Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ކުއްލި ހާލަތު ދިގުދަންމާލުން

ލަންކާގެ ކުއްލި ހާލަތު ދިގުދަންމާލުމުގެ އަސަރު ފަތުރުވެރިކަމަށް ކުރާނެކަމުގެ ކަންބޮޑުވުން

ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ކުއްލި ހާލަތު ދިގުދަންމާލުމަށް ނިންމާފައިވަނީ 120 މެމްބަރުންގެ ތާއީދާއެކު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 28 ޖުލައި 2022 | ބުރާސްފަތި 14:11
ބުދަ ދުވަހު ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ، އެގައުމުގައި އިއުލާނުކޮށްފައިވާ ކުއްލި ހާލަތު ދިގުދަންމާލަން ނިންމާފައި

ބުދަ ދުވަހު ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ، އެގައުމުގައި އިއުލާނުކޮށްފައިވާ ކުއްލި ހާލަތު ދިގުދަންމާލަން ނިންމާފައި

ލަންކާގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ހާލަތު ދިގުދަންމާލުމުގެ އަސަރު އެގައުމުގެ ފަތުރުވެރިކަމަށް ކުރާނެކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އެގައުމުގައި އިއުލާނުކޮށްފައިވާ ކުއްލި ހާލަތު ބުދަ ދުވަހު، އިތުރު އެއް މަސް ދުވަހަށް ދިގުދަންމާލާފައެވެ.

މިކަމާގުޅިގެން ލަންކާގެ މީޑިއާތަކުން ވަނީ، ކުއްލި ހާލަތު ދިގުދަންމާލުމަކީ ފަތުރުވެރިކަމަށް އަސަރު ކުރާނެ ކަމެއްކަން ފާހަގަކޮށް، މިކަމުގެ ސަބަބުން އެގައުމަށް ބޭނުންވާ ބޭރު ފައިސާ ލިބުމުގައި އިތުރު ދަތިތަކާ ކުރިމަތިވާނެކަން ފާހަގަކޮށްފައެވެ. އެގޮތުން ކުއްލި ހާލަތު އިއުލާނުކޮށްފައި އޮތުމަކީ ގިނަ ގައުމުތަކަކުން ލަންކާއަށް ފަތުރުވެރިން ދަތުރުކުރުން މަނާކުރަން ދެވޭ ފުރުސަތަކެއްކަން ފާހަގަކޮށްފައިވެއެވެ.

ލަންކާގެ ހޮޓެލްސް އެސޯސިއޭޝަންގެ ރައީސް އެމް. ޝަންތިކުމާރު ވަނީ، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ގައުމަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރަށް ދަށަށްދާނެކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ގައުމު ކުއްލި ހާލަތުގައި އޮންނަ ނަމަ، ފަތުރުވެރިންގެ މެދުގައި ގައުމު އިޝްތިހާރުކޮށް ޕްރޮމޯޓް ނުކުރެވޭނެކަމަށްވެސް ވިދާޅުވެފައެވެ.

މިކަމުގެ ސަބަބުން އިގުތިސާދު ކުރިއަރުވަން އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެކަމަށްވެސް ޝަންތިކުމާރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މާ ގިނަ ދުވަސްތަކެއް ނުކޮށް، ރައީސް ރަނިލް ވިކްރަމަސިންގހަ ގައުމުގައި އިއުލާނުކުރައްވާފައިވާ ކުއްލި ހާލަތު އުވާލައްވާނެކަމަށް އުންމީދުކުރައްވާކަމަ ޝަންތިކުމާރު ވިދާޅުވިއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުން، ކުއްލި ހާލަތު ދިގުދަންމާލުމަށް ނިންމާފައި ވަނީ 120 މެމްބަރުންގެ ތާއީދާއެކުއެވެ.

ސްރީލަންކާލަންކާގެ ސިޔާސީ މަސްރަހުސްރީލަންކާގެ އިގުތިސާދީ ކާރިސާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު