Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ

ލަންކާގެ ރައީސް ގޮތަބަޔާ އިސްތިއުފާގެ ސިޓީފުޅުގައި ސޮއިކުރައްވައިފި

ގޮތަބަޔާ އިސްތިއުފާދެއްވާނީ ބުދަ ދުވަހު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 12 ޖުލައި 2022 | އަންގާރަ 06:03
ގޮތަބަޔާ ރާޖަޕަކްސަ

ގޮތަބަޔާ ރާޖަޕަކްސަ

ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވަން ސިޓީފުޅުގައި ސޮއިކުރައްވައިފިއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އެ ސިޓީގައި އޮތްގޮތުން ރައީސް ގޮތަބަޔާ އިސްތިއުފާ ދެއްވާނީ ބުދަ ދުވަހުން ފެށިގެންނެވެ.

ގައުމުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވާނެކަމަށް ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ ރަސްމީކޮށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހައަށް ވެސް އަންގަވާފައެވެ.

ބުދަ ދުވަހު ރައީސް ގޮތަބަޔާގެ އިސްތިއުފާގެ ސިޓީފުޅު މަޖިލީހުގެ ރައީސަށް އަރުވާނެ ކަމަށާއި މި އަންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު ބާއްވާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ބުދަ ދުވަހު ރައީސް ގޮތަބަޔާ އިސްތިއުފާދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް ކުރިން އިއުލާނުކުރެއްވި ނަމަވެސް، އެކަމާ މެދު ބައެއް މީހުން އޭރު ދިޔައީ ސުވާލު އުފައްދަމުންނެވެ. އެހެން ނަމަވެސް ބޮޑުވަޒީރު ވިކްރަމަސިންގހަގެ އަރިހުގައި ރައީސް ގޮތަބަޔާ އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވުމާއެކު މިކަން ވަނީ ކަށަވަރުކުރެވިފައެވެ. މިއާއެކު އައު ރައީސަކު އައްޔަނުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ލަންކާގެ ނޫސްތަކުން ފާހަގަކުރެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ސަރުކާރުން ވިކްރަމަސިންގހަ ވަކިވެވަޑައިނުގަތް، ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްވެސް ހުށަހަޅުއްވާފައެވެ. އެގޮތުން އިގުތިސާދީ ކާރިސާ ހަމަޔަކަށް އެޅުމަށް ކުރެވޭ މަސައްކަތްތަކުގެ މެދުތެރެއިން ވިކްރަމަސިންގހަ މަގާމުން އިސްތިއުފާދެއްވުމާ ދެކޮޅަށް ބައެއް މަޖިލީސް މެމްބަރުން ވާހަކަދައްކަވާފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ވިކްރަމަސިންގހަ ވަނީ ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ގުޅިފައިވާ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް އެމަނިކުފާނު ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ހާއްސަކޮށް އައިއެމްއެފް އާއެކު އަދިވެސް މަޝްވަރާތައް ކުރެވެމުންދާތީ އެމަޝްވަރާތައް ކޮޅެއްގައި ނުޖެހެނީސް ބޮޑުވަޒީރުކަމުގެ މަގާމުން ވިކްރަމަސިންގހަ އިސްތިއުފާދެއްވަން ބޭނުން ނުވާކަމަށް ބައެއް ސިޔާސީ ލީޑަރުން ބުނަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

މަގާމުން އިސްތިއުފާނުދެއްވާ ވިކްރަމަސިންގހަ މަޑުކުރައްވައިފިނަމަ ދެން ގައުމުގެ ރައީސްކަމާއި ހަވާލުވެވަޑައިގަންނަވާ ބޭފުޅަކަށް ވާނީ ވިކްރަމަސިންގހައެވެ. އެހެން ނަމަވެސް ވިކްރަމަސިންގހަ ވެސް އިސްތިއުފާދެއްވައިފިނަމަ، 30 ދުވަހުގެ މުއްދަތަކަށް މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރުދަނާ ގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނެއެވެ. މިމުއްދަތުގެ ތެރޭގައި މަޖިލީހުން އައު ރައީސަކު އައްޔަނުކުރާނެއެވެ.  

އިދިކޮޅު ސިޔާސީ ލީޑަރު ސަޖިތު ޕްރެމަދާސާ ވަނީ ގައުމުގެ ރައީސް ކަމާ ހަވާލުވެވަޑައިގަންނަވަން ބޭނުންފުޅުވާކަމުގެ އިޝާރާތެއް ކުރައްވާފައި ކަމަށާއި ސަޖިތު ލަންކާގެ ރައީސްކަމާއި ހަވާލުވެވަޑައިގެންފިނަމަ، ބޮޑުވަޒީރުކަމަށް އައްޔަނުކުރައްވާނީ ދުލަސް އަލަހައްޕެރޫމާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް އަދި ސަޖިތުއަށް މަޖިލީހުގެ މެޖޯރިޓީގެ ތާއިދެއް ނުލިބެއެވެ. ރިޕޯޓުތައް ބުނާގޮތުން މަޖިލީހުގެ ބޮޑު ބައެއްގެ ތާއީދު އޮތީ ބޮޑުވަޒީރު ވިކްރަމަސިންގހައަށެވެ.

ގޮތަބަޔާ ރާޖަޕަކްސަސްރީލަންކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު