Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލްމްގިރް ހައްޔަރުކުރުން

އަލަމްގިރް ހައްޔަރުކުރީ އެއްޖިއްސުން ގުޅުންހިންގުމާއި ބްލެކްމެއިލިންގގެ މައްސަލައިގައި: ފުލުހުން

14 ޖުލައި 2022 | ބުރާސްފަތި 13:08

އަލަމްގިރް ހައްޔަރުކުރީ 12 ޖުލައިގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 ޖުލައި 2022 | ބުރާސްފަތި 13:08
އަލަމްގިރް

އަލަމްގިރް

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރް ހައްޔަރުކުރީ އެއްޖިންސުން ގުޅުން ހިންގުމާއި ބްލެކްމެއިލްކުރުމުގެ މައްސަލައިގައިކަމަށް ފުލުހުން ބުނެފިއެވެ.

"ރާއްޖެ އެމްވީ"އަށް ފުލުހުން ބުނީ، އަލަމްގިރް މިހާރު ހުރީ ފުލުހުންގެ ތަހުގީގަށް ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުގައިކަމަށެވެ. އަދި 2 މައްސަލައިގެވެސް ތަހުގީގު ކުރިއަށްދާކަމަށެވެ.

Advertisement - newsAdvertisement

އަލަމްގިރް ހައްޔަރުކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 3:35ހާއިރުއެވެ. އޭނާ ހައްޔަރުކުރީ ސިޔާސީ އެކި ފަރާތްތަކާއި ހައި-ޕްރޮފައިލް ފަރާތްތައް ހިމެނޭހެން، ބަޔަކާ އެއްޖިންސުން ގުޅުން ހިންގައި، ބަރަހަނާ ފޮޓޯއާއި ވީޑީއޯ ހުރިކަމަށްބުނެ، އެ ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަން ޑިމާންޑްކޮށް، ފައިސާ ނުދީފިނަމަ ވީޑިއޯ ލީކުކޮށްލާނެކަމަށް ބުނެ ބިރުދައްކައި އިންޒާރުދީ ބްލެކްމެއިލް ކޮށްފައިވާތީއާއި، އެ ވީޑިއޯއާއި ފޮޓޯ ސިޔާސީ އެކި ފަރާތްތަކަށް ވިއްކައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަން އުޅުނުކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކުރެވޭތީއެވެ. އަދި އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް އޭނާ ތަހުގީގަށް ދޭ މައުލޫމާތައް ބަލައި، މި މައްސަލަތަކުގައި ހިމެނޭ އިތުރު ފަރާތްތައްވެސް ހައްޔަރުކުރަމުން ގެންދާނެކަމަށެވެ.

އެއް ޖިންސުން ގުޅުންހިންގާ ވީޑިއޯތަކެއްގެ މައްސަލައިގައި ފުލުހުން ވަނީ އަލަމްގިރުގެ އިތުރުން އިތުރު ދެ މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފައެވެ. އެއީ ގާނޫނީ ވަކީލު ނާޒިމް ސައްތާރުއާއި ކާނަލް މުހައްމަދު ނަޝީދެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯގައި ފެންނަނީ އޭނާ ނޫންކަމަށް ނާޒިމް ސައްތާރު ފުރަތަމަ ބުނެފައިވެއެވެ. އެ ވީޑިއޯގައި ފެންނަނީ ނާޒިމްކަމަށް ބެލެވޭ މީހަކާއި އަލަމްގިރްކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރެވެ. ނާޒިމްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޮއެވެ.

ނާޒިމްގެ އިތުރުން ކާނަލް ނަޝީދުގެ އެފަދަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯއާ ގުޅިގެން ކާނަލް ވިދާޅުވެފައިވަނީ، އެ ވީޑިއޯއިން ފެންނަ ކޮޓަރިއަށް އޭނާ ވަޑައިގެންނެވި ކަމަށާއި، ނަމަވެސް އޭރު އެތަނަށް ވަޑައިގެންނެވީ ވިޔަފާރީގެ ބައްދަލުވުމަކަށް ކަމަށެވެ.

މި މައްސަލައިގައި ފުލުހަކުވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. އެއީ ފުލުހެއްކަމަށް ބެލެވޭ މީހާގެ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާއްމުވެފައިވަނިކޮށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް