Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިލްވާނާއި ޔާމީނުގެ މައްސަލަ

މަރު ކޮމިޝަނަށް އަހަނދު ހާޒިރުކޮށް ސުވާލުކޮށްފި

17 ޖުލައި 2022 | އާދީއްތަ 09:12

3 މީހުން ހައްޔަރު ކޮށްފައިވަނީ 26 ޖޫން 2022 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖުލައި 2022 | އާދީއްތަ 09:12
ރިލްވާނުގެ މަރާއި ގުޅިގެން ހައްޔަރު ކުރި އަހުމަދު އިސްމާއިލް

ރިލްވާނުގެ މަރާއި ގުޅިގެން ހައްޔަރު ކުރި އަހުމަދު އިސްމާއިލް

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އާއި ޔާމީން ރަޝީދުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަހުމަދު އިސްމާއިލް (އަހަނދު) ގެ ބަޔާން ނެގުމުގެ މަސައްކަތް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަން (މަރު ކޮމިޝަނުން) ކުރިއަށް ގެންގޮސްފިއެވެ.

މަރު ކޮމިޝަނަށް އަހަނދު ހާޒިރު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 15:00 ގައެވެ. މަރު ކޮމިޝަނުން ވަނީ އޭނާގެ ވަކީލުންގެ ހާޒިރުގައި ތަހުގީގަށް ބޭނުންވާ ސުވާލުތައް އޭނާއާ ކޮށްފައެވެ.

Advertisement - newsAdvertisement

އޭގެ އިތުރުންވެސް މި މައްސަލައިގައި ދެމީހަކު ހައްޔަރުކުރިއެވެ. އެއީ އިސްމާއިލް އަބްދުލްރަހީމް (އިސޫ)އާއި، އަހުމަދުމުއާޒް (ގަޓުމުއާ) އެވެ. އެ ދެމީހުންވެސް މަރު ކޮމިޝަނަށް ހާޒިރުކޮށް ތަހުގީގަށް ބޭނުންވާ ސުވާލުތައް ވަނީ ކޮށްފައެވެ. އެގޮތުން މުއާޒް ހާޒިރު ކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަދި އިސޫ ހާޒިރު ކޮށްފައިވަނީ ހުކުރު ދުވަހުއެވެ.

އެ 3 މީހުން ހައްޔަރު ކޮށްފައިވަނީ 26 ޖޫން 2022 ގައެވެ. އަދި 3 މީހުންވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ފުލުހުން ބުނާ ގޮތުގައި އެ 3 މީހުން ހައްޔަރުކޮށްފައިވަނީ ރިލްވާނާއި ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި، އެކަމަށް މަގުފަހި ކުރުވުމަށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭތީއެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުޤީޤު މަރު ކޮމިޝަނުން އެއްކޮށް ނިންމައި، މިއަހަރު މެދުތެރޭގައި ރައީސަށް ހުށައަޅުއްވާނެކަމުގެ ޔަޤީންކަން މަރު ކޮމިޝަނުން ވަނީ ދީފައެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް ކޮމިޝަންގެ ފަރާތުން 200އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށްފައިވެއެވެ. އަދި ބޭރުގެ ފައިނޭންޝަލް އެކްސްޕަރޓެއްގެ އެހީގައި މާލީ މުއާމަލާތްތައް އެނަލައިޒް ކޮށްފައިވެއެވެ.

މަރު ކޮމިޝަން އުފައްދާފައިވަނީ 2018 ވަނަ އަހަރުއެވެ. ކޮމިޝަން އުފެއްދި ފަހުން މިހާތަނަށް ކޮމިޝަނުގެ މަސައްކަތް އުއްމީދުކުރެއްވި މިންވަރަށްވުރެ މާ ބޮޑުތަން ލަސްކަމަށް ރައީސް ސޯލިހުވެސް ވިދާޅުވާއިރު، ދައުލަތުން އެތައް ޚަރަދެއް ކޮށްގެން ހިންގާ މި ކޮމިޝަނުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ނޭނގުމަކީވެސް ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ.

އެގޮތުން އަހަރުން އަހަރަށް އެތައް މިލިއަން ރުފިޔާއެއް ދައުލަތުން އެ ކޮމިޝަނަށް ޚަރަދު ކުރެއެވެ.

ރިލްވާނު ގެއްލުވާލިތާ 7 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އަދިވެސް އެކަމުގެ ފަހަތުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވިފައެއް ނުވެއެވެ. ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށް ކޮމިޝަނުން ބުނިތާވެސް ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފިއެވެ.

އަދި މިހާތަނަށް އެކަމުގައި އެޅުނު ފިޔަވަޅެއް، ހޯދުނު ކުރިއެރުމެއް އޮތް ކަމަކަށް ނުފެނެއެވެ. ނަމަވެސް އޭރު ކޮމިޝަނުން ބުނަމުން ގޮސްފައިވަނީ، ފޮރިންސިކް އެނަލައިސިސް ރިޕޯޓާއި، ފައިނަލް ރިޕޯޓުން މަރާލުމަށް ފައިސާދިން ވިޔަފާރިތަކުގެ މައުލޫމާތާއި، އެ މައްސަލައިގެ ޝާމިލްވާ ހުރިހާ ފަރާތްތަކާއި، ހުރިހާ މައުލޫމާތެއް އެނގިގެންދާނެ ކަމަށެވެ. އެ ފަހުންވެސް އެތައް ދުވަސްތަކެއް ވޭތުވެގެން ދިޔައީއެވެ.

މަރު ކޮމިޝަންމަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

22 މެއި 2024

މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި

22 މެއި 2024
މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި
14 މެއި 2024

ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި

14 މެއި 2024
ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި
14 މެއި 2024

މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި

14 މެއި 2024
މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި
28 ނޮވެމްބަރު 2023

ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި

28 ނޮވެމްބަރު 2023
ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި
22 ނޮވެމްބަރު 2023

އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި

22 ނޮވެމްބަރު 2023
އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި
22 ޖޫން 2023

ޔާމީނާއި ރިލުވާންގެ މައްސަލަ: އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

22 ޖޫން 2023
ޔާމީނާއި ރިލުވާންގެ މައްސަލަ: އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި
16 ޑިސެމްބަރު 2022

ރިޟްވާންގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމުގައި ބައިވެރިވި ފަނޑިޔާރުންނާއި ސިޔާސީ މީހުންގެ ނަން ކޮމިޝަންގެ ރިޕޯޓުގައި ހިމެނޭ

16 ޑިސެމްބަރު 2022
ރިޟްވާންގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމުގައި ބައިވެރިވި ފަނޑިޔާރުންނާއި ސިޔާސީ މީހުންގެ ނަން ކޮމިޝަންގެ ރިޕޯޓުގައި ހިމެނޭ
16 ޑިސެމްބަރު 2022

ރިޟްވާންގެ މަރު ފުލުހުންނަށް ހުއްޓުވެން އޮތް - ރިޕޯޓް

16 ޑިސެމްބަރު 2022
ރިޟްވާންގެ މަރު ފުލުހުންނަށް ހުއްޓުވެން އޮތް - ރިޕޯޓް
16 ޑިސެމްބަރު 2022

"ރިޕޯޓުގައި ހިމެނޭ ކަންކަމާއި ގުޅިގެން ފިޔަވަޅުތައް އަޅާނެ"

16 ޑިސެމްބަރު 2022
"ރިޕޯޓުގައި ހިމެނޭ ކަންކަމާއި ގުޅިގެން ފިޔަވަޅުތައް އަޅާނެ"
16 ޑިސެމްބަރު 2022

ރިޟްވާނުގެ މަރުގެ މައްސަލަ: ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ރައީސް ޔާމީނާއެކު ރަސްމީ ހަރަކާތްތަކުގައި

16 ޑިސެމްބަރު 2022
ރިޟްވާނުގެ މަރުގެ މައްސަލަ: ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ރައީސް ޔާމީނާއެކު ރަސްމީ ހަރަކާތްތަކުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް