Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިސީސީ ލޯންގް ސާވިސް އެވޯޑު

ދުނިޔޭގެ ކްރިކެޓު ޖަމިއްޔާގެ އެވޯޑެއް ރާއްޖޭގެ ފަރުހަތަށް

28 ޖުލައި 2022 | ބުރާސްފަތި 03:32

ފަރުހަތަށް ދީފައިވަނީ އައިސީސީގެ ލޯންގް ސާވިސް އެވޯޑު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖުލައި 2022 | ބުރާސްފަތި 03:32
'ހިތާރޫޙުން ކުޅޭށެ ކުރިކެޓް' ލޯގޯ އަދި އިންޑޯ ކުރިކެޓް އިފްތިތާޙުކުރުމަށް ބޭއްވި އިވެންޓުގައި ފަރުޙަތު

'ހިތާރޫޙުން ކުޅޭށެ ކުރިކެޓް' ލޯގޯ އަދި އިންޑޯ ކުރިކެޓް އިފްތިތާޙުކުރުމަށް ބޭއްވި އިވެންޓުގައި ފަރުޙަތު

ދުނިޔޭގެ ކްރިކެޓް ޖަމިއްޔާ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ން ދޭ ލޯންގް ސާވިސް އެވޯޑު ރާއްޖޭގެ ފަރުހަތު ޖަލީލް (ފަރޫ) ދީފިއެވެ.

ފަރުހަތަކީ ރާއްޖޭގެ ކްރިކެޓަށް އެތައް ދުވަހަކު ޙިދުމަތްކޮށްދެއްވާފައިވާ ފަރާތެކެވެ. މި އެވޯޑު ފަރުހަތަށް ދީފައިވަނީ އައިސީސީގެ އަހަރީ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ފަރުހަތުގެ ފަރާތުން އެވޯޑާ ހަވާލުވެފައިވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުޙައްމަދު ފައިސަލްއެވެ. މިކަމާ ގުޅިގެން ކްރިކެޓް ބޯޑު ބުނީ، މިފަދަ އެވޯޑެއް ފަރުހަތަށް ލިބުނީތީ އުފާކުރާ ކަމަށެވެ. މީގެ އިތުރުން ކްރިކެޓް ބޯޑުން ވަނީ ފަރުހަތުގެ ޚިދުމަތާއި، ކްރިކެޓް ކުރިއެރެވުމަށް ކުރައްވާ މަސައްކަތަށ ޝުކުރު އަދާކޮށްފައެވެ.

ފަރުހަތު އޭނާގެ ކްރިކެޓް ކެރިއަރު ފަށާފައިވަނީ 1980 ގެ އަހަރުތަކުގެ ތެރޭގައެވެ. އެއަށްފަހު އޭނާ ކްރިކެޓް ކުޅުން ހުއްޓާލީ 1996 ވަނަ އަހަރުއެވެ. ކުޅުން ހުއްޓާލުމަށްފަހު ކްރިކެޓްގެ އަމްޕަޔަރެއްގެ ގޮތުގައި ފަރުހަތު ވަނީ މަަސްކަތްކޮށްފައެވެ. މީގެ އިތުރުން ކްރިކެޓް ބޯޑުގެ ނައިބު ރައީސްކަން ވެސް އޭނާ އަދާކޮށްފައިވެއެވެ.

ކްރިކެޓަށް ޚިދުމަތް ކުރުމުގައި އެތައް އަހަރެން ހޭދަކުރި ފަރުހަތުގެ މަސައްކަތް ދިވެހި ސަރުކާރުން ވެސް ވަނީ ބަަލައިގެންފައެވެ. އެގޮތުން 2003 ވަނަ އަހަރު އޭނާއަށް ވަނީ ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން ޒުވާނުންގެ އިނާމު ލިބިފައެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ފަރުހަތަށް ވަނީ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ވެސް ލިބިފައެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްފަރުހަތު ޖަލީލް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2024

ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

29 އޮކްޓޯބަރު 2024
ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި
21 ސެޕްޓެމްބަރު 2024

ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި

21 ސެޕްޓެމްބަރު 2024
ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި
04 ފެބުރުއަރީ 2024

ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

04 ފެބުރުއަރީ 2024
ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ
02 ފެބުރުއަރީ 2024

41 ލަނޑުން މޮޅުވީ ސިންގަޕޯރ

02 ފެބުރުއަރީ 2024
41 ލަނޑުން މޮޅުވީ ސިންގަޕޯރ
12 އޮކްޓޯބަރު 2023

އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު

12 އޮކްޓޯބަރު 2023
އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު
10 އޮކްޓޯބަރު 2023

ޒުވާން ކްރިކެޓް ޓީމް މެލޭޝިޔާއަށް!

10 އޮކްޓޯބަރު 2023
ޒުވާން ކްރިކެޓް ޓީމް މެލޭޝިޔާއަށް!
19 ސެޕްޓެމްބަރު 2023

ދެ މުބާރާތް އެއްވަގުތަކަށް ދިމާވެ، ކްރިކެޓްގެ ގައުމީ ދެޓީމް!

19 ސެޕްޓެމްބަރު 2023
 ދެ މުބާރާތް އެއްވަގުތަކަށް ދިމާވެ، ކްރިކެޓްގެ ގައުމީ ދެޓީމް!
13 އޯގަސްޓު 2023

ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދީ މިލާން ކްރިކެޓް އެކެޑަމީ

13 އޯގަސްޓު 2023
ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދީ މިލާން ކްރިކެޓް އެކެޑަމީ
06 އޯގަސްޓު 2023

ޕްރެޒިޑެންޓް ޓީ20 ކަޕް: ފައިނަލްގައި މިލާން ކްރިކެޓް އެކެޑަމީއާއި މާލެ ވެޓަރެންސް

06 އޯގަސްޓު 2023
ޕްރެޒިޑެންޓް ޓީ20 ކަޕް: ފައިނަލްގައި މިލާން ކްރިކެޓް އެކެޑަމީއާއި މާލެ ވެޓަރެންސް
17 ޖުލައި 2023

އައިސީސީން ނާބެގެ އަގު ވަޒަންކޮށްފި

17 ޖުލައި 2023
އައިސީސީން ނާބެގެ އަގު ވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް