Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތީ ތައުލީމު

ސްކޮލާރޝިޕް ލިބުނު ދަރިވަރުންނަކީ ގައުމަށް އައިސް ޚިދުމަތްކުރާނެ ދަރިންތަކަށް ވުމަކީ ސަރުކާރުން ދެކެންބޭނުންވާ އެއް ދުވަސް - ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

ސްކޮލާރޝިޕް ލިބޭ ދަރިވަރުންނަށް، އެދަރިވަރަކު ބޭނުން ދާއިރާއަކުން ބޭނުން ގައުމަކުން ކިޔެވޭނެ ފުރުސަތު ފަހިވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖުލައި 2022 | ބުދަ 14:48
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

ސްކޮލާރޝިޕް ލިބުނު ދަރިވަރުންނަކީ ތައުލީމީގޮތުން މޮޅެތި، ނަމޫނާ ބައެއްގެގޮތުގައި ގައުމަށް އައިސް ޚިދުމަތްކުރާނެ ދަރިންތަކަކަށްވުމަކީ ސަރުކާރުން ދެކެންބޭނުންވާ އެއް ދުވަސް ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖާގައި ފާސްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލާރޝިޕާއި ހައި އެޗީވަރސް ސްކޮލާރޝިޕް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ، ސްކޮލާރޝިޕް ހާސިލްކުރި ދަރިވަރުންނާއި އެދަރިވަރުންގެ މައިންބަފައިންނަށް މަރުހަބާވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާރޝިޕާއި ހައި އެޗީވަރސް ސްކޮލާރޝިޕަކީ މީގެ އަހަރުތަކެއް ކުރިން، މަތީ ސާނަވީ މަރުހަލާގައި ރަންވަނަ ހޯދަމުން އަންނަ ދަރިވަރުންނަށް ދޭ ސްކޮލާރޝިޕްތަކެއް ކަމަށާއި، އެހެންނަމަވެސް މި ސަރުކާރުން ވަނީ މި ސްކޮލާރޝިޕްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާރޝިޕް  ބައްޓަންކޮށްފައިވާގޮތުން، ސްކޮލާރޝިޕް ލިބޭ ދަރިވަރުންނަށް އެދަރިވަރަކު ބޭނުން ދާއިރާއަކުން، ބޭނުން ގައުމަކުން ކިޔެވޭނެ ފުރުސަތު ފަހިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19ގެ އެންމެ ނާޒުކު ހާލަތުގައި ޚަރަދުތައް ކުޑަކުރެއްވުމާއި ބައެއް މަޝްރޫއުތަކަށް އެކިކަހަލަ ބަދަލުތައް ގެންނެވިއިރުވެސް، ދަރިވަރުންނަށް ދެއްވާ ސްކޮލާރޝިޕްތަކާއި ސްޓޫޑެންޓް ލޯނުތަކަށް އެއްވެސް މަދުކުރެއްވުމެއް، އަދި އުނިކުރެއްވުމެއް ނުގެންނެވިކަމީ މިސަރުކާރުން (ޚާއްސަކޮށް ރައީސް) މަތީ ތައުލީމަށް ދެއްވާ އަހަންމިއްޔަތުކަން ހާމަވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާރޝިޕް 6 ދަރިވަރަކަށް ވަނީ ލިބިފަ އެވެ. އަދި 79 ދަރިވަރަކަށް ހައި އެޗީވަރސް ސްކޮލާރޝިޕް ވަނީ ލިބިފައެވެ.

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖާގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލާރޝިޕަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ދެވޭ ވަރަށް ޚާއްސަ ސްކޮލާރޝިޕެކެވެ. މިއީ ދައުލަތުން ޚަރަދުކުރައްވައިގެން ދެއްވާ އެންމެ ޝަރަފްވެރި ސްކޮލާރޝިޕެވެ.

މި ސްކޮލާރޝިޕް ހޯދުމުގެ ފުރުސަތު ލިބެނީ ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ މަތީ ސާނަވީ އިމްތިހާން ނިންމާ ދަރިވަރުންގެ ތެރެއިން، ސްކޫލް މަދަރުސާގައި ކިޔަވައިދިން އޭލެވެލްގެ 3 މާއްދާއިންނާއި އެޗްއެސްސީ އިމްތިހާނުގެ އިސްލާމާއި ދިވެހި މާއްދާއާއެކު 5 މާއްދާއިން އޭ ސްޓާރ ހޯދާ ދަރިވަރުންނަށާއި، ޝަހާދާ ސާނަވިއްޔާ އިމްތިހާނުން "އިމްތިޔާޒު"ގެ ދަރަޖާގައި ފާސްވާ ދަރިވަރުންނަށެވެ. އެއީ އެދަރިވަރަކު އޯލެވެލްގެ އިނގިރޭސީން ދަށްވެގެން ސީ ފާސް ނުވަތަ އެފެންވަރުގެ އެހެން ފާހެއް ހާސިލްކޮށްފައިވާނަމައެވެ.

މި ސްކޮލާރޝިޕް މިފަހަރު ލިބުނު 6 ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.ސީ)ގެ 5 ދަރިވަރުންނާއި، ކުޅުދުއްފުށީ ސިޓީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރެކެވެ. މި ސްކޮލާރޝިޕްގެ ފުރުސަތު ކާމިޔާބުކުރާ ކޮންމެ ދަރިވަރަކަށް އެދަރިވަރަކު އިޚްތިޔާރުކުރާ، ގައުމެއްކަމަށް ދިވެހިރާއްޖެ ގަބޫލުކުރާ ކޮންމެ ގައުމެއްގެ، ކޮންމެ ޔުނިވަރސިޓީއަކުން، އަދި ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ޚަރަދު ހަމަޖައްސައިދޭނެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު