހިމެނެއެވެ. އެއީ ހައްތަހާވެސް 2015 ގެ ލިޔެކިޔުންތަކެކެވެ.

ހެކިވެރިޔާ ވަނީ ސޮއި އެއްގޮތްތޯ ނުވަތަ ނޫންތޯ ބެލުމަށް ބަލާ ކަންކަން ކިޔާދެއްވާފައެވެ.

އޭނާ ވިދާޅުވީ، ސުވާލު އުފެދިގެން ތަހުލީލުކުރި ލިޔުމުގައި ހިމެނޭ އަތުލިޔުމާއި ސޮއި، ނަމޫނާ ލިޔުންތަކުގައި ހިމެނޭ އަތުލިޔުމާއި ސޮޔާއި ދިމާވާ ކަމަށް އެއްވެސް ޝައްކެއް ނެތި ޔަޤީންވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރައީސް ޔާމީނުގެ ވަކީލުން ވަނީ ނުކުތާއެއް ފާހަގަކޮށްފައެވެ. އެއީ ހެކީގެ ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީޚެއް ލިޔެފައިވާކަމެވެ. އެގޮތުން ލިޔުމުގައި ހެކި ހޯދި ތާރީޚެއްކަމަށް ބަޔާންކޮށްފައިވަނީ 23 އޯގަސްޓު 2026 އެވެ.

ހެކިވެރިޔާ ވިދާޅުވި ގޮތުގައި އެއީ މި ހެކިތަކުގެ ތަހުލީލު ރިޕޯޓުތަކުގެ ސައްޙަކަމާއި ގުޅޭ ނަތީޖާއަށް އަސަރު ކުރާނެ ކަމެއް ނޫނެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 4 އޯގަސްޓުގައެވެ.

މި މައްސަލައިގައި 16 ޖޫންގައި ބޭއްވި އަޑުއެހުމުގައި ވަނީ ފުރަތަމަ ހެކީގެ ހެކިބަސް ނަގާފައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް ސަރވިސްގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި މަސައްކަތް ކުރަމުންދާ އަބްދުﷲ ޝިފާޒުގެ ހެކިބަސް ވަނީ ނަގާފައެވެ. އެއީ މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓާއި ގުޅިގެންނެވެ.

19 ޖޫން 2022 ގައި ބޭއްވި އަޑުއެހުމުގައި ވަނީ  ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ޑިޖިޓަލް ފޮރެންސިކް އެގްޒެމިނަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އިބްރާހިމް ޒުހައިރުގެ ހެކިބަސް ނަގާފައެވެ. އެއީ މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓާއި ގުޅިގެންނެވެ.

އެއަށްފަހު 30 ޖޫންގައި ބޭއްވި އަޑުއެހުމުގައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ބައިގައި ކުރިން މަސައްކަތް ކުރެއްވި ފަސީހް ޒާހިރުގެ ހެކިބަސް ނަގާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

ކްރިމިނަލް ކޯޓްރައީސް ޔާމީން

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
01 ޑިސެމްބަރު 2025

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް