Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބޮޑީބިލްޑިންގ

54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ރައީސް ހުޅުއްވައިދެއްވައިފި

މި މުބާރާތް ކުރިޔަށްދާނީ މި ހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށީގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 ޖުލައި 2022 | އާދީއްތަ 01:46
އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވަނީ

އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ.

އެމަނިކުފާނު މި ޗެންޕިއަންޝިޕް ރަސްމީކޮށް ހުޅުއްވައިދެއްވާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ މިކަމަށްޓަކައި މާލެއަތޮޅު މާފުށީގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

Advertisement - newsAdvertisement

54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާއިރު، މި މުބާރާތް އިންތިޒާމްކޮށްފައި ވަނީ ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ގުޅިގެންނެވެ. އަދި، މި މުބާރާތް ކުރިޔަށްދާނީ މި ހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށީގައެވެ. ބައިނަލްއަޤްވާމީ މި މުބާރާތަކީ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ 54 ވަނަ އެޑިޝަންއެވެ. މިފަހަރުގެ މުބާރާތުގައި 24 ޤައުމަކުން 400 އަށް ވުރެ ގިނަ އެތްލީޓުންނާއި، އޮފިޝަލުން ބައިވެރިވެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހުޅުއްވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގައި ބޮޑީބިލްޑިންގ ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަން (އޭ.ބީ.ބީ.އެފް) ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާނީ ފިލައެއް ވެދުމަަށް އަރުވާފައެވެ.

ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ.

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)ކުޅިވަރާ ބެހޭ ވުޒާރާއަހުމަދު މަޚްލޫފްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު