Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގެއްލުމުގެ ބަދަލު ހޯދުން

އެއްބަސްވުން ނުހައްގުން ބާތިލުކުރުމުން ލިބޭ ގެއްލުމަށް އިހުމާލުވާ ފަރާތްތައް ޒިންމާދާރުކުރެވޭނެ އުސޫލެއް ގާއިމްކުރަން އަންގައިފި

އިހުމާލެއްގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުން އަގުކުރާނެ ހަރުދަނާ އަދި އިންސާފުވެރި މެކޭނިޒަމެއް ގާއިމްކުރުމަށް ވަނީ އަންގާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ޖުލައި 2022 | ހުކުރު 10:37
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ދައުލަތާއި އެކި ފަރާތްތަކާއި މެދު ވެވޭ އެއްބަސްވުތައް ނުހައްގުން ބާތިލުކުރުމުން، ދައުލަތަށް ލިބޭ ގެއްލުމަށް އެކަމުގައި އިހުމާލުވާ ފަރާތް ނުވަތަ ފަރާތްތައް ޒިންމާދާރު ކުރެވޭނެ އުސޫލެއް ގާއިމްކުރުމަށާއި، އަދި ގެއްލުމުގެ ބަދަލަށް ފަރުދީ ގޮތުން އިހުމާލުވާ ފަރާތް ނުވަތަ ފަރާތްތަކުން ޒިންމާދާރުކުރުވައި، އެ ބަދަލު އެ ފަރާތް ނުވަތަ ފަރާތްތަކުގެ އަތުން ދައުލަތަށް ނެގުމަށް ކަމާއިގުޅޭ މުއައްސަސާތަކަށް ދެންނެވުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމާފައިވަނީ، ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުމަށް ހާއްސަކުރެވިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލާ ނެރުނު ހުދު ކަރުދާހާމެދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މަޝްވަރާކުރުމަށްފަހުގައެވެ.

Advertisement - newsAdvertisement

އެކޮމިޓީން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ 30 ޖޫން ގައި ބެއްވި އެ ކޮމިޓީގެ މި އަހަރުގެ 14 ވަނަ ބައްދަލުވުމުގައި ކޮމިޓީއަށް އެވަގުތު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން 12 ކަމެއް ތަންފީޒުކުރުމަށް މިނިސްޓްރީއޮފް ފިނޭންސް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު އަދި ކަމާގުޅޭ އިދާރާތަކާއި މުއައްސަސާތަކަށް ދެނެންވުމަށް ނިންމަވާފައެވެ.

އެގޮތުން ދައުލަތަށް ބަދަލުދިނުމުގެ ކަންކަން ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުމާއި، ދައުލަތާއި އެކި ފަރާތްތަކާއި މެދު ވެވޭ އެއްބަސްވުންތައް ނުހައްގުން ބާތިލުކުރުމުން، ދައުލަތަށް ލިބޭ ގެއްލުމަށް އެކަމުގައި އިހުމާލުވާ ފަރާތް ނުވަތަ ފަރާތްތައް ޒިންމާދާރުކުރެވޭނެ އުސޫލެއް ގާއިމްކުރުމަށާއި، އަދި ގެއްލުމުގެ ބަދަލަށް ފަރުދީގޮތުން އިހުމާލުވާ ފަރާތް ނުވަތަ ފަރާތްތަކުން ޒިންމާދާރުކުރުވައި، އެ ބަދަލު އެފަރާތުގެ ނުވަތަ ފަރާތްތަކުގެ އަތުން ދައުލަތަށް ނެގުމަށް ވަނީ ފާސްކޮށްފައެވެ.

އަދި މިފަދަ އިހުމާލެއްގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުން އަގުކުރާނެ ހަރުދަނާ އަދި އިންސާފުވެރި މެކޭނިޒަމެއް ގާއިމްކޮށް އެއަށް އަމަލުކުރުމާއި، އަދި އަގުކުރާ ފަރާތަކީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން ލައިސަންސް ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ.

ދައުލަތުން މަޝްރޫއުތަކުގެ އެއްބަސްވުން އެކުލަވާލާއިރު، ދެފަރާތުންކުރެ އެއްވެސް ފަރާތަކަށް ގެއްލުމެއްވެއްޖެނަމަ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެވޭނެ އެންމެ މަތީ އަދަދެއް އެއްބަސްވުމުގައި ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލުދިނުމަށް ކޯޓުން ބޭރު މަރުހަލާތަކުގައި މައްސަލަ ހައްލުކުރުމަށް ފުރުސަތު ދޭންވާނެކަމަށް ވަނީ ބުނެފައެވެ.

ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބޭނުކަމީ އާންމު އުސޫލެއްގެ ގޮތުން ލިބުނު ގެއްލުން ފޫބެއްދުންކަމަށާއި، އަދި އަދަބެއް ނުވަތަ އުގޫބާތެއް ނުވަތަ އިނާމެއްގެ ގޮތުން ނަގައިދެވޭ އެއްޗެއް ނޫން ކަމަށް ކޮމިޓީ ރިޕޯޓުގައި ވެއެވެ. މީގެ އިތުރުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާނަމަ ގެއްލުން ވެފައިވާކަމަށް ބުނެ ހުށަހަޅާ ކަންކަމަކީ ހަގީގަތުގައި ވެސް އެފަރާތުން އެ ބުނާ ފަދައިން ލިބިފައިވާ ގެއްލުންތަކެއްކަން އެސެސްކުރުމަށް އެކަށީގެންވާ މިންގަނޑެއް ކަނޑައަޅައި، އަދި އެސެސްކުރާ ފަރާތަކީ އިންސްޓިޓިއުޓް އޮފްޗާޓަޑް އެކައުންޓެންސްޓް އޮފް ދަ މޯލްޑިވްސްއިން ލައިސެންސް ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ.

ގެއްލުމުގެ ބަދަލު ކަނޑައަޅަންވާނީ ލިބިފައިވާ ގެއްލުންތަކެއްކަން އެސެސްކުރުމަށް ކަނޑައަޅާފައިވާ ގޮތުގެ މަތިން، އެސެސްކުރެވޭ މިންގަނޑާ އެއްގޮތަށް ސާބިތުކޮށްދެވޭ ގެއްލުމުގެ މިންވަރުގެ މައްޗަށްކަމާއި، އެ މިންވަރު އާންމު ފަރުދަކަށް ބުއްދީގެ ހަމަތަކުގެ މަތިން ގަބޫލުކުރެވޭ މިންވަރަކަށް ވާންޖެހޭނެކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެއެވެ.

ގެއްލުން ހިސާބުކުރުމުގައި، ގެއްލުމުގެ ގޮތުގައި ކަނޑައަޅާ އަދަދަށް ވާސިލުވިގޮތާއި، އެ އަދަދުގެ ތެރެއިން ސީދާ ގެއްލުން ހިސާބުކޮށްފައިވާގޮތާއި ގެއްލުން ހިސާބުކުރާ މުއްދަތުގެ ތެރޭގައި ލިބޭނެކަމަށް އެނގޭ ގެއްލުން ދުވަހުން ދުވަހަށް ހިސާބުކޮށްފައިވާ ގޮތް އެނގެން އޮންނަންވާނެކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ނަގައިދެވޭ މާލީ ބަދަލަކީ ބޭއިންސާރު މުއްސަނދިކަމެއް ލިއްބައިދޭފަދަ ބަދަލަކަށް ވެގެންނުވާނެ ކަމަށާއި އެއީ ކަމާނުބެހޭ ސަބަބުތަކާހުރެ ލިބުނު ގެއްލުމާއި ޔަގީންކުރެވޭނެ ނުވަތަ އަސާސެއް ނެތް ގެއްލުމާއި ނާދިރު ގެއްލުމަށް ވެގެންނުވާނެކަމަށް ބުނެފައިވެއެވެ. އަދި ގެއްލުމުގެ ބަދަލު ނަގައި ދިނުމުގައި ގެއްލުން ކުޑަކުރުމަށް މަސައްކަތްކޮށްފައިފާ މިންވަރަށް ރިއާޔަތްކުރުންވާނެ ކަމަށާއި، އެގޮތުން ގެއްލުން ކުޑަކުރުމަށް މަސައްކަތް ނުކުރުމުގެ ސަބަބުން ހިނގި ހަރަދު އުނިކުރުމަށް އަދި ގެއްލުމުގެ ބަދަލު ނަގައިދެވޭ ފަރާތުގެ އިހުމާލުން ހިނގި ހަރަދު އުނިކުރުމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު