Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑިބާލާ ހޯދުމަށް ރޯމާއިން މަސައްކަތް ކުރުން

ޑިބާލާ ހޯދުމަށް ރޯމާއިން ރަސްމީކޮށް ބިޑުކޮށްފި

18 ޖުލައި 2022 | ހޯމަ 03:57

ރޯމާއިން ހުށަހަޅާފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖުލައި 2022 | ހޯމަ 03:57
ޕައުލޯ ޑިބާލާ

ޕައުލޯ ޑިބާލާ

އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ ހޯދުމަށް އިޓާލިއަން ލީގުގެ ރޯމާއިން ރަސްމީކޮށް ބިޑު ހުށަހަޅައިފިއެވެ.

ނިމުނު ސީޒަނަށް ފަހު ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާ ޑިބާލާއަކީ ފްރީ އެޖެންޓެކެވެ. ޔުވެންޓަސްއާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ވަނީ ނިމުނު ޖޫން މަހުގެ ނިޔަލަށް ހަމަވެފައެވެ. އެއާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުލަބުތަކުން ވަނީ ފަށައިފައެވެ. އޭގެ ތެރޭގައި ރޯމާގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑު ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑިބާލާ ހޯދުމުގެ މަސައްކަތް ރޯމާއިން ކުރަނީ، އޭނާ އަކީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބޭނުންވާ ކުޅުންތެރިޔަކަށް ވުމުންނެވެ. ކުޅިވަރު ނޫސްވެރިޔާ ފެބްރިޒިއޯ ރޮމާނޯ ބުނި ގޮތުގައި ޑިބާލާ ހޯދުމަށް ރޯމާއިން ހުށަހެޅީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން ޑިބާލާ ރޯމާއަށް ބަދަލުވެއްޖެ ނަމަ، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ޓީމުގައި މަޑު ކުރާނެއެވެ. މީގެ އިތުރުން ރޯމާއިން ހުށަހެޅި އެއްބަސްވުމުގައިވާ ގޮތުން، ޑިބާލާއަށް މުސާރައިގެ ގޮތުގައި އަހަރަކު ހަ މިލިއަން ޔޫރޯ ލިބޭނެއެވެ. ރޯމާއިން ހުށަހެޅި ބިޑާ މެދު ޑިބާލާ ވަރަށް އަވަހަށް ގޮތެއް ނިންމާނެއެވެ.

އާޖެންޓީނާގެ ކުލަބެއް ކަަމަށްވާ އިންސްޓިޓުޓޯއިން 2011 ވަނަ އަހަރު ސީނިއަރ ކެރިއަރު ފެށި 28 އަހަރުގެ ފޯވާޑް، އެ ޓީމު ދޫކޮށް 2012 ވަނަ އަހަރު ބަދަލުވީ އިޓަލީގެ ޕަލާމޯއަށެވެ. އެ ޓީމަށް ތިން އަހަރު ދުވަހު ކުޅުމަށްފަހު، ޑިބާލާ ދެން ބަދަލުވީ އޭނާގެ އެންމެ ފަހުގެ ކުލަބް ޔުވެންޓަސްއަށެވެ. ޔުވެންޓަސްއަށް ކުޅެދިން ހަތް އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ޓީމަށް 293 މެޗު ކުޅެދީ 115 ލަނޑު ޖަހާފައެވެ. މީގެ އިތުރުން ޑިބާލާ ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު، އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޔުވެންޓަސްއާއެކު 17-2016 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ރަނަރަޕްކަން ހޯދާފައެވެ.

އާޖެންޓީނާގެ ޤައުމީ ޓީމަށް 2015 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ޑިބާލާ ވަނީ ޤައުމީ ޓީމަށް 34 މެޗު ކުޅެދީ ތިން ލަނޑު ޖަހާފައެވެ. އާޖެންޓީނާއާއެކު އޭނާ ވަނީ ކޮންމެބޯލް ޔުއެފާ ކަޕް އޮފް ޗެމްޕިއަންސް ކާމިޔާބުކޮށްފައެވެ. އެއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަނުންނާއި ކޮޕަ އެމެރިކާގެ ޗެމްޕިއަނުން ވާދަކުރާ ސުޕަ ކަޕް މެޗެކެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް