Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން

ރާއްޖޭގެ އިގުތިސާދަށް ކުއްލި އިންގިލާބީ ބަދަލެއް ގެނައީ ފަތުރުވެރިކަމުން: ރައީސް

ފަތުރުވެރިކަމުގެ ސަބަބުން އިގުތިސާދީ އެހެނިހެން ދާއިރާތައް ފުޅާވެގެންދިޔަކަން ފާހަގަކުރެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 17 ޖުލައި 2022 | އާދީއްތަ 13:35
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ރާއްޖޭގެ އިގުތިސާދަށް ކުއްލި އިންގިލާބީ ބަދަލެއް އައީ ފަތުރުވެރިކަމުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި އާދީއްތަ ދުވަހު މަޓީން ބޭއްވި އެވޯޑް ހަފްލާ ޝަރަފުވެރިކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ކުރިން އިގުތިސާދީ ހަރަކާތްތައް ހިންގިނަމަވެސް، އިގުތިސާދަށް ކުއްލިއަކަށް ބޮޑު އިންގިލާބީ ބަދަލެއް އައީ ފަތުރުވެރިކަން ފެށުމުންކަމަށެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަން ފެށުމާއެކު ރާއްޖޭގައި ކުރިން ކުރަމުން އައި އިގުތިސާދީ ހަރަކާތްތަކަށް ވެސް ކުރިއެރުން ލިބިފައިވާކަމަށެވެ. އެގޮތުން، ދަނޑުވެރިކަމާއި މަސްވެރިކަމަށް އިތުރު މާރކެޓްތައް ލިބި، އިމާރާތްކުރުމުގެ ދާއިރާވެސް ފުޅާވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ފަތުރުވެރިކަން ފެށުމާއެކު، ރާއްޖޭގައި ކުރިން ނެތް އެތަކެއް ދާއިރާއަކުން ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ދިޔަކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ދާއިރާއާ ގުޅުނު ފަރާތްތަކުގެ ބުރަ މަސައްކަތުން، "މޯލްޑިވްސް" އަކީ މިއަދު މުޅި ދުނިޔޭގެ ފަތުރުވެރިކަމުގައި ބްރޭންޑެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ މިއަދު މި ދެކޭ ދުވަސްތަކަކީ ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނާއި އެ ދާއިރާ ތައާރަފުކުރުމުގައި އުޅުއްވި ބޭފުޅުންގެ މިންނެތް މަސައްކަތްކަމަށެވެ. އެހެންކަމުން ސަރުކާރު އޮތީ އެ ފަރާތްތަކާއެކު ކަމަށާއި، ސިނާއަތް ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރާއްޖޭގައި ފަތުރުވެރިކަން ތައާރަފު ކުރެއްވުމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމާއި ހުސައިން އަފީފާއި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަދި ޖޯޖް ކޯބިން ކުރެއްވި މަސައްކަތަށްޓަކައި އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ އެ ބޭފުޅުން ރާއްޖެއަށް ކުރެއްވި އަގުހުރި ޚިދުމަތެއް ކަމަށާއި، އެ ޚިދުމަތުގެ ހަގީގީ އަގު ވަޒަން ނުކުރެވޭނެ ކަމަށާއި، މުޅި ގައުމު މިވަނީ އެ ބޭފުޅުންގެ ޚިދުމަތަށް ދަރަނިވެރިވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރާއްޖޭގެ ފަތުރުވެރިކަންދިވެހި ފަތުުރުވެރިކަމުގެ ރަންޔޫބީލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
01 ނޮވެމްބަރު 2025

ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

01 ނޮވެމްބަރު 2025
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު