Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީލަންކާގެ ހަމަނުޖެހުން

ސްރީލަންކާގައި ތެޔޮވިއްކަން ފަށައިފި

މުޒާހަރާކުރި މީހުން ވަނީ ރިޔާސީ ގަނޑުވަރު ހިސޯރުކޮށްފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 11 ޖުލައި 2022 | ހޯމަ 14:49
ސްރީލަންކާގައި ކަރާސީނު ތެޔޮގަންނަން ކިއުހަދާފައި

ސްރީލަންކާގައި ކަރާސީނު ތެޔޮގަންނަން ކިއުހަދާފައި

ސްރީލަންކާގައި ކޮންޓްރޯލް ކޮށްގެން ނަމަވެސް ވެރިރަށް ކޮލޮމްބޯގެ ބައެއް ހިސާބުތަކުގައި ކަރާސީނުތެޔޮ، ޕެޓްރޯލް, އަދި ކައްކާ ގޭސް ވިއްކަން މިއަދު ފެށުމުން އާންމުންނަށް ކޮންމެވެސްވަރެއްގެ ހަމަޖެހުމުގެ ނޭވާއެއް ލެވިއްޖެކަމަށް ޚަބަރުލިބެއެވެ. މިއާއެކު، އިންތިޒާރުކޮށްކޮށް ވަރުބަލިވެފައިވާ އާންމު ރައްޔިތުންގެ ދިގުކިއުތައް ކޮލޮމްބޯގެ ތެޔޮއަޅާ ތަންތަންދޮށުގައި އަނެއްކާވެސް ވަނީ ދަމާލާފައެވެ. ނޫކުލައިގެ ހުސް ގޭސްފުޅިތައް ވަނީ ކޮޅާކޮޅު ނުފެންނަ ހިސާބަށް އަތުރާލާފައެވެ. ބައެއްމީހުން ބުނިގޮތުގައި ކައްކާ ގޭސް ނުލިބި ތިބޭތާ މިހާރު ހަތަރު މަސްދުވަސް ވެއްޖެއެވެ. އަދި ގިނައިރުތަކެއްވަންދެން ކިއުގައި މަޑުކޮށްގެންވެސް ކަރާސީނުފޮދެއްވެސް ނުލިބޭތީ ކަންބޮޑުވާކަމަށް އެމީހުން ބުނެފައިވެއެވެ.

ސްރީލަންކާއަށް ތެލުގެ ކޮންމެވެސް ވަރެއްގެ ސްޓޮކެއްލިބި، ކުޑަލުޔެއް ލިބިފައިމިވަނީ ރަށުތެރެ ވަރަށް ބޮޑަށްހަލަބޮލިވެ، ހަމަނުޖެހުން ބޮޑު ހަފުތާއެއްހާ ދުވަހަށްފަހުއެވެ. ކާބޯތަކެތި ދަތިވެ އެންމެ ޒަރޫރީ ތަކެތީގެވެސް އަގުބޮވަމުން ދިއުމާއެކު ސަރުކާރާމެދު ހިތްހަމަ ނުޖެހި ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި ނުކުތް އާންމު ރައްޔިތުންގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ރިޔާސީ ގަނޑުވަރަށް ވަދެ އެތަން ހިސޯރުކޮށްފައެވެ. އަދި ރައީސް އިސްތިއުފާނުދެއްވަނީސް އެތަނުން ނުނުކުންނާނެ ކަމަށް ދިޔައީ ބުނަމުންނެވެ. އެއަށް ފަހު ރައީސް ގޮތަބަޔާ ރާޖަޕަކްސަ މިހާރުވަނީ އިސްތިއުފާދެއްވާނެކަމަށް ވިދާޅުވެފައެވެ.

މުޒާހަރާކުރި މީހުން ވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންގހަގެ ޕްރައިވެޓް ރެސިޑެންސްގައި ހުޅުވެސް ޖަހާފައެވެ.

ސްރީލަންކާއަށް މިވަގުތު ކުރިމަތިވެފައި މިވަނީ އެގައުމަށް މިނިވަންކަން ލިބުނު ފަހުން ކުރިމަތިވި އެންމެ ބޮޑު ތަދުމަޑުކަން ކަމަށް ރިޕޯޓްތައް ބުނެއެވެ.  

ސްރީލަންކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު