Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓެލްކޯ ހިޔާގެ ފްލެޓްތައް

އުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ސްޓެލްކޯ ހިޔާގެ ފްލެޓްތައް ދީފައިނުވާނެ: ޝަރީފް

24 ޖުލައި 2022 | އާދީއްތަ 08:45

ސްޓެލްކޯ ހިޔާގެ 2 ޓަވަރުގައި 360 ފްލެޓް ޤާއިމުކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޖުލައި 2022 | އާދީއްތަ 08:45
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް

އުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ސްޓެލްކޯ ހިޔާގެ ފްލެޓްތައް ދީފައިނުވާނެ ކަމުގެ ޔަގީންކަން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ދެއްވައިފިއެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ ފްލެޓުތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ސްޓެލްކޯ ހިޔާގެ 2 ޓަވަރުގައި 360 ފްލެޓް ޤާއިމުކޮށްފައިވެއެވެ.

އެގޮތުން ބަލާއިރު، ސްޓެލްކޯހިޔާއަށް މުވައްޒަފުން ޔަގީންކަމާއެކު ވަންނާނެ ތާރީހާއި، އެއްކޮޓަރީގެ އެޕާޓްމަންޓްތަކާއި، 1+2 އެޕާޓްމަންޓްތަކުގެ މަހުކުލީގެ ގޮތުގައި ނަގާނެ މިންވަރުގެ އިތުރުން، ސުވިމިންޕޫލެއްގެ މަސައްކަތް ހިމެނޭހެން ސްޓެލްކޯހިޔާގެ ފްލެޓްތަކުގެ ވެލިއު އިތުރުކުރުމަށްޓަކައި، ކުރަންޖެހޭ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ވަނީ ދެއްވާފައެވެ.

އޭގެ އިތުރުން، އުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ސްޓެލްކޯ ހިޔާގެ ފްލެޓްތައް ދީފައިނުވާނެ ކަމުގެ ޔަގީންކަންވެސް ޝަރީފް ދެއްވިއެވެ.

ހަމައެއާއެކު، އެ ކުންފުނިން ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުއެއް ހިންގުމުގެ ވިސްނުން ގެންގުޅުއްވާކަމުގެ ޚަބަރުވެސް މުވައްޒަފުންނަށް ދެއްވާފައިވެއެވެ.

މުވައްޒަފުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޝަރީފް ވަނީ އަންނަ އޮގަސްޓް މަހުގެ ހަވަނަ ދުވަހު ފްލެޓުތަކަށް ވަދެވޭނެކަން ފާހަގަ ކުރައްވައި، އެޕާޓްމަންޓްތައް ކުއްޔަށް ދޭނެ އަގުތައް އިއުލާނު ކުރައްވާފައެވެ.

ފްލެޓުތަކަށް ނަގާނެ ކުއްޔަށް ބަލާއިރު، 1 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 5،622ރ، އަދި މެއިންޓަނެންސް ފީއަށް 1،000ރ ނަގައެވެ. އަދި 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު  10353ރ. އާއި 10652ރ. އާ ދެމެދުގެ އަގެއް ނަގާއިރު، މެއިންޓަނެންސް ފީއަށް 1،300ރ ނަގައެވެ.

ސްޓާފުންނަށް ލުއިގޮތްތަކެއް ހޯދައިދޭން ބޯޑުގައި މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި އެގޮތުން، ކުލި ދެއްކުމުގައި ލުއި ދިނުމުގެ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ އިންފެށިގެން ކުލި ނަގާގޮތަށް ގްރޭސް ޕީރިއަޑެއް ދޭން ނިންމާފައިވާ ކަމަށް  ޝަރީފް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން، އެއް އަހަރު ވަންދެން ފްލެޓްތަކުގެ މެއިންޓަނެންސް ހަރަދުތައް ބަލަހައްޓާނީ ސްޓެލްކޯއިންކަން ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ. އެތަނުގެ ސެކިއުރިޓީ ބަލަހައްޓާނެ ބަޔަކު ހަމަޖެހެންދެން އެކަންވެސް އެ ކުންފުނިން ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވާފައެވެ.

ސްޓެލްކޯސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ, އަހުމަދު ޝަރީފު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
15 ނޮވެމްބަރު 2025

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
21 ސެޕްޓެމްބަރު 2025

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި
21 ސެޕްޓެމްބަރު 2025

ފޭސް 2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ، ސްޓެލްކޯގެ ބަހެއް ނެތް

21 ސެޕްޓެމްބަރު 2025
ފޭސް 2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ، ސްޓެލްކޯގެ ބަހެއް ނެތް
12 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ ބޯޑަށް މެމްބަރު ޝާޑުގެ އަނބިކަނބަލުން މުޒްނާ އައްޔަން ކޮށްފި

12 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ ބޯޑަށް މެމްބަރު ޝާޑުގެ އަނބިކަނބަލުން މުޒްނާ އައްޔަން ކޮށްފި
08 ސެޕްޓެމްބަރު 2025

ޖަނަވަރީ1، 2026 އިން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ބޭނުންކުރާ ކަރަންޓަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރުމަށް ރައީސް ނިންމަވައިފި

ސްޓެލްކޯއިން ވަކިކުރި ފަހުމީ ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަނުކޮށްފި

08 ސެޕްޓެމްބަރު 2025
ސްޓެލްކޯއިން ވަކިކުރި ފަހުމީ ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަނުކޮށްފި
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް