Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިވަން ދުވަސް

"މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދުނިޔެ ބަލައިގެންފައިވާ ތިލަފަތްހަމަ ހަރުދަނާ ސިޔާސަތެއް"

މިނިވަންކަމުގެ އަގު ފުރާނައިން އަދާކުރެއްވި ބަޠަލުންގެ ލިސްޓް ފެށެނީ ޝަހީދު އަލި ރަސްގެފާނުގެ ނަންފުޅުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 ޖުލައި 2022 | އަންގާރަ 05:15
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދުނިޔެ ބަލައިގެންފައިވާ ތިލަފަތްހަމަ ހަރުދަނާ ސިޔާސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައި ވަނީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ 58 ވަނަ މިނިވަން ދުވަހުގެ ތަޙްނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

Advertisement - newsAdvertisement

މިއަދު ލިބިފައިމިވާ މިނިވަންކަމުގެ އަގު ފުރާނައިން އަދާކުރެއްވި ބަޠަލުންގެ ލިސްޓް ފެށެނީ ޝަހީދު އަލި ރަސްގެފާނުގެ ނަންފުޅުންކަން ފާހަގަ ކުރައްވައި ރައީސް ވަނީ އެކި ގޮތްގޮތުން މިނިވަންކަމަށްޓަކައި މަސައްކަތް ކުރެއްވި އަބްތާލުންގެ ޒިކުރާ އައު ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލް އެކީ-އެއްމާރަކުން ބަނދެވިގެންވާ ހަޤީޤީ ސިއްރަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. ހަމައެއާއެކު، އެދީނުގެ ރިޞާލަތާ، ޙިދާޔަތުން ދިވެހި އުންމަތް އެކުއެކީ، އަލިވެ އުޖާލާވެގެން ދިއުމަކީ ދެދުނިޔޭގައިވެސް، ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ނަޞީބާ ރަޙްމަތްކަން ފާހަގަ ކުރައްވައި ރައީސް ވަނީ،  ދިވެހިރާއްޖެ ރާއްޖޭގެ ގޮތުގައިފުރާފުރިހަމަވި ސަބަބަކީވެސް މުސްލިމް ދިވެހި ރައްޔިތުންތަކެއް އުޅުންކަމަށް ވިދާޅުވެފައެވެ.

ޤައުމެއްގެ މިނިވަންކަމަކީ، އެޤައުމެއް ދިރިދެމި އޮތުމުގެ އެންމެ މުހިއްމު ރުކުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސުލްޙަ މަސަލަސްކަމާއި، ހަމަޖެހުމާއި އެފަދަ ހުރިހާ ކަމެއް ގުޅިލާމެހެނީ މިނިވަންކަމުގެ ފޮނި މީރުކަމާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން ދިވެހިންނަކީ ފެށުނީއްސުރެ މިނިވަންކަމަށް ލޯބިކުރާ ބައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެކީ އެކަތިގަނޑެއްގެ ގޮތުގައި މިނިވަންކަމަށްޓަކާ ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ދިވެހިންވަނީ ވެފައި ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ކިތަންމެ ހިޔާލުތަފާތުވީނަމަވެސް އެންމެން އެއްބައިވަންތަ ވުމަކީ މިނިވަންކަން މަތީގައި ދެމިތިބުމަށް އެންމެ މުހިއްމު އެއް ކަންތައް ކަމަށެވެ.

މިނިވަންކަމަށްޓަކައި ޤައުމެއްގެ ދާޚިލީ، އަދި ޚާރިޖީ ސިޔާސަތުގެ ދައުރުވެސް ވަރަށް މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގެ ކޮންމެ ސިޔާސަތަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ތަރައްޤީއާ ކުރިއެރުމަށް ލާބަހުރި ފަހި ސިޔާސަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދުނިޔެ ބަލައިގެންފައިވާ ތިލަފަތް ހަމަ ހަރުދަނާ ސިޔާސަތެއް ކަމަށެވެ.

މުޖްތަމަޢުގެ ބައިބައިވުމާ، ދެބަސްވުމާ، ހަމަނުޖެހުމާ، ހައިޖާނަކީ ޤައުމެއްގެ މިނިވަންކަން ރަމްޒުކޮށްދޭ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ޖުލައި މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން ދަނީ މިނިވަން ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަމުންދަނީ 1887 ވަނަ އަހަރު ޑިސެމްބަރުން، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަހާހަމައަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުމާއި ގުޅިގެންނެވެ.

މިނިވަން 57ރައީސް ސާލިހު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު