Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަސްކަ

މަގާމުން އިސްތިއުފާދެއްވާނެ ކަމަށް ގޮތަބަޔާ ރަސްމީކޮށް ބޮޑުވަޒީރަށް އަންގަވައިފި

މާޗު މަސް ނިމުމުގެ ކުރިން ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު ބާއްވާނެ ކަމަށްވެސް ހަބަރުތައް ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 11 ޖުލައި 2022 | ހޯމަ 09:39
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ

ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ

ގައުމުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވާނެކަމަށް ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ރަސްމީކޮށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހައަށް އަންގަވައިފިއެވެ.

ރައީސް ގޮތަބަޔާ ބޮޑުވަޒީރަށް މިކަން ރަސްމީކޮށް އެންގެވުމުގެ ކުރިން، މިހަފުތާގެ ބުދަ ދުވަހު ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވާނެ ކަމަށް ލަންކާގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރުދަނާ ވަނީ ވިދާޅުވެފައެވެ.

ބުދަ ދުވަހު ރައީސް ގޮތަބަޔާގެ އިސްތިއުފާގެ ސިޓީ މަޖިލީހުގެ ރައީސަށް އަރުވާނެ ކަމަށާއި މި އަންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު ބާއްވާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ބުދަ ދުވަހު ގޮތަބަޔާ އިސްތިއުފާދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް އިއުލާނުކުރެއްވި ނަމަވެސް އެކަމާ މެދު ބައެއް މީހުން ދިޔައީ ސުވާލު އުފައްދަމުންނެވެ. އެހެން ނަމަވެސް ބޮޑުވަޒީރު ވިކްރަމަސިންގހަގެ އަރިހު ރައީސް ގޮތަބަޔާ އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވުމާއެކު މިކަން ވަނީ މިހާރު ކަށަވަރުކުރެވިފައެވެ. މިއާއެކު އައު ރައީސަކު އައްޔަނުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ލަންކާގެ ނޫސްތަކުން ފާހަގަކުރެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ސަރުކާރުން ވިކްރަމަސިންގހަ ވަކިވެވަޑައި ނުގަތް، ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްވެސް ހުށަހަޅާފައެވެ. އެގޮތުން އިގުތިސާދީ ކާރިސާ ހަމަޔަކަށް އެޅުމަށް ކުރެވޭ މަސައްކަތްތަކުގެ މެދުތެރެއިން ވިކްރަމަސިންގހަ މަގާމުން އިސްތިއުފާދެއްވުމާ ދެކޮޅަށް ބައެއް މަޖިލީސް މެމްބަރުން ވާހަކަދައްކަވާފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ވިކްރަމަސިންގހަ ވަނީ ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ގުޅިފައިވާ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް އެމަނިކުފާނު ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ހާއްސަކޮށް އައިއެމްއެފް އާއެކު އަދިވެސް މަޝްވަރާތައް ކުރެވެމުންދާތީ އެމަޝްވަރާތައް ކޮޅެއްގައި ނުޖެހެނީސް ބޮޑުވަޒީރުކަމުގެ މަގާމުން ވިކްރަމަސިންގހަ އިސްތިއުފާދެއްވަން ބޭނުން ނުވާކަމަށް ބައެއް ސިޔާސީ ލީޑަރުން ބުނަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

މަގާމުން އިސްތިއުފާނުދެއްވާ ވިކްރަމަސިންގހަ މަޑުކުރައްވައިފިނަމަ ދެން ގައުމުގެ ރައީސް ކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކަށް ވާނީ ވިކްރަމަސިންގހައެވެ. އެހެން ނަމަވެސް ވިކްރަމަސިންގހަ ވެސް އިސްތިއުފާދެއްވައިފިނަމަ، 30 ދުވަހުގެ މުއްދަތަކަށް މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރުދަނާ ގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނެއެވެ. މިމުއްދަތުގެ ތެރޭގައި މަޖިލީހުން އައު ރައީސަކު އައްޔަނުކުރާނެއެވެ.  

އިދިކޮޅު ސިޔާސީ ލީޑަރު ސަޖިތު ޕްރެމަދާސާ ވަނީ ގައުމުގެ ރައީސް ކަމާ ހަވާލުވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމުގެ އިޝާރާތެއް ކުރައްވާފައި ކަމަށާއި ސަޖިތު ލަންކާގެ ރައީސް ކަމާއި ހަވާލުވެވަޑައިގެންފިނަމަ، ބޮޑުވަޒީރުކަމަށް އައްޔަނުކުރައްވާނީ ދުލަސް އަލަހައްޕެރޫމާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް އަދި ސަޖިތުއަށް މަޖިލީހުގެ މެޖޯރިޓީގެ ތާއިދެއް ނުލިބެއެވެ. ރިޕޯޓުތައް ބުނާގޮތުން މަޖިލީހުގެ ބޮޑު ބައެއްގެ ތާއީދު އޮތީ ބޮޑުވަޒީރު ވިކްރަމަސިންގހައަށެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާލަންކާގެ ސިޔާސީ މަސްރަހު

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު