Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަސްތުވާތަކެތީގެ މައްސަލަ

މަސްތުވެގެން މަގުމައްޗަށް، ރައްޔިތުން ބޭނުންވަނީ އަމާންކަން!

24 ޖުލައި 2022 | އާދީއްތަ 14:06

މަސްތުގެ ހާލަތުގައި މަގުމަތީގައި އާއްމުންނަށް ނުރައްކާވާ ގިނަ ކަންކަންކުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 24 ޖުލައި 2022 | އާދީއްތަ 14:06
ޑްރަގް ކެފޭއެއް

ޑްރަގް ކެފޭއެއް

މަސްތުވާތަކެއްޗަކީ ރާއްޖޭގައި އޮތް އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައެވެ. މަސްތުގެ ހާލަތުގައި މިހާރު ނުކުންނަނީ މަގުމައްޗަށެވެ. މަގުމަތީގައި އެއްބަޔަކު ނުހިނގި ވެއްޓިފައި ތިބޭއިރު، އަނެއް ބަޔަކު އުޅެނީ އާއްމުންނަށް އުނދަގޫކުރުމުގައެވެ. މިކަން މާލޭގެ މަގުމަތީގައި ގިނަވެ، މަގުމަތިން އާއްމުންނަށް ލިބެންވާ އަމާންކަން ނެތްކަމަށާއި، އެ އަމާންކަން ޔަގީންކޮށްދޭން ތިބި ފަރާތްތަކަށް އެކަން ނުކުރެވޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މަސްތުގެ ހާލަތުގައި ހުރި ފިރިހެނަކު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މީހަކު މަގުމަތީގައި ހުރެގެން އޭނާގެ ޖިންސީ ގުނަވަން މަގުމަތިން ދާ މީހުންނަށް ދައްކަމުންދިޔަކަމަށެވެ. ވީޑިއޯގައިވެސް އެފަދަ ގޮތަކަށް އޭނާ އަމަލުކުރާތަން ފެނެއެވެ. މި ވީޑިއޯ ހިއްސާކުރި މީހާވެސް ވަނީ، މަގުމައްޗަކީ ރައްކާތެރި ތަނަކަށް ހަދައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލާފައެވެ.

އެ ވީޑިއޯގެ ކުރިންވެސް އެފަދަ އަމަލެއްގައި މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މަގުމަތިން ދިޔަ އަންހެންކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކިިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ޒުވާން ފިރިހެނެކެވެ. އޭނާ އެވަގުތު ހުރީ މަސްތުގެ ހާލަތުގައިކަމަށް އެކުދިން ބުނެއެވެ. އަދި އޭނާ ފުލުހުންނާ ހަވާލުކުރުމުން ފުލުހުންގެ ކުރިމަތީގައި، އެ އަންހެން ކުދިން މަރާލާނެކަމުގެ އިންޒާރު ދިންކަމަށްވެސް އެކުދިން ބުނެއެވެ.

މިއީ މިގޮތަށް މަސްތުގެ ހާލަތުގައި ތިބެގެން މީހުންނަށް ފުރައްސާރަ ކޮށް، ޖިންސީ ގުނަވަން ދައްކައި، މީހުންނަށް ބިރުދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. މިފަދަ އެތައް މައްސަލަތަކެއް ފުލުހަށްވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ހިތާމަޔަކީ މިކަންކަން ހައްލުނުކުރެވި އަދިވެސް މާލޭގެ މަގުތަކުން މި މަންޒަރުތައް ފެނުމެވެ.

މަސްތުގެ ހާލަތުގައި ނޫނަސް ބައެއް މީހުން މަގުމަތީގެ އަމާންކަން ނަގާލައެވެ. އެގޮތުން، މާރާމާރީ ހިންގުމާއި ފޭރުމަކީވެސް މާލޭގެ މަގުމަތިން ފެންނަ ކަންކަމެވެ.

މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށްވާއިރު، އެތަން ވާންޖެހޭނީ ކޮންމެ މީހަކަށްވެސް ރައްކާތެރި ތަނަކަށެވެ. ކުޑަކުދިންނަށް ފެނިގެންނުވާނެ މަންޒަރުތައް މަގުމަތިން ފެނިގެން ނުވާނެއެވެ. އަދި އިވިގެންނުވާނެ އަޑުތައް މަގުމަތިން އެ ކުދިންނަށް އިވިގެން ނުވާނެއެވެ.

މަގުމައްޗަކީ އާއްމުންނަށް ރައްކާތެރިތަނެއްކަން ކަށަވަރުކުރަން ޖެހޭނީ ފުލުހުންނެވެ. ނަމަވެސް އެކަން ފުލުހުންނަށް ނުކުރެވޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި ފުލުހުންނަށް އަޅާނުލެވެނީއެވެ. ރައްޔިތުން އެދެނީ ފުރިހަމަގޮތުގައި ޒިންމާ އަދާކޮށް، އެފަދަ ކުށްވެރިން ހައްޔަރުކޮށް ހައްގު އަދަބު ދިނުމަށާއި، މާލޭގެ މަގުތަކަކީ އާއްމުންނަށް ރައްކާތެރިތަނަކަށް ހަދައިދިނުމަށެވެ.

މަސްތުވާތަކެތީގެ ވަބާގައި ރާއްޖޭގެ އައު ޖީލުތައްވެސް ދަނީ ހަލާކުވަމުންނެވެ. އުމުރުން އެންމެ 8 އަހަރުގެ ކުދިންވެސް އެ ވަބާގައި ޖެހިފައިވާއިރު، މިއީ ހަރުކަށި ފިޔަވަޅުތަކެއް ނާޅައިފިނަމަ ގައުމުގެ މުސްތަގުބަލު އެއްކޮށް ހަލާކުކޮށްލާނެ ކަމެކެވެ.

މަސްތުވާތަކެތިމޯލްޑިވްސް ޕޮލިސް ސަރވިސްފީޗަރ ރިޕޯޓް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
30 ނޮވެމްބަރު 2025

މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

30 ނޮވެމްބަރު 2025
މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް
25 ނޮވެމްބަރު 2025

ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ

25 ނޮވެމްބަރު 2025
ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ
25 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

25 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި
24 ނޮވެމްބަރު 2025

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން

24 ނޮވެމްބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް