Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖޯ ބައިޑަން ސައުދީއަށް ވަޑައިގަތުން

ޖޯ ބައިޑަން ސައުދީއަށް، ވަލީއަހުދްއާއި ބައްދަލު ކުރެއްވި ގޮތުން ފާޑުކިޔުން!

16 ޖުލައި 2022 | ހޮނިހިރު 00:39

ބައިޑަން ވަނީ މުޙައްމަދު ބިން ސަލްމާން އަށް ވަރަށް ގިނަ ފަހަރު ފާޑު ވިދާޅުވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 ޖުލައި 2022 | ހޮނިހިރު 00:39
ޖޯ ބައިޑެން ސައުދިގެ ވަލީއަހުދް އާއި ބައްދަލު ކުރައްވަނީ

ޖޯ ބައިޑެން ސައުދިގެ ވަލީއަހުދް އާއި ބައްދަލު ކުރައްވަނީ

މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ސައުދީއަރަބިއްޔާއަށް ވަޑައިގަންނަވައިފިއެވެ.

އެ މަނިކުފާނު ސައުދީއަށް ވަޑައިގެންނެވީ ހުކުރު ދުވަހުއެވެ. ޖިއްދާއިން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ މައްކާ ޕްރޮވިންސްގެ ގަވަރުނަރ ޕްރިންސް ޚާލިދު އަލް ފައިސަލްއެވެ.

އެމެރިކާގެ ރައީސް ސައުދީއަށް ވަޑައިގެން ހަކަތަ ސަޕްލައި ކުރުމާއި އިންސާނީ ޙައްގުތަކާއި ސެކިއުރިޓީއާއި ގުޅުންހުރި ކަންކަމާ ބެހޭ ގޮތުން އެ ޤައުމުގެ ސަރުކާރާ މަޝްވަރާ ކުރައްވާނެއެވެ. އަދި މިއީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ރޮއިޓަރސް އިން ރިޕޯޓް ކުރެއެވެ.

ޖޯބައިޑަން ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިންވެސް ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާއި ގުޅޭގޮތުން އެތައް ފަހަރަކު ނުރުހުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެއީ ވޮޝިންގޓަން ޕޯސްޓްގެ ލިއުންތެރިޔާ ޖަމާލް ޚަޝޯގީގެ މަރާއި މުޙައްމަދު ބިން ސަލްމާންއާއި ގުޅުމެއް އޮތްކަމަށް ދެކެވޭ ވާހަކަތަކަށް ތާއީދު ކުރައްވައެވެ.

ބައިޑަންގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސައުދީގެ ރަސްގެފާނު ސަލްމާން އާއި ދަރިކަލުން މުޙައްމަދު ބިން ސަލްމާން އާއި ވެސް ބައްދަލު ކުރައްވާފައެވެ. ޖިއްދާގައި ސައުދީގެ ރަސްގެފާނާއެކު ބޭއްވެވި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ކިންގ ސަލަމާން އާއި ބައްދަލު ކުރެއްވުމުގެ ކުރިން ބައިޑަން ބައްދަލް ކުރެއްވީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާއިއެވެ. އެ ދެ ބޭފުޅުން ބައްދަލު ކުރެއްވި ގޮތާ ގުޅިގެން ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އެގޮތުން، މުޙައްމަދު ބިން ސަލްމާން އަށް ފާޑުވިދާޅުވި ރައީސަކު އެމަނިކުފާނާ "ފިސްޓް ބަމްޕް" ކުރުމުން ގިނަ ބަޔަކަށް އެކަން ގަބޫލެއް ނުކުރެވުނެވެ.

ވަލީއަހުދް އާއިއެކު ބޭއްވި ބައްދަލުވުމުގައި ޚަޝޯގީގެ މަރާ ގުޅޭގޮތުން ވާހަކަދެއްކެވި ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ. އޭޕީ ނިއުސް ގައި އިންސާނީ ޙައްގުތަކަކީ އަބަދުވެސް އިސްކަން ދެއްވާނެ ކަމެއްކަމަށާއި އެފަދަ މައްސަލަތަކުގައި އެމެރިކާގެ ރައީސަކު ހަނު ނުހުންނަވާނެ ކަމަށް ބައިޑަން ވިދާޅުވި ކަމަށް އެމަނިކުފާނާ ހަވާލާދީ ވަނީ ބުނެފައެވެ.

ޚަޝޯގީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އެންގެވުމަށްކަމަށް ރިޕޯޓްތައް ބުނި ނަމަވެސް އެމަނިކުފާނު ވަނީ އެކަން ދޮގުކުރައްވާފައެވެ.

ޖޯ ބައިޑަންސައޫދީ އަރަބިއްޔާސައުދި އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
20 ނޮވެމްބަރު 2025

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި
19 ނޮވެމްބަރު 2025

ނޫސްވެރިޔާ ޚަޝޯގީ މަރާލުމަކީ 'ގޯހެއް' ކަމަށް އެމެރިކާ ދަތުރުފުޅުގައި ސައުދީ ވަލީ އަހުދު ވިދާޅުވެއްޖެ

19 ނޮވެމްބަރު 2025
ނޫސްވެރިޔާ ޚަޝޯގީ މަރާލުމަކީ 'ގޯހެއް' ކަމަށް އެމެރިކާ ދަތުރުފުޅުގައި ސައުދީ ވަލީ އަހުދު ވިދާޅުވެއްޖެ
18 ނޮވެމްބަރު 2025

ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

18 ނޮވެމްބަރު 2025
ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
17 ނޮވެމްބަރު 2025

ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ

17 ނޮވެމްބަރު 2025
ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ
15 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އިން ބައިވަރު އެފް-35 ފައިޓަރ ޖެޓް ގަންނަން ބޭނުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

15 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އިން ބައިވަރު އެފް-35 ފައިޓަރ ޖެޓް ގަންނަން ބޭނުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
05 ނޮވެމްބަރު 2025

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"
05 ނޮވެމްބަރު 2025

ސިޔާސީ ޙަރަކާތްތަކާ ދުރުގައި ހުންނެވި ބައިޑަން ފެނުނީ ރެސްޓޯރެންޓެއް ގައި ފަރިއްކުޅުވަން އިންނަވަނިކޮށް

05 ނޮވެމްބަރު 2025
ސިޔާސީ ޙަރަކާތްތަކާ ދުރުގައި ހުންނެވި ބައިޑަން ފެނުނީ ރެސްޓޯރެންޓެއް ގައި ފަރިއްކުޅުވަން އިންނަވަނިކޮށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް