Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރެކްޝަންސްއަށް މުވައްޒަފުން އިތުރުކުރުން

ކަރެކްޝަންސްއަށް އިތުރު އޮފިސަރުން ބޭނުންވޭ: ސީޕީ

21 ޖުލައި 2022 | ބުރާސްފަތި 02:15

ކަރެކްޝަންސްގައި ހަރަކާތްތެރިވާ މުދައްރިބުންނަށް ތަމްރީނު ޕްރޮގްރާމެއް ވަނީ ފަށާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 ޖުލައި 2022 | ބުރާސްފަތި 02:15
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

ސީޕީ މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން އެކި ދާއިރާތަކުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ މުދައްރިބުންނަށް އެ ފަރާތްތަކުގެ ކިޔަވައިދިނުމުގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން، “އިންސްޓްރަކްޓަރ ޓްރޭނިން ޕްރޮގްރާމް” އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ އެމްސީއެސްއާ އަލަށް ގުޅޭ ފަރާތްތައް ތަމްރީންކުރުމަށްޓަކައި ތަމްރީންވާ އޮފިސަރުންނަށް ހަވާލު ކުރެވެނީ ވަރަށް މަތިވެރި އަމާނާތަކާއި މަސައްކަތެއް ކަމަށެވެ. މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަން ކަމަށް ޤަބޫލުފުޅު ކުރައްވާކަން ފާހަގަކުރައްވައި، ކޮމިޝަނަރު ވިދާޅުވީ ރަނގަޅު، ޕްރޮފެޝަނަލް ވޯކް ފޯސްއެއް ބިނާ ކުރުމަކީ ދިމާވާ ގިނަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމެއް ކަމަށެވެ. މިކަން ރަނގަޅުކުރުމަށްޓަކައި އައިކޯސްޓްގެ ވިސްނުމާއި އެހީތެރިކަމާއެކު އިންސްޓްރަކްޓަރުންގެ ކޯހެއް ފަރުމާކުރެވި، މި ފެށުނު ކޯހުގެ ބައިވެރިންނަކީ އައިކޯސްޓްއިން އޮފިސަރުންގެ ތެރެއިން ފާހަގަކޮށްލެވިގެން ހޮވާލެވުނު އޮފިސަރުން ކަމުގައި ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ފަޚުރުވެރި ވާންޖެހޭކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މި ތަމްރީން ޕްރޮގްރާމްއިން ދަސްވާ އެއްޗެހީގެ ޢަލީގައި ކުރިއަށް އޮތްތާނގައި ތަމްރީންކުރާ އޮފިސަރުންނަކީ ވީހާވެސް ޕްރޮފެޝަނަލް އަދި ޤާބިލު ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންދާނެކަމަށް ޢުންމީދުކުރައްވާކަމަށް ސީޕީ ވިދާޅުވިއެވެ.

އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން ރާވާ އަދި ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މުއްދަތަކީ 15 ދުވަހެވެ. މިއީ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ޕްރިޒަން އޮފިސަރުން، އެމީހަކާއި ގުޅޭ ދާއިރާއަކުން ނުވަތަ އެނޫންވެސް ދާއިރާއަކުން އެމީހަކު ދަސްކޮށްފައިވާ ޢިލްމާއި ފަންނީ ހުނަރެއް އެހެންބަޔަކަށް އުނގަންނައިދިނުމުގެ ހުނަރާއި ޤާބިލްކަން ލިބިދިނުމާއި މިރޮނގުން ހުނަރުވެރި މުދައްރިބަކު އުފެއްދުމެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް މެނޭޖިން އޮފިސަރސް ޕަރފޯމަންސް، ލެސަން ޕްލޭން، ފިޒިކަލް ޓްރެއިނިން، ސްވިމިން، ރިސްކް މެނޭޖްމަންޓް، ކްލާސްރޫމް މެނޭޖްމަންޓް، ފުޓް ޑްރިލް، އޮބްޖެކްޓިވް ރައިޓިން، ފަސްޓް އެއިޑް އަދި ޓީޗިން ޕްރެކްޓިސް ފަދަ މުހިންމު މޮޑިއުލްތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް