Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީލަންކާގެ އިގްތިސާދީ ކާރިސާ

މިވަރުން އަހަރުމެން ދެން ކެތް ކުރާނީ ކިހިނެއް: ސްރީލަންކާ ރައްޔިތުން

ކުރިޔަށް އޮތް 12 މަސް ދުވަހު ސަރުކާރުން ތެޔޮ ކޮންޓްރޯލް ކުރާނެކަން ވަނީ އަންގާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 27 ޖުލައި 2022 | ބުދަ 13:43
ސްރީލަންކާ

ސްރީލަންކާ

ސްރީލަންކާއަށް ކުރިޔަށް އޮތް ބާރަމަސް ދުވަހު ތެޔޮ އިމްޕޯޓް ކުރެވޭ މިންވަރު މަދުކޮށްފައިވާކަން ސަރުކާރުން އިއުލާންކުރުމާއި ގުޅިގެން އާންމު ރައްޔިތުން އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. ގޭގައި ތިބޭ އަންހެންވެރިންނާއި ޓެކްސީ ޑްރައިވަރުންގެ އިތުރުން ހެލްތު ވަރކަރުން ވެސް ވަނީ ދެންހަދާނެ ގޮތް ހުސްވެ, ހާސްކަންމަތީގައެވެ.

ތަކެތި އާދަޔާ ޚިލާފަށް އަގުބޮޑުވެފައިވުމާއެކު ދިރިއުޅުން މިހާރުވެސް ވަރަށް ބޮޑަށް ދަތިވެފައިވާއިރު އިތުރު ބާރަމަސް ދުވަހު މިގޮތަށް ކެތްކުރާނީ ކިހިނެއްތޯ އަލްޖަޒީރާއާއި ވާހަކަ ދެއްކި ދެދަރިންގެ މަންމައެއް ސުވާލު އުފައްދާފައިވެއެވެ. ހިލޭސާބަހަށް ހިންގާ އަންހެނުންގެ ރިސޯސް ސެންޓަރެއްގައި އެންމެ އިސްކޮން މަސައްކަތްކުރާ ސުމީކާ ޕެރޭރާ ބުނި ގޮތުގައި އޭނާގެ ދެދަރިން ގިނަ ވަގުތުތަކަކަށް ކިޔުގައި ޖެހެން ފޮނުވަން މަޖްބޫރުވެފައިވުމުގެ އިތުރުން، އޭނާގެ މަސައްކަތުގެ ތެރެއިން އެހެން އަންހެނުން ދައްކާ ވޭނީ ވާހަކަތައް އަޑުއެހުމުން މީހާ ވަރަށް ބޮޑަށް ސްޓްރެސް ކުރުވައެވެ. ޕެރޭރާގެ ފިރި މީހާއަކީ ހާޓް ޕޭޝަންޓެއް ކަމުން އޭނަ ކިޔުގައި ޖެހެން ނުފޮނުވޭކަމަށް ޕެރޭރާ ބުނެފައިވެއެވެ. ޓުކްޓުކް ދުއްވާ މީހުންވެސް ކިޔަނީ ހިތަށް އެރި އަގެއް ކަމަށާއި ކާބޯތަތީގެ އަގުގެ އިތުރުން ދަތުރުފަތުރުގެ އަގުވެސް ހަތަރު ގުނަ ބޮޑުވެފައިވާކަން އޭނަ ފާހަގަކުރިއެވެ. މީގެ އިތުރުން ބަސްތައް އޮންނަނީ ފުރި ބާރުވެފައިކަމުން އެއިން ބަހަކަށް އެރުމަކީ މިހާރު ކުރެވޭ ވަރުގެ ކަމަކަށް ނުވާކަމަށް ވެއެވެ.

ޕެރޭރާ ބުނި ގޮތުގައި މިހުރިހާ ކަމެއްގެ އިތުރުން ކޮރަޕްޝަނާ ފަސާދައިގެ ކަންތައްވެސް އެހާބޮޑެވެ. ނިކަމެތި މީހާ ކިޔުގައި ޖެހިގެން އެތައް ގަޑިއިރަކު ތިއްބާ ފައިސާވެރިން އަންނަ ގޮތަށް ކިޔު ފަޅާފައި ކުރިޔަށް އަރާ ތެޔޮ އަޅައިގެންދާކަން އޭނާ ފާހަގަކޮށްފައިވެއެވެ. ތެޔޮއަޅައިދޭ ބައެއް ތަންތަނަށް ތެޔޮ ލިބުނު ކަމުގައި ވިޔަސް އިންސާފުވެރިކަމާއެކު އެންމެނަށް ފޯރުކޮށްނުދޭ ކަމަށާއި އެފަދަ ތަނަކުން ދިހަ ވަރަކަށް ވެހިކަލަށް އެކަނި ތެޔޮ އަޅާފައި ހުއްޓާލިތަންވެސް ފެނިފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާ ހިންގާ ރިސޯސް ސެންޓަރުގެ ބައެއް ޓީޗަރުންވެސް މަސައްކަތް ކުރާކަމަށާއި، ކުދިން ރޭގަނޑު އެއްޗެއް ނުކައި ތިބެ ނިދާފައި އަދި ހެދުނުވެސް ސައި ފޮދެއް ނުބޮއި ސްކޫލަށް ދިއުމުގެ ސަބަބުން އެތައް ކުދިންނެއް ކްލާހުގައި އަބުރައި ގަންނަ ކަމަށް ޓީޗަރުން ކިޔާދޭ ކަމަށް އޭނަ ބުނެފައިވެއެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ދަތި ހާލުގައި، އެގައުމުގައި ދިރި އުޅޭ ބައެއް ބޭރު މީހުންގެ ވެހިކަލްތަކުން ތެޔޮ ވަގަށް ނެގުންފަދަ ކަންތައްވެސް އިތުރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ސްރީލަންކާއަށް މިވަގުތު ވަނީ ފާއިތުވި ހަތްދިހަ އަހަރުވެސް ނުވާވަރުގެ ތަދުމަޑުކަން ކުރިމަތިވެފައެވެ. ފޮރިން އެކްސްޗޭންޖް ރިޒަރވް ހުސްވެ ތެލާއި ގޭސް އަދި ބޭސްފަދަ ތަކެތި ގަވާއިދުން އެތެރެ ނުކުރެވުމުގެ ސަބަބުން އެތަކެތީގެ އަގުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އެނަރޖީ މިނިސްޓަރ ކަންޗަނާ ވިޖޭސޭކަރާ ވަނީ ކުރިޔަށް އޮތް ބާރަ މަސް ދުވަހު ތެޔޮ ފޯރުކޮށް ދެވޭނީ ވަރަށް ކޮންޓްރޯލް ކޮށްގެން ކަމަށް ވިދާޅުވެފައެވެ. ސަރުކާރުން އިއުލާންކޮށްފައިވާ ރޭޝަން ކުރުމުގެ އުސޫލުގެ ދަށުން އާދައިގެ ސައިޒްގެ ކާރުތަކަށް ލިބޭނީ ހަފްތާއަކު 16 ލީޓަރު ޕެޓްރޯލް އެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުން ބުނާގޮތުގައި އެވަރުން އެންމެ ދުވަހަކަށް ވެސް ނުފުދޭނެ އެވެ.

މަހެއްހާ ދުވަހަށްފަހު ސްރީލަންކާގެ ސްކޫލްތައްވެސް ވަނީ ހޯމަ ދުވަހު ހުޅުވާފައެވެ. ނަމަވެސް ސަރުކާރު މުވައްޒަފުން އަދި އިތުރު އެއްމަސް ދުވަހު ގޭގަ ތިބެ މަސައްކަތް ކުރުމަށް ސަރުކާރުން އަންގާފައި ވެއެވެ.

ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން ޑަކްޓަރުންނާ އެހެންވެސް ސިއްހީ މަސައްކަތްތެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގަވާއިދުން މަސައްކަތަށް ނިކުންނަން ޖެހޭއިރު ޕަބްލިކް ޓްރާންސްޕޯޓަކީ ބާރު ބޮޑުކަމުން މިދުވަސްކޮޅު ގާތްވެވޭ ވަރުގެ އެއްޗެއް ނޫން ކަމަށް އެމީހުން ބުނެއެވެ. އަދި ސަރުކާރުން ޑަކްޓަރުންނަށް ހޮސްޕިޓަލާއި ކައިރިން އެކޮމޮޑޭޝަން ހަމަޖައްސާނުދޭނަމަ ޑޮކްޓަރުންނަށް ޚާއްސަ ކޯޓާއެއްގެ ދަށުން ޕެޓްރޯލް ދޫކުރަން ޖެހޭނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ސްރީލަންކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު