Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތެލުގެ އަގު އުފުލުން

ތެލުން ދޭ ސަބްސިޑީގެ ސިޔާސަތު ބަދަލުކުރަން މަސައްކަތް ފަށައިފި

ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާއި، މުދަލުގެ އަގު އިންތިހާއަށް ވަނީ އުފުލިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 26 ޖުލައި 2022 | އަންގާރަ 05:25
ރައީސް އިބްރާހިމް މުހައްމަދު ސާލިހު

ރައީސް އިބްރާހިމް މުހައްމަދު ސާލިހު

ސަރުކާރުންދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލުކޮށް، ތަންފީޒުކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ. ފާއިތުވެދިޔަ 2021 ވަނަ އަހަރުގެ މިނިވަން ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރިއިރުގެ ޙާލަތު، މިއަދާ ތަފާތުކަމަށް ރައީސް ވިދާޅުވިއެވެ. އޭރު އަޅުގަނޑުމެންގެ ބޯމަތީގައި ކޮވިޑް-19ގެ އާލަމީ ވަބާގެ ބިރުވެރި ވިލާގަނޑު އޮތް ކަމަށާއި، ކޮވިޑާއެކު ދިމާވަމުން އައި އިޤުތިޞޯދީ ދަތިތަކާއި އިޖްތިމާޢީ ގޮންޖެހުންތައް ގިނަ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ޚިތާބުގައި ވަނީ ދުނިޔޭގައި މިވަގުތު ހިނގަމުންދާ ކަންކަމަށް ރިއާޔަތްކުރައްވާ ވަހަކަފުޅުދައްކަވާފައެވެ.

Advertisement - newsAdvertisement

މިގޮތުން ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެންމެ ޒަރޫރީ މުދަލާ ޚިދުމަތުގެ އަގަށް ލޮޅުންގެނުވާފަދަ ނާދިރު ހަނގުރާމައިގެ ހާލަތަކަށް ދުނިޔެ ފެތިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މުޅި ދުނިޔޭގެ އިޤުތިޞާދަށް ލޮޅުން އަރަމުންދާ ކަމަށާއި، އަޅުގަނޑުމެންނާ މާދުރުގައި ހިނގަމުންއެދާ ހަނގުރާމައާއެކު، މިއަދު އަނެއްކާވެސް މިތިބީ، އެ ނުއަތު އޮއިވަރުގެ މެދުގައި ކަމަށް ރައީސް ވިދާޅުވިއެވެ. މިހަނގުރާމައިގެ ސަބަބުން ހުރިހާ ޤައުމަކަށް އޮތް ގޮންޖެހުންތަށް އަޅުގަނޑުމެންނާވެސް ކުރިމަތިވެފައިވާކަމަށާއި، ކޯވިޑްގެ ގެއްލުމުން އަރައިގަތުމަށް އެޅުނު ފިޔަވަޅުތަކުގެ ހެޔޮ އަސަރާއި މިހަނގުރާމައިގެ ނޭދެވޭ އަސަރުގެ ދެބައްރާޅު ބައްދަލުވިތާ މަސްތަކެއް ފާއިތުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރަޝިޔާ–ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާއި، މުދަލުގެ އަގު އިންތިހާއަށް ވަނީ އުފުލިފައެވެ. އެހެންނަމަވެސް އޭގެ އަސަރު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކުރާ ވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް ނުކުރާކަމަށް ރައީސް ވިދާޅުވިއެވެ.

މިކަން ކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ރިކަރަންޓް ޚަރަދުތައް ކުރާ މިންވަރު މަހުން މަހަށް އަންނަނީ ހިފަހައްޓަމުން ކަމަށާއި، ސީދާ ބަޖެޓުން ކުރިއަށްގެންދަން ކަނޑައަޅާފައިވާ ބައެއް ޕްރޮޖެކްޓްތައް ފެށުން މިވަގުތަށް ވަނީ މަޑުޖައްސާލާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކާ ސިޔާސަތުތަކަށް ބަދަލު ގެންނަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތެލުގެ ސަބްސިޑީއަށް ބަޖެޓްގައި އަންދާޒާކުރި އަދަދު އެތަށް ގުނައަކުން ވަނީ މަތިވެފައެވެ. ރައީސް ވިދާޅުވީ މިއަހަރަށް ބަޖެޓް ކުރެވުނު ތެލުގެ ސަބްސިޑީގެ ޖުމްލަ އަކީ 341.5 މިލިއަން ރުފިޔާ ކަމަށެވެ. އެއީ މުޅިއަހަރަށް ބަޖެޓް ކުރެވުނު މިންވަރު ކަމަށާއި ނަމަވެސް، ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިއުމުގެ ސަބަބުން ނިމިދިޔަ ޖޫންމަހުގެ ނިޔަލަށް ޖުމްލަ 910.3 މިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް އެކަނި ޚަރަދުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަހަރުގެ ނިޔަލަށް މިޙާލަތުގައި ދާނަމަ، ޖުމްލަ 1.95 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ތެލަށްދޭ ސަބްސިޑީ އަމާޒުކުރަނީ މައިގަނޑު ދެކަމަކަށް ކަމަށެވެ. ފުރަތަމަ ކަމަކީ ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓްގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށްދޭ ސަބްސިޑީއެވެ. މި ސަބްސިޑީ މިހާތަނަށް ދެމުން އައި އުސޫލު އިސްލާހުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ތެލުން ސަބްސިޑީދޭ އަނެއް ދާއިރާ އަކީ، މަސްވެރިންނަށް ބޭނުންވާ ތެލުންނެވެ. ރައީސް ވިދާޅުވީ ދިގުލަމުންދާ މި ހަނގުރާމައިން ދެން އަތުވެދާނެ ހުރިހާ ހާލަތަކަށް ވިސްނާ ތިބުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. މިއީ މިޙާލަތާ ގުޅޭ ގޮތަށް އިޤްތިޞޯދީ ސިޔާސަތަށް ބަދަލުގެންނަން ޖެހޭ ވަގުތު ކަމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުން ސަރުކާރުންދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމުކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑްއާ ގުޅިގެން ރާއްޖޭގެ އިޤުތިޞާދު މިއިން ދުވަހަކު ނުދާހާ ދަށަށްގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިކަމާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން މިއަހަރު ނިމޭއިރު 2019 ގައި ހުރި މިންވަރަށް އިރާދަކުރެއްވިއްޔާ ރާއްޖޭގެ އިޤްތިޞާދު ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، މި ކާމިޔާބީގެ ހެޔޮ އަސަރު އެންމެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުރަސްތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ ބޮޑު ޒިންމާއަކީ، އެހިނދަކު ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކޮޅިގަނޑަކުން ސަލާމަތްވެ، ރައްޔިތުންނައިގެން އަމާން ބަނދަރަކަށް ވަދެވޭނެ މިސްރާބަށް ދީލާލުން ކަމަށާއި ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދަމުން މާ އުފާފާގަތި މާދަމާއެއް ހޯދުމަށް ސަރުކާރުން އަބަދަވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރާއްޖޭގެ އިގުތިސާދު މިނިވަން 57

ކޮމެންޓް

އިތުރަށް ކިޔާލަން

ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

07 ނޮވެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި

50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި

18 ސެޕްޓެމްބަރު 2025
ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

01 ސެޕްޓެމްބަރު 2025
ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

07 އޯގަސްޓު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު