Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުތިމަރަފުއްޓާއި މަޑަވެއްޔަށް އުދައެރުމުގެ ސަބަބުން

އުދަ އެރިތާ ހަފްތާއެއް، ތިމަރަފުއްޓަށް ލިބުނު ގެއްލުމުން އަދިވެސް އަރައިނުގަނެވޭ!

8 ޖުލައި 2022 | ހުކުރު 11:10

އެންމެ ބޮޑަށް އުދައިގެ ގެއްލުން ލިބުނީ ތިމަރަފުއްޓާއި މަޑަވެއްޔަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 8 ޖުލައި 2022 | ހުކުރު 11:10
ތިމަރަފުއްޓަށް އުދައެރުމުން އެމްއެންޑީއެފުން އެހީތެރިވަނީ

ތިމަރަފުއްޓަށް އުދައެރުމުން އެމްއެންޑީއެފުން އެހީތެރިވަނީ

ޖޫން ޖުލައިގެ ވިއްސާރައާއެކު ޖުލައި މަހުގެ 1 ވަނަ ދުވަހު ވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކަށް އުދައިގެ އަސަރުކޮށްފައެވެ. މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް އުދައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދޭގޮތުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ތ. ތިމަރަފުއްޓާއި ގދ. މަޑަވެއްޔަށެވެ.

އުދައިގެ ސަބަބުން މަޑަވެއްޔަށް ލިބުނު ގެއްލުމުން މިހާރު ކޮންމެވެސް ވަރަކަށް އަރައިގަނެވި، ރަށް އާއްމު ހާލަތަށް އައިސްފައިވިނަމަވެސް އުދަ އެރިތާ ހަފްތާއެއް ވީއިރު ވެސް ތިމަރަފުއްޓަށް ލިބުނު ގެއްލުމުން އަރައިނުގަނެވެއެވެ. އެ ރަށުގެ ގެތަކަށް ލޮނު ވަނުމުގެ ސަބަބުން ލިބުނު ގެއްލުމާއެކު ދުވާލަކު އެތައް ގެއަކުން ކަރަންޓު ކެނޑޭ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

ތިމަރަފުށީ ކައުންސިލްގެ ރައީސް އިސްމާއިލް އިބްރާހިމް "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރެއާއި ހުކުރު ދުވަހުވެސް 4ވަރަކަށް ގެއިން ކަރަންޓު ކެނޑުނު ކަމަށެވެ. އަދި އެވްރެޖުކޮށް އުދަ އެރިފަހުން ދުވާލަކު 4 ވަރަކަށް ގެއެއްގައި ކަރންޓުގެ މައްސަލަ ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އިސްމާއިލް ވިދާޅުވި ގޮތުގައި އުދައިގެ ސަބަބުން ކަރަންޓު ކެނޑެނީ އެ ރަށުގެ ކަރަންޓު ވިއުގައަކީ ޒަމާންވީ ވިއުގައަކަށްވެފައި ލޮނުގެ އަސަރުކޮށް ވަޔަރުތައް ހަލާކުވެފައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު ކަރަންޓު ކެނޑޭ ގެތަކަށް ވަގުތީ ގޮތުން ކަރަންޓް ލިބޭނެ ގޮތްތަކެއް ހޯދައިދެވުނު ނަމަވެސް އެކަމަށް ދާއިމީ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

ތިމަރަފުށީގެ 50 އަށްވުރެ ގިނަ ގެއަށް އުދައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެ ގެތަކަށް ލިބުނު ގެއްލުން މިހާރު ކައުންސިލުން ދަނީ ބަލަމުންނެވެ. އެގޮތުން، ގެތަކުގައި ހިފާ ގެންގުޅޭ ސާމާނާއި ފަރުނީޗަރުތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު ގެތަކުގެ ފާރުތަކުގައި ރެނދު ލާފައިވާ ކަމަށް ވެސް އިސްމާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19އާ ގުޅިގެން އާމްދަނީ ހޯދާނެ ގޮތްތައް ހޯދުމަށް ތިމަރަފުށީގައި މި ފަހުން ވަނީ ދަނޑުވެރިކަން ވެސް ފަށާފައެވެ. އުދައިގެ ސަބަބުން ދަނޑުތަކަށް ވެސް ބޮޑެތި ގެއްލުން ވެފައިވާ ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

ތިމަރަފުށީގެ ގެތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު އެ ރަށުގެ އެއަރޕޯޓަށް ވެސް ވަނީ އުދައިގެ ސަބަބުން ގެއްލުން ލިބިފައެވެ. އުދައިގެ ސަބަބުން އެއް ދުވަސް ވަންދެން އެއަރޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލަން ޖެހުނުއިރު އެއަރޕޯޓުގެ ބޮޑުބައެއް ގިރަމުންދާ ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

ތިމަރަފުށީހެ އިތުރުން އުދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ގދ. މަޑަވެއްޔަށެވެ. އެ ރަށުގެ 54 ގެއަކަށް އުދައިގެ އަސަރު ކޮށްފައިވާއިރު އޭގެ ތެރެއިން 10 ގެއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ގެތަކުގައި ބޭނުންކުރާ ސާމާނާއި ފަރުނީޗަރާއި ސައިކަލުތައް ހަލާކުވެފައިވާއިރު ގެތަކުގައި ރެނދު ލާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ފިޔާޒް ހަަން "ރާއްޖެ އެމްވީ" އަށް ވިދާޅުވިއެވެ.

ފިޔާޒު ވިދާޅުވި ގޮތުގައި 10 ގޭގެ ތެރެއިން ކޮންމެ ގެއަކަށް ލިބުނު ގެއްލުން 4 ލައްކަ ރުފިޔާއަށްވުރެ ބޮޑު ވާނެ ކަމަށް ލަފާ ކުރެވެއެވެ. އެއީ އެ ގެތަކަކީ ދަނޑު ހައްދާ ގެތަކަށްވުމާއެކު އަގުބޮޑު މުދާވެސް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އުދަ އެރިއިރު ދެ ރަށް ވެސް އޮތީ އެފަދަ ކަމަކަށް ތައްޔާރު ވެފައެއްނޫނެވެ. ނަމަވެސް އުދަ އަރަން ފެށުމާއެކު ދެ ރަށުގެ ރައްޔިތުން ނުކުމެ ކުރި މަސައްކަތުން މިއަދު ދެ ރަށްވެސް އޮތީ އެފަދަ ހާލަތަކަށް ތައްޔާރުވެފައި ކަމަށް ދެ ރަށުގެ ކައުންސިލުން މައުލޫމާތު ދީފައި ވެއެވެ.

ތ. ތިމަރަފުށިމަޑަވެލިމޫސުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

16 އޮކްޓޯބަރު 2025
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި
14 އޮކްޓޯބަރު 2025

އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

14 އޮކްޓޯބަރު 2025
އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!
27 ސެޕްޓެމްބަރު 2025

ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި

27 ސެޕްޓެމްބަރު 2025
ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
05 އޯގަސްޓު 2025

ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

05 އޯގަސްޓު 2025
ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
18 ޖުލައި 2025

އޮޔާ ދިޔަ ޑިންގީއަކަށް އެހީތެރިކަން ފޯރުކޮށްދީ، ބަންޑުން ޖަހާލި ޑިންގީއެއްގައި ތިބި ދެ މީހަކު ސަލާމަތް ކޮށްފި

18 ޖުލައި 2025
އޮޔާ ދިޔަ ޑިންގީއަކަށް އެހީތެރިކަން ފޯރުކޮށްދީ، ބަންޑުން ޖަހާލި ޑިންގީއެއްގައި ތިބި ދެ މީހަކު ސަލާމަތް ކޮށްފި
18 ޖުލައި 2025

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު

18 ޖުލައި 2025
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު
10 ޖުލައި 2025

ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ

10 ޖުލައި 2025
ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ
05 ޖޫން 2025

އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅު، ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

05 ޖޫން 2025
އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅު، ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
21 ޑިސެމްބަރު 2024

މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ

21 ޑިސެމްބަރު 2024
މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް