Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމްއެންޔޫއެސްޔޫ ވީއެފްއޭ ހަޔަރ އެޑިޔުކޭޝަން ވޮލީ

އެމްއެންޔޫއެސްޔޫއިން އިންތިޒާމުކޮށްގެން ހަޔަރ އެޑިޔުކޭޝަނަށް ވޮލީ މުބާރާތެއް ބާއްވަނީ

މުބާރާތް ބާއްވަނީ ވީއެފްއޭ އާއި ގުޅިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޖުލައި 2022 | އަންގާރަ 05:23
2019 ވަނަ އަހަރު އޮތް ވީއޭއެމް އިންޓަރ ކޮލެޖު / ޔުނިވަރސިޓީ ވޮލީ މުބާރާތުގެ ތެރެއިން

2019 ވަނަ އަހަރު އޮތް ވީއޭއެމް އިންޓަރ ކޮލެޖު / ޔުނިވަރސިޓީ ވޮލީ މުބާރާތުގެ ތެރެއިން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ހަޔަރ އެޑިޔުކޭޝަން ވޮލީބޯޅަ މުބާރާތެއް ބާއްވަން ނިންމައި އިއުލާންކޮށްފިއެވެ.

މި މުބާރާތަކީ އެމްއެންޔޫއެސްޔޫ އާއި ވޮލީބޯލް ފެމިލީ އެސޯސިއޭޝަން (ވީއޭއެފް)އާ ގުޅިގެން ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ރާއްޖޭގެ ކޮލެޖު، ޔުނިވަރސިޓީ އަދި ހައި ސްކޫލްތަަކަށް ބައިވެރިވެވޭނެއެވެ. އަންހެން އަދި ފިރިހެން ދެ ޖިންސުގެ މެދުގައި ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށް ދާނީ އަންނަ އޯގަސްޓު މަހުގެ 25 ން 31 ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުން ގަޑިއަކީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ 18:00 ގެ ކުރިންނެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އެ ޖަމިއްޔާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެމްއެންޔޫއެސްޔޫ އިން ބުނެއެވެ.

މުބާރާތުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ވޮލީބޯޅައިގެ ޤަވާއިދަށް ދަރިވަރުން އަހުލުވެރިކޮށް، ވޮލީގެ ފޯރި އިތުރުކުރުން ކަމަށް އެމްއެންޔޫއެސްޔޫ އިން ބުނެއެވެ. މުބާރާތް ކުރިއަށް ގެންދިޔަމަށް އެމްއެންޔޫއެސްޔޫއިން ވަނީ 8 މެމްބަރުންގެ މައްޗަށް އެކުލެވޭ ހިންގާ ކޮމެޓީއެއް އެކުލަވާލާފައެވެ. މީގެ އިތުރުން މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީގެ ގޮތުގައި ވަނީ ފަސް މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލާފައެވެ.

އެމްއެންޔޫއެސްޔޫ އިން އިންތިޒާމުކުރާ މި މުބާރާތުގައި ބައިވެރިވެވޭނީ ކޮލެޖު، ޔުނިވަރސިޓީ އަދި ހައި ސްކޫލްތަކުގައި 2022 ވަނަ ައަހަރު ރެޖިސްޓަރވެގެން ކިޔަވަމުންދާ ކުދިންނަށެވެ. އަދި މުބާރާތުގައި ކުޅެވޭނެ އުމުރަކީ އޯގަސްޓު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް 28 އަހަރު ނުފުރޭ ކުޅުންތެރިންނަށެވެ.

މުބާރާތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މުބާރާތުގެ ހިންގާ ކޮމެޓީގެ ރައީސް އަދި އެމްއެންޔޫއެސްޔޫގެ ނައިބު ރައީސް ސުޢައިދު ޔޫނުސް ވިދާޅުވީ, މިއީ ކޮލެޖަކުން އިސް ނަގައިގެން ހަޔަރ އެޑިޔުކޭޝަނަށް ހުޅުވާލައިގެން ބޭއްވޭ ފުރަތަަމަ ވޮލީ މުބާރާތް ކަމަށެވެ. މީގެ އިތުރުން މުބާރާތުގެ އިދާރީ ހުރިހާ މަސައްކަތެއް ނިމި، މިހާރު އޮތީ ބައިވެރިވުމުގެ މަރުހަލާގައި ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ މި މުބާރާތަކީ ތަފާތު، ފޯރިގަދަ މުބާރާތަކަށް ވާނެ ކަމަށް އުންމީދު ކުރާކަމަށެވެ. އަދި ރާއްޖޭގެ ހަޔަރ އެޑިޔުކޭޝަންގައި ހިމެނޭ ހުރިހާ ކޮލެޖު، ޔުނިވަރސިޓީ އަދި ހައި ސްކޫލް ތަކުން މުބާރާތުގައި ބައިވެރިވާނެ ކަމަށް އުންމީދުކުރާކަމަށެވެ. ހަމައެހެންމެ މުބާރާތުގައި ޒުވާން ހުނަރުވެރި އެތައް ކުޅުންތެރިންތަކެއް ފެންނާނެކަން ޔަގީންކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު