Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީމުތަކުން އައު ސީޒަނަށް ތައްޔާރުވުން

ސިޓީ މޮޅުކޮށްދިނީ ހާލަންޑު، އާސެނަލުން ޗެލްސީ ބަލިކޮށްފި

އާސެނަލުން ޗެލްސީ ބަލިކުރީ 4-0 ން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖުލައި 2022 | އާދީއްތަ 04:07
ސިޓީގެ މެޗުގައި ލަނޑު ޖެހުމަށްފަހު ހާލަންޑު އުފާފާޅު ކުރަނީ

ސިޓީގެ މެޗުގައި ލަނޑު ޖެހުމަށްފަހު ހާލަންޑު އުފާފާޅު ކުރަނީ

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެއެވެ.

ސިޓީން ބަޔާންގެ މައްޗަށް ކުރި ހޯދީ 1-0 ންނެވެ. މެޗުގެ ހަމައެކަނި ލަނޑު 12 ވަނަ މިނެޓުގައި ޖެހީ އާލިން ހާލަންޑުއެވެ. މިއީ ބްރޫޝިއާ ޑޯޓްމަންޑު ދޫކޮށް އޭނާ ސިޓީއަށް ބަދަލުވި ފަހުން ސިޓީ ކުޅުނު ފުރަތަމަ މެޗެވެ.

ދެ ޓީމުން ވެސް މެޗު ފަށާފައިވަނީ މުހިންމު ކުޅުންތެރިން ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. ބަޔާނުން އެ ޓީމުގެ ތޯމަސް މުލާ، ސާޖް ގްނަބްރީ، ކޯމަން، ކީޕަރު ނޯޔާ ހިމެނެއެވެ. ނަމަވެސް ބަޔާނުން ވަނީ ގިނަ ބަދަލުތަކެއް ވެސް ގެނެސްފައެވެ. ޑިފެންޑަރު މަތައިސް ޑި ލިޓް، ޕައުލް ވާނާ ފަދަ ކުޅުންތެރިން ވަނީ ކުޅެން ނެރެފައެވެ. ސިޓީން ވަނީ ޖެކް ގްރީލިޝް، ހާލަންޑު، މާރޭޒް، ބެނާޑޯ ސިލްވާ، ރޮޑްރީ، ކެވިން ޑިބްރައިނާ ހިމެނޭހެން މުހިންމު ކުޅުންތެރިން ހިމަނާފައެވެ.

ސިޓީގެ މެޗެއް ދެން އޮންނާނީ މި މަހުގެ 30 ގައެވެ. ކޮމިއުނިޓީ ޝީލްޑް މެޗުގައި އެ ޓީމު ނުކުންނާނީ ވާދަވެރި ލިވަޕޫލާ ދެކޮޅަށެވެ. ހަމަ އެދުވަހު ޑީއެފްއެލް ސުޕަ ކަޕްގެ ފައިނަލްގައި ބަޔާން ނުކުންނާނީ ލެއިޕްޒިގާ ދެކޮޅަށެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާސެނަލާއި ޗެލްސީ ބައްދަލުކުރި މެޗު 4-0 ން ކާމިޔާބުކުރީ އާސެނަލްއެވެ. މެޗު ފަށައިގެން ފުރަތަމަ 15 ވަނަ މިނެޓުގައި އާސެނަލަށް ލަނޑު ލީޑު ހޯދައިދިނީ ގަބްރިއެލް ޖީސޫސްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން 36 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ފުޅާކޮށްދިނީ އޮޑެގާޑްއެވެ. ދެވަނަ ހާފުގައި ވެސް އާސެނަލުން ވަނީ ދެ ލަނޑު ޖަހާފައެވެ. 66 ވަނަ މިނެޓުގައި ބުކަޔޯ ސާކާ ލަނޑެއް ޖެހިއިރު، ފަހު ލަނޑު ޖެހީ ސަމްބީ ލޮކޮންގާއެވެ. މި ލަނޑު އޭނާ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ދެ މިނެޓުގެ ތެރޭގައެވެ.

އާސެނަލްގެ މެޗެއް ދެން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު ސެވިއްޔާއާ ދެކޮޅަށެވެ. ޗެލްސީން ނުކުންނާނީ އުޑިނޭސްއާ ދެކޮޅަށެވެ.

މެންޗެސްޓަރ ސިޓީބަޔާން މިއުނިކްއާލިން ބްރައުޓް ހާލަންޑްއާސެނަލްޗެލްސީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު