Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖޫލްސް ކޮންޑޭގެ ކުރިމަގު

ޖޫލްސް ކޮންޑޭ ހޯދުމަށް ޗެލްސީން ރަސްމީކޮށް ބިޑުކޮށްފި

21 ޖުލައި 2022 | ބުރާސްފަތި 05:12

ޗެލްސީން ރަސްމީކޮށް ބިޑު ކުރިއިރު، ބާސެލޯނާއިން ވެސް އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖުލައި 2022 | ބުރާސްފަތި 05:12
ޖޫލްސް ކޮންޑޭ

ޖޫލްސް ކޮންޑޭ

ސެވިއްޔާއަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޮންޑޭ ހޯދުމަށް ޗެލްސީން ރަސްމީކޮށް ބިޑުކޮށްފިއެވެ.

މިއީ އައު ސީޒަނަށް ޗެލްސީގެ ޑިފެންސް ލައިން ވަރުގަދަ ކުރުމަށް އެ ޓީމުން ކުރާ މަސައްކަތުގެ ތެރެއިން ހޯދަން ބޭނުންވާ ކުޅުންތެރިޔެކެވެ. ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް މިހާރު ބޭނުންވަނީ ޑިފެންސްގގައި ކުޅޭނެ މޮޅު ކުޅުންތެރިންނެވެ.

ކޮންޑޭ ހޯދުމަށް ޗެލްސީން ބިޑުކުރިއިރު، އޭނާ ހޯދުމަށް ސްޕެއިންގެ ބާސެލޯނާއިން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އައު ސީޒަނަށް ގިނަ ކުޅުންތެރިންތަކެއް ހޯދައި، ބާސެލޯނާގެ އަމާޒު ވެސް މިހާރު ހުރީ ޑިފެންޑަރުން ހޯދުމަށެވެ. ގިނަ ޓްރާންސްފާތަކަކަށްފަހު އެ ޓީމުގެ ރައީސް ޖޯން ލަޕޯޓާ ބުނީ ދެން ހޯދާނީ ޑިފެންޑަރުން ކަމަށް ހާމަކޮށްފައެވެ.

ޒުވާން ޑިފެންޑަރު ހޯދުމަށް ޗެލްސީން ވަނީ 55 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅާފައެވެ. ޗެލްސީގެ އައު އޯނަރު ޓޮޑް ބޮހްލީ ޓީމާ ހަވާލުވެ، އެ ޓީމުން އަންނަނީ ވަރުގަދަ ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ބިޑަށް ބަލާއިރު، ޗެލްސީން ހުށަހަޅާފައިވާ އަގަކީ ރަނގަޅު އަގެއް ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި މިހާރު ޗެލްސީ އާއި ސެވިއްޔާއާ ދެމެދު ބިޑުގެ ސްޓްރަކްޗަރގެ ވާހަކަތައް ދަނީ ދެކެވެމުންކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކޮންޑޭ ހޯދުމަށް ޗެލްސީން ރަސްމީކޮށް ބިޑު ކުރި ނަމަވެސް، އޭނާ ބަދަލުވާނެ ވަކި ކުލަބެއް އަދި ނުނިންމައެވެ. އޭނާ ހޯދުމަށް ބާސެލޯނާއިން ވެސް ވަރުގަދަޔަށް މަސައްކަތް ކުރާއިރު، އެ ޓީމަށް ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮންޑޭ ވަނީ މިހާތަނަށް ސެވިއްޔާއަށް 95 މެޗު ކުޅެދީ، ފަސް ލަނޑު ޖަހާފައެވެ. އޭނާ ވަނީ ސެވިއްޔާއާއެކު ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ފްރާންސްގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ 23 އަހަރުގެ ކޮންޑޭ ވަނީ، މިހާތަނަށް ޤައުމީ ޓީމަށް 11 މެޗު ކުޅެދީފައެވެ. ޤައުމީ ޓީމުގައި އޭނާ ހިމަނާފައިވަނީ 2021 ވަނަ އަހަރުއެވެ. ފްރާންސާއެކު އޭނާ ވަނީ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް