Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސިލްވާގެ ކުރިމަގު

މެންޗެސްޓަރ ސިޓީން ސިލްވާ ހިފަހައްޓަނީ!

ސިލްވާ އަކީ ގާޑިއޯލާގެ ޕްލޭންގައި ހިމެނޭ މުހިންމު ކުޅުންތެރިޔެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޖުލައި 2022 | އާދީއްތަ 05:17
ބެނާޑޯ ސިލްވާ

ބެނާޑޯ ސިލްވާ

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ އެޓޭކިން މިޑްފީލްޑަރު ބެނާޑޯ ސިލްވާ ބާސެލޯނާއަށް ދޫކުރަން އެ ޓީމުން ބޭނުންނުވާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފިއެވެ.

ބާސާއިން އަންނަނީ ސިލްވާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ސިލްވާއާ ގުޅޭ ގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މީގެ ކުރިން ބުނީ ސިޓީގައި ހުންނަން އޭނާ ބޭނުންނުވާނަމަ، އެ ޓީމުން އޭނާ ދޫކޮށްލާނެ ކަމަށެވެ. ބާސާއިން ސިލްވާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެޓީމުން އޭނާގެ ޑީލް ކާމިޔާބުކުރުމަކީ ގާތް ކަމެއް ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މޮނާކޯ ދޫކޮށް 2017 ވަނަ އަހަރު ސިޓީއަށް ބަދަލުވި ސިލްވާ އަކީ އެ ޓީމުގެ ކޮންޓްރެކްޓުގެ ދަށުގައި ހުރި ކުޅުންތެރިޔެކެވެ. ސިޓީއާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އެބަ އޮތެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ސިލްވާ އަކީ ކޯޗު ގާޑިއޯލާގެ ޕްލޭންގައި ހިމެނޭ މުހިންމު ކުޅުންތެރިޔެކެވެ. އެހެންކަމުން ސިޓީން އޭނާ ދޫކޮށްލުމުގެ ވިސްނުން މިހާރު ނުގެންގުޅޭ ކަމަށެވެ. ސިލްވާ ގެންދަން ބޭނުންވާނަމަ، އޭނާގެ ރިލީޒް ކްލޯސްގެ ގޮތުގައި 80 މިލިއަން ޔޫރޯއަށް ސިޓީން ޑިމާންޑު ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސިޓީން މިހާރު ވަނީ ފަރިތަކުރުންތައް ފަށައި، އެމެރިކާއަށް ޓުއަރ ދަތުރެއް ކޮށްފައެވެ. އެ ދަތުރުގައި ސިލްވާ ވަނީ ޓީމުގައި ބައިވެރިވެފައެވެ.

ސިޓީއަށް ބަދަލުވެ އެ ޓީމުގައި ހޭދަކުރި ފަސް އަހަރުގެ ތެރޭގައި ސިލްވާ ވަނީ އެ ޓީމަށް ކުޅެދިން 251 މެޗުގައި 48 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ސިޓީއާއެކު އިނގިރޭސި ޕްރިމިއަރ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ސިޓީއާއެކު 21-2020 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެފައެވެ.

މެންޗެސްޓަރ ސިޓީބެނާޑޯ ސިލްވާ

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު