Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުންތައް

ޝަރުތުތަކާއެކު ޝެއިހް ފަޒްލޫން ބަންދުން ދޫކޮށްލައިފި

21 ޖުލައި 2022 | ބުރާސްފަތި 09:05

އޭނާ ހައްޔަރުކޮށްފައިވަނީ ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖުލައި 2022 | ބުރާސްފަތި 09:05
ޔޯގާ ހަރަކާތުގެ ހަމަނުޖެހުންތަކާ ގުޅިގެން މީހުން ހައްޔަރު ކުރުން

ޔޯގާ ހަރަކާތުގެ ހަމަނުޖެހުންތަކާ ގުޅިގެން މީހުން ހައްޔަރު ކުރުން

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝައިޚް މުހައްމަދު ފަޒްލޫން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ 22 ޖޫންވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭރު އޭނާ ހައްޔަރުކޮށްފައިވަނީ، ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ދަށުންނެވެ. އެ މައްސަލައާ ގުޅިގެން އޭނާއަށް ދީފައިވާ ދީނީ ތަގުރީރު ކުރުމާއި ވައުޟޫ ވިދާޅުވުމުގެ ހުއްދަވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓާފައެވެ.

އޭނާ ބަންދު ކުރުމަށްފަހު އެކި ފަހަރުމަތިން މުއްދަތު އިތުރު ކުރަމުންގޮސް މިހާރު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާލެއާއި ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެންގުމާއި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމާއި، ކޯޓަށް ހާޒިރުވާން އެންގުމުން ހާޒިރުވުން ފަދަ ޝަރުތުތައް ކޮށްފައިވެއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް އެތަނަށް ވަދެ ބަޔަކު ވަނީ އެތަނުގައި ހުރި ތަކެއްޗާއި ހަރަކާތުގައި ތިބި މީހުންނަށް ހަމަލާ ދީފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ.

ޔޯގާ ހަރަކާތް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރުމަށް، އެކަމުގައި އިސްކޮށް އުޅުނު ބައެއް ފަރާތްތަކުން ބާރުއަޅާފައިވާ ކަމަށާއި، މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން 4 މީހުން އޭގެ ތެރޭގައި ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ޔޯގާ ހަރަކާތް އޮތް ދުވަހުގެ ކުރީ ރެއިން ފެށިގެން އެ ހަރަކާތް ހުއްޓުވުމަށް ތައްޔާރުވިކަމަށާއި އެއިރުވެސް ހަރަކާތް ހުއްޓުވުމަށް އެކި ކަންކަން ރާވާފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުޤީޤުކޮށް، ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަމަށް އެއިދާރާއިން ވަބީ ބުނެފައެވެ.

މި ޙަރަކާތުގެ ތެރެއިން ހަމަނުޖެހުން އުފެއްދި ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ އިތުރުން، ފުލުހުންގެ އޮޕަރޭޝަންތައް މިހާރަށްވުރެ ރަނގަޅު ކުރުމަށްވެސް މަސައްކަތް ކުރާނެކަން ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުވުމަށް ޝަރުތުކޮށް ޔުމްނާގެ ފިރިކަލުން ދޫކޮށްލައިފި

19 އެޕްރީލު 2017
ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުވުމަށް ޝަރުތުކޮށް ޔުމްނާގެ ފިރިކަލުން ދޫކޮށްލައިފި
18 އެޕްރީލު 2017

އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް ހައްޔަރު ކުރުމަށްފަހު، ދޫކޮށްލައިފި

18 އެޕްރީލު 2017
އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް ހައްޔަރު ކުރުމަށްފަހު، ދޫކޮށްލައިފި
12 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި

12 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި
03 އެޕްރީލު 2017

މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލަށްލި ނާސިރާ ޝަރުތުތަކަކާ އެކު ދޫކޮށްލައިފި

03 އެޕްރީލު 2017
މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލަށްލި ނާސިރާ ޝަރުތުތަކަކާ އެކު ދޫކޮށްލައިފި
27 މާރިޗު 2017

ފޯނު އަތުލުމަށް ފަހު ރިޔާޒު ދޫކޮށްލައިފި

27 މާރިޗު 2017
ފޯނު އަތުލުމަށް ފަހު ރިޔާޒު ދޫކޮށްލައިފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް