Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުވާފަރު ކައުންސިލުގެ ޚިޔާނަތް

ދުވާފަރު ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ ޚިޔާނާތްތަކުގެ މައްސަލަ އޭސީސީއަށް

މި މައްސަލަ އޭސީސީއަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 ޖުލައި 2022 | އާދީއްތަ 08:52
އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި މައްސަލަ އޭސީސީއަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާކަމަށް

އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި މައްސަލަ އޭސީސީއަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާކަމަށް

ރ. ދުވާފަރުގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ ޚިޔާނާތްތަކެއް ފަޅާ އަރާފައިވާއިރު، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ހުށައަޅައިފިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައްސަލަ އޭސީސީއަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ މައްސަލަ ބެލުމާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި، ކޮމިޝަނުން މިހާރު އެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާއްމުކޮށްފައިވަނީ ދުވާފަރު ކައުންސިލްގެ ހާއްސަ މޮނިޓަރިން ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ކައުންސިލް މެމްބަރުންނާއި ޑަބްލިއުޑީސީ މެމްބަރުންނާއި ކައުންސިލްގެ ބައެއް މުވައްޒަފުން ޚިޔާނާތުގައި ހިމެނެއެވެ. އެގޮތުން، މާލިއްޔަތު ގަވާއިދާއި ސިވިލް ސާވިސް ގަވާއިދާއި މާލީ ކަންކަމާ ގުޅުންހުރި ގާނޫނުތަކާ ޚިލާފަށް އެ ކައުންސިލުން އަމަލުކޮށްފައިވާ ކަމަށް މި ރިޕޯޓުގައިވަނީ ބުނެފައެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނެތި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ޖަމާކޮށްފައެވެ. އަދި ނަގުދު ފައިސާއިން ވެސް ކައުންސިލަރުންނާއި މުވައްޒަފުންނާއި ޑަބްލިއުޑީސީ މެމްބަރުންނަށް ފައިސާ ބަހާފައިވާ ކަމަށް ވަނީ ބުނެފައެވެ. މި ފައިސާތަކުގެ ތަފްސީލު އެނގޭ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ.

އެލްޖީއޭއިން ވަނީ މި ރިޕޯޓުގައި ދުވާފަރު ކައުންސިލުން ފާހަގަ ކުރެވުނު 34 މައްސަލައެއް ފާހަގަކޮށް އެކަންކަން ހައްލު ކުރުމަށް ލަފާދީފައެވެ. މީގެ ތެރޭގަިއ ގިނައިން ހިމެނެނީ މާލީކަންކަމުގައި ފަރުވާ ކުޑަވުމާއި ޚިޔާނަތުގެ ކަންކަމެވެ.

އެލްޖީއޭ އިން ބުނީ، 'އިން-ކައިންޑް' ގެ ގޮތުގައި ފައިސާ އާއި ތަކެތި މާލިއްޔަތުން ދިނުމާއި ކައުންސިލްގެ މެންޑޭޓުގައި ނުހިމެނޭ ކަންކަމަށް ވެސް ދުވާފަރު ކައުންސިލުން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި ދުވާފަރު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު އަލިފުޅުގެ އެކައުންޓަށް ވަނީ ގިނަ އަދަދެއްގެ ފައިސާ ޖަމާ ކޮށްފައެވެ. އެގޮތުން ލިޔެކިޔުމުން އެއްވެސް ތަފްސީލެއް ނޭނގޭ 711،617 ރުފިޔާ އޭނާއަށް ނަގުދު ފައިސާގެ ގޮތުގައްޔާއި އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

މުޙައްމަދު އަލިފުޅުގެ އިތުރުން ކައުންސިލް މެމްބަރު މުޙައްމަދު ޝާމުއަށް 447،837 ރުފިޔާ ލިބިފައިވާއިރު ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދު އަށް 252،048 ރުފިޔާ، ކައުންސިލް މެމްބަރު ޒުހުދާ އާދަމް އަށް 181،666ރުފިޔާ، ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ނާސިހުއަށް 165،200.79 ރުފިޔާ، ކައުންސިލް މެމްބަރު އަހުމަދު ސަމޫހުއަށް 128،696.47 ރުފިޔާ، ކައުންސިލް މެމްބަރު އާމިނަތު ސަލާހުއަށް 119،535 ރުފިޔާ ވަނީ ލިބިފައެވެ.

އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ވަކި ތަފްސީލެއް ނެތި 21،981 ރުފިޔާ ދީފައިވާއިރު ކޮމިޓީގެ ރައީސް އާމިނަތު އަހުމަދުއަށް 67،820 ރުފިޔާ ވަނީ ލިބިފައެވެ. އަދި ކޮންޓްރެކްޓް މުވައްޒަފެއް ކަމަށްވާ އަހުމަދު ޝާމިލު އަށް 6042 ރުފިޔާ ވަނީ ލިބިފައިވާއިރު މަސައްކަތު މީހެއްގެ ގޮތުގައި މަސައްކަތް ކުރާ ލުގުމާން އަބްދުއްރަހުމާނަށާއި ސަޕޯޓް ސްޓާފް، އަބްދުﷲ ނާޝިދުއަށާއި ކައުންސިލް މެމްބަރު މަރިޔަމް ޔަޝްފާއަށް ވެސް ލިޔެކިޔުމުގެ އެއްވެސް ތަފްސީލެއް ނެތް ގޮތަށް ވަނީ މަދު އަދަދުން ނަމަވެސް ފައިސާ ލިބިފައެވެ.

އެލްޖީއޭގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކައުންސިލުން މުދަލުގެ ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318،600 ރުފިޔާ ވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ. އަދި ފިތުރު ޒަކާތަށް ބަހަން ބޭނުންވާ 54،000 ރުފިޔާ ވެސް ކައުންސިލް މެމްބަރު ޒުހުދާ އާދަމްއާ ނަގުދު ފައިސާގެ ގޮތުގައި ހަވާލު ކޮށްފައިވާ ކަމަށާއި އެ ފައިސާ ލިބެންވީ މީހުންނަށް ލިބިފައިވާ ކަމެއް އެއްވެސް ލިޔުމަކުން ކަށަވަރު ނުކުރެވޭ ކަމަށް އެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

ރ. ދުވާފަރުލޯކަލް ގަވަމަންޓް އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު