Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު

އަންހެނުގެ ކޮމިޓީގެ އިންތިޚާބުތަކުގައި ވޯޓުލަނީ މަދު އިންސައްތައެއް، ކުރާ ޚަރަދަށް ބަލާއިރު ދެކޮޅު ނުޖެހޭ: އީސީ

21 ޖުލައި 2022 | ބުރާސްފަތި 03:44

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަނަކަށް އެވްރެޖުކޮށް 130،000 ރުފިޔާ ހޭދަވޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 21 ޖުލައި 2022 | ބުރާސްފަތި 03:44
އީސީގެ ސެކްރެޓަރީ ޖެނެރަލް، ހަސަން ޒަކަރިއްޔާ

އީސީގެ ސެކްރެޓަރީ ޖެނެރަލް، ހަސަން ޒަކަރިއްޔާ

ރަށްރަށުގެ އަންހެންނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުތަކުގައި ވޯޓުލެވޭ އާބާދީއަކީ ވަރަށް ކުޑަ އިންސައްތައެއް ކަމަށާއި އެއީ ކުރާ ޚަރަދާއި އަޅާބަލާއިރު ދެކޮޅުޖެހޭ ވަރެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ބާއްވަން ޖެހޭ އަދަދު ވަރަށް ގިނަ ކަމަށެވެ. އަދި މިއީ ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމެއް ކަމަށާއި ނަމަވެސް އެ އިންތިޚާބުތަކުގައި ވޯޓުލާ ފަރާތްތަކުގެ ތަރުހީބު ވަރަށް ކުޑަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޒަކަރިއްޔާ ވިދާޅުވިގޮތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުތަކުގައި އެވްރެޖުކޮށް ވޯޓުލަނީ ވޯޓުލެވޭ އާބާދީގެ 20 އިންސައްތައަށްވުރެ މަދު އަދަދެކެވެ. ނަމަވެސް ޚަރަދުގެ ގޮތުން ބަލާއިރު މިއިން ކޮންމެ އިންތިޚާބަކަށް އެވްރެޖުކޮށް 130،000 އެއްހާ ރުފިޔާ ހޭދަ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުތަކުގައި ތަރުހީބު ކުޑަ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކާއި ރަށު ކައުންސިލްތަކުގެ އިންތިޚާބުތަކުގައި 70 އިންސައްތަ މީހުން ވޯޓުލާކަން ފާހަގަކުރެވިފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާދޭ އަދަދު އިތުރުވެ، އެ ގޮނޑިތަކުގެ ބައި އިލެކްޝަން ބޭއްވުން އިލެކްޝަންސް ކޮމިޝަނަށް ބުރައަކަށްވެފައިވާއިރު، މިއަހަރު އެކަނިވެސް ބައި އިލެކްޝަންތަކަށް އެކަނިވެސް ހަތަރު މިލިއަނެއްހާ ރުފިޔާ ހޭދަ ކުރެވިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުތައް ވެސް މިހާރު ބާއްވަން ޖެހެނީ އިލެކްޝަންސް ކޮމިޝަނުންނެވެ. މީގެ ސަބަބުން އިންތިޚާބުތަކަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އެތައް ގުނައެއް އިތުރަށް ޚަރަދު ކުރަން ޖެހޭތީ އެކަން ހައްލު ކުރުމަށް ވެސް ދަނީ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން ކުރިއެކޭ އެއްގޮތަށް އެ ރަށެއްގެ ކައުންސިލުގެ ޚަރަދުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުތައް ބާއްވާނަމަ ވެސް އިލެކްޝަންސް ކޮމިޝަނަށް ޚަރަދުގެ ގޮތުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާދޭ ސަބަބުތަކުގެ ތެރޭގައި ދާއިމީ ވަޒީފާއެއް އަދާ ކުރަމުން އެ މަޤާމު އަދާކުރުމުގައި ގޮންޖެހުންތައް ހުރުމާއި ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުމާއި އެކަށީގެންވާ މުސާރައެއް ނުލިބުން ހިމެނެއެވެ. ނަމަވެސް ސީދާ ސަބަބުތައް ދެނެގަނެވޭނީ ތައުލީމީ ދިރާސާއެއް ހަދައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ

20 ފެބުރުއަރީ 2017
ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް