Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންނަށް ސިޔާސީ ނުފޫޒު

ޔާމީނު ފުލުހުންގެ ޚިދުމަތް ބޭނުން ކުރެއްވީ މީހުން ފުރޭމް ކުރުމަށް: ރިޔާޒް

29 ޖުލައި 2022 | ހުކުރު 10:20

ޤާނޫނީ އިމުން ބޭރުން މީހުން ހިފާ ހައްޔަރު ކުރުމުގައި ފުލުހުންގެ ބޭނުންކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖުލައި 2022 | ހުކުރު 10:20
Abdulla Riyaz

Abdulla Riyaz

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފުލުހުންގެ ޚިދުމަތް ބޭނުން ކުރައްވާފަވަނީ މީހުން ފުރޭމް ކުރުމަށާއި ޤާނޫނީ އިމުން ބޭރުން މީހުން ހިފާހައްޔަރުކުރުމަށް ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް މިހެން ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަވާނެކަމަށް ވިދާޅުވެ ހުޅުމާލޭ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓް އަކަށް ދެއްވި ރައްދެއްގައެވެ. މިއަދު މިފެންނަނީ ދިވެހި ފުލުހުން ލައްވައި ރައްޔިތުންނާ ދޭތެރޭ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ މަންޒަރުކަމަށް ވިދާޅުވެ ޝުޖާއު ވިދާޅުވެފައިވަނީ، ރައީސް ޔާމީނު  2028-2023 އަށް ކުރައްވާ ވެރިކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތައް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެޓްވީޓް އާއި ގުޅިގެން ރިޔާޒް ވިދާޅުވީ، ރައީސް ޔާމިނުގެ ވެރިކަމުގަ ފުލުހުންގެ ޚިދުމަތް ބޭނުން ކުރައްވާފަވަނީ މީހުން ފުރޭމް ކުރުމަށާއި ޤާނޫނީ އިމުން ބޭރުން މީހުން ހިފާ ހައްޔަރު ކުރުމުގައި ކަމަށެވެ. އަދި އޭރު މުޅި މުއައްސަސާ އޮތީ ބޮއްސުންލާފައިކަމަށް ރިޔާޒް ވިދާޅުވިއެވެ.

އޭރު އެހެން ކަންކަން ވަމުންދިޔައިރުވެސް އެކަންކަން އިސްލާހު ކުރުމަށް ކޮށްދެއްވި ކަމެއް ނެތްކަން ފާހަގަ ކުރައްވައި ރިޔާޒް ވިދާޅުވީ،  ދެ ވަނަ ދައުރެއް ޔާމިނަށް ދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ ކަމަށެވެ.

ދިވެހި ފުލުހުންގެ މުއައްސަސާ ސިޔާސީވެ، 2012 ވަނަ އަހަރު ރާއްޖޭގެ ޤާނޫނީ ވެރިކަން ވައްޓާލަން ނިކުތުމަށްފަހު، އެ މުއައްސަސާއާއިމެދު ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިގެން ދިޔައެވެ.

މީގެ އިތުރުން، 2013 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފުރަތަމަ ހުއްޓުވީވެސް އޭރު ފުލުހުން ނިކުމެއެވެ. އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށްކަމަށް ބުނެ، ސުޕްރީމް ކޯޓުން އިންތިޚާބު ބާތިލްކުރިއިރު، އިންތިޚާބު ބާތިލްކުރާ ވަރުގެ ގޯސްތަކެއް ހެދި ބައެއްގެ މައްޗަށް މިހާތަނަށް ދައުވާއެއްކޮށް، ތަހުޤީޤެއް ހިންގާފައެއް ނުވެއެވެ.

ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ފެނުނުކަމަށް ބުނެ އެހިންގި އަމަލުތަކާއި، ދޭތެރެ ދޭތެރެއިން އެނިކުންނަ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްތަކުގެ ސަބަބުން ފުލުހުންގެ މުއައްސަސާ ސިޔާސީ ވެފައިވާ މިންވަރާއިމެދު ދެކެވޭ ވާހަކަތައްވެސް އިތުރުވެގެން ދިޔައެވެ.

ހަމައެއާއެކު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތައްޔާރީތައް ފެށުނުފަހުން، އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިނަށް ހުރަސް އެޅުމަށް ފުލުހުން ހިންގި އަމަލުތަކާއި، ވެރިކަންކުރާ ޕާޓީއިން އިދިކޮޅު ފަރާތްތަކުގެ ކެންޕެއިނަށް ހުރަސް އެޅުމަށް ހިންގާފައިވާ އަމަލުތަކާއި ދޭ އިންޒާރުތައް ބެލުމުގައި ފަސްޖެހުން މިއީވެސް ރައީސް ޔާމީނުގެ ވެރިިކަމުގައި ފުލުހުންނާމެދު ކުރެވިފައިވާ ތުހުމަތުތަކެވެ.

2023 ގެ އިންތިޚާބް ކައިރި ވަމުން އަންނަ އިރު މިހާރު މިވަނީ ދެފަރާތުގެ ސަޕޯޓަރުން ކެމްޕެއިން މަސައްކަތް ފަށާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްރައީސް ޔާމީން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް