Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދުވާފަރު ކައުންސިލްގެ ޚިޔާނާތުގެ މައްސަލަ

ދުވާފަރު ކައުންސިލްގެ އިންކުއަރީ ހެދުމުގެ މަސައްކަތް ފަށައިފި

ދުވާފަރު ކައުންސިލް މެމްބަރުންގެ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ވަދެފައިވާ ކަމަށް ދައްކާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 25 ޖުލައި 2022 | ހޯމަ 21:34
ރ.ދުވާފަރު

ރ.ދުވާފަރު

ރ. ދުވާފަރު ކައުންސިލުގެ ޚިޔާނާތުގެ މައްސަލަތަކެއް ފާހަގަވެފައިވާތީ އެ މައްސަލަ ބެލުމަށް އިންކުއަރީއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި އެލްޖީއޭއިން ބުނީ ދުވާފަރު ކައުންސިލްގެ ހާއްސަ މޮނިޓަރިން ރިޕޯޓެއް ތައްޔާރުކޮށް އާއްމު ކުރީ އެ ރަށު ކައުންސިލުގެ އިދާރީ ހިންގުމާއި ފައިސާގެ މުއާމަލާތްތަކުގައި ވައްކަމާއި ކޮރަޕްޝަން ހިންގާކަމަށް ގިނަ ފަރާތްތަކަކުން ޝަކުވާ ހުށަހެޅުމުން ކަމަށެވެ. އެގޮތުން، ޝަކުވާތައް ލިބުމުން އެލްޖީއޭގެ ކަމާ ގުޅޭ މުވައްޒަފުން އެކުލެވޭ ޓީމެއް ދުވާފަރަށް ގޮސް ފާހަގަ ކުރެވުނު ކަންކަމުގެ މައްޗަށް ތައްޔާރު ކުރި ރިޕޯޓެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މި ރިޕޯޓް އާއްމުކޮށްފައިވަނީ އެލްޖީއޭގެ ބޯޑުން ފާސް ކުރުމުންކަން ފާހަގަކޮށް އެ އޮތޯރިޓީން ބުނީ ރިޕޯޓް އާއްމު ކުރުމުގެ ކުރިން މޮނިޓަރިންގެ ތެރެއިން ފާހަގަ ކުރެވުނު މައްސަލަތަކަށް އާއްމު އުސޫލުގެ ތެރެއިން ޖަވާބުދާރީވުމުގެ ފުރުސަތު ދުވާފަރު ކައުންސިލަށް ދިން ކަމަށެވެ.

މި ރިޕޯޓާ ގުޅިގެން އިދާރީ ހިންގުމާއި މާލީ މުއާމަލާތް ކުރުމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތަހުގީގީ އިދާރާތަކުގައި ބުނެފައިވާ ކަމަށް ވެސް އެލްޖީއޭގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެލްޖީއޭއިން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދުވާފަރު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ހިމެނޭހެން ބައެއް މެމްބަރުންނާއި ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި ނަގުދު ފައިސާ ވެސް ބައެއް މެމްބަރުންނަށް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެލްޖީއޭއިން ބުނެފައިވާ ގޮތުގައި އެކައުންޓުތަކަށް ވަދެފައި ހުރި ފައިސާ އާއި ނަގުދު ފައިސާގެ ގޮތުގައި ދީފައި ހުރި ފައިސާގެ އެއްވެސް ތަފްސީލީ މައުލޫމާތެއް ލިޔެކިޔުންތަކުން ފެންނަން ނެތެވެ.

މިކަމާ ގުޅޭގޮތުން ދުވާފަރު ކައުންސިލުން ބުނެފައިވަނީ އެ ކައުންސިލުން މާލީ މުއާމަލާތްތައް ހިންގާފައިވަނީ ކުރިންވެސް އެ މުއާމަލާތްތައް ހިންގަމުން އައި ގަވާއިދުގެ ތެރެއިން ކަމަށެވެ. އަދި އެ ކައުންސިލަށް ޖަވާބުދާރީވާނެ ފުރުސަތެއް ނުދީ ރިޕޯޓް އާއްމު ކުރުމަކީ އެލްޖީއޭއިން ކުރި ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް ވެސް ވަނީ ބުނެފައެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީރ. ދުވާފަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު