Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ބޮޑުވަޒީރުގެ އޮފީހަށް އާންމުން ވަދެގަތުން

ކުއްލި ހާލަތު އިއުލާންކުރުމާއެކު އާންމުން ބޮޑުވަޒީރުގެ އޮފީހަށް ވަދެގަނެފި

މުޒާހަރާ ކުރަމުންދިޔަ މީހުން ފުލުހުންގެ ސަފުތައް ފޫޅޫއަޅުވާލާ، އޮފީހިގެ ބޭރު ފާރުމަތިން އަރައި އޮފީސްގެ ތެރެއަށް ވަދެގަނެފައިވާކަމަށް ރިޕޯޓުތައް ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 13 ޖުލައި 2022 | ބުދަ 08:47
ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ލަންކާގައި ކުއްލި ހާލަތު އިއުލާން ކުރުމާއެކު މުޒާހަރާކުރަމުންދިޔަ ރައްޔިތުން ބޮޑުވަޒީރުގެ އޮފީހަށް ވަދެގަނެފި

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ލަންކާގައި ކުއްލި ހާލަތު އިއުލާން ކުރުމާއެކު މުޒާހަރާކުރަމުންދިޔަ ރައްޔިތުން ބޮޑުވަޒީރުގެ އޮފީހަށް ވަދެގަނެފި

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ލަންކާގައި ކުއްލި ހާލަތު އިއުލާން ކުރުމާއެކު މުޒާހަރާކުރަމުންދިޔަ ރައްޔިތުން ބޮޑުވަޒީރުގެ އޮފީހަށް ވަދެގަނެފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ބުދަ ދުވަހު ބޮޑުވަޒީރުގެ އޮފީހަށް ވަދެގަނެފައެވެ.

ބުދަ ދުވަހު ރައީސް ކަމުގެ މަގާމުން ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާދެއްވާނެ ކަމަށް އިއުލާންކުރައްވާފައިވާއިރު، އިސްތިއުފާގެ ސިޓީ ހުށަނާޅުއްވައި ގޮތަބަޔާ ގައުމުން ފިއްލެވުމާއެކެ އާންމުން ވަނީ އިންތިހާއަށް ރުޅިގަދަވެފައެވެ. މިއާއެކު ބޮޑުވަޒީރުގެ އޮފީސް ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުންދިޔަ އިރު، މުޒާހަރާ ހޫނުވެ، މީހުން ހުއްޓުވުމަށް ފުލުހުން ކަރުނަ ގޭހާ، ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިކުރިމަތިލުންތަކުގެ ތެރޭގައި މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ބުދަ ދުވަހު ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ މުޅި ގައުމުގައި ކުއްލި ހާލަތު އިއުލާންކުރައްވާ، ހުޅަނގު ޕްރޮވިންސްގައި ކާފިއު އިއުލާންކުރައްވާ ވަގުތުން އެއަށް އަމުލުކުރަމަށް ވިދާޅުވެފައެވެ. މިއާއެކު ބޮޑުވަޒީރުގެ އޮފީސް ސަރަހައްދުގައި މުޒާހަރާ ކުރަމުންދިޔަ މީހުން ފުލުހުންގެ ސަފުތައް ފޫޅޫއަޅުވާލާ، އޮފީހިގެ ބޭރު ފާރުމަތިން އަރައި އޮފީސްގެ ތެރެއަށް ވަދެގަނެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ބުދަ ދުވަހު، ލަންކާގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ ވަނީ އެގައުމުގެ ވަގުތީ ރައީސް ކަމުގެ މަގާމު ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިކްރަމަސިންގހައަށް އަރުވާފައިވާ ކަމަށްވެސް އިއުލާން ކުރައްވާފައެވެ.

ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ރައީސް ގޮތަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާދެއްވާނެކަމަށް ވަނީ އިއުލާނުކުރައްވާފައެވެ. ބުދަ ދުވަހު އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީފުޅު މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާއަށް އަރުއްވާނެ ކަމަށް ވިދާޅުވެފައިވާއިރު، މިހާރު ރިޕޯޓުތައް ބުނާގޮތުން ގޮތަބަޔާގެ އިސްތިއުފާ ސިޓީފުޅު ހުށަހަޅުއްވާނީ އެމަނިކުފާނަށް ގައުމުން ބޭރުން، ރައްކާތެރި މަންޒިލަކަށް ދަތުރުކުރެވުމުންނެވެ. އެގޮތުން ގޮތަބަޔާގެ އިސްތިއުފާގެ ސިޓީފުޅު މަޖިލީހުގެ ރައީސަށް އަރުއްވާނީ ބުދަ ދުވަހުގެ ރޭ، 08:00 ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްރީލަންކާލަންކާގެ ސިޔާސީ މަސްރަހުސްރީލަންކާގެ އިގުތިސާދީ ކާރިސާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު