Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރައްޒާގުބެ މެމޯރިއަލް ކަޕް 2022

އެންމެ ފަހުގެ ޗެމްޕިއަން ޗެލެންޖަރސް ބަލިކޮށް، އެކްސިޓޯއިން ފުރަތަމަ ފަހަރަށް ތަށި އުފުލާލައިފި

އެކްސިިޓޯއިން ޗެލެންޖަރސް ބަލިކުރީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޖުލައި 2022 | ބުރާސްފަތި 03:16
ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކުރުމުގެ ތެރެއިން

ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކުރުމުގެ ތެރެއިން

ރައްޒާގުބެ މެމޯރިއަލް ކަޕްގެ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލެންޖަރސް ބަލިކޮށް، އެކްސިޓޯއިން ފުރަތަމަ ފަަހަރަށް މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

އެކްސިޓޯއިން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ދެ ވަނަ ސެމީ ފައިނަލްގައި އޯލް އެޓޭކް ބަލިކޮށްގެންނެވެ. ޗެލެންޖަރސް ފައިނަލަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލި ނުވެއެވެ.

ބުދަ ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗު އެކްސިޓޯއިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ވެސް ދެ ޓީމުން ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވުމުން، ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އެކްސިޓޯއިން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެއީ އެ ޓީމުގެ އާލިމް އަބްދުލް ގައްޔޫމާއި، ނާޖިހު އިބްރާހިމާއި، އިސްމާއިލް މަދީހު އަދި ހުސެއިން ޝަފްރާހުގެ ޕެނަލްޓީތަކެވެ. އެ ޓީމުގެ އަޙުމަދު ރިފްޝާންގެ ޕެނަލްޓީ ވަނީ ކާމިޔާބުނުވެފައެވެ.

ޗެލެންޖަރސްއަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ. އެއީ އެ ޓީމުގެ މުޙައްމަދު ތަސްމީނާއި، އަޙުމަދު ނޫމާން އަދި މުޙައްމަދު ނާއިމްގެ ޕެނަލްޓީތަކެވެ. އެ ޓީމުގެ މުޙައްމަދު ޝަހީމާއި އަޙުމަދު ނިމާލްގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އެއާއެކު އެންމެ ފަހުގެ ޗެމްޕިއަން ޗެލެންޖަރސްގެ މައްޗަށް އެކްސިޓޯއިން ކުރި ހޯދީ 4-3 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޗެލެންޖަރސްގެ އަޙުމަދު ނޫމާންއެވެ.

މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަޙުމަދު ސަލީމްއެވެ. ފައިނަލް މެޗަށްފަހު ވަނީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އަލީ ޒާއިފްއެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ހުސެއިން ޝިފާދުއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އާލިމް އަބްދުލް ގައްޔޫމާއި، މުހައްމަދު އަތީފްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އާލިމް އަބްދުލް ގައްޔޫމެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ސިކްސް އެކްސްއެވެ.

މި މުބާރާތަކީ އެރަށުގެ ފުޓުބޯޅަ ލެޖެންޑު އަލްމަރުހޫމް އަބްދުއް ރައްޒާގު މޫސާގެ ހަނދާނުގައި 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ "ތުއްތޮންބެ ކަޕް"ގެ ނަމުގައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު މުބާރާތުގެ ނަން ވަނީ ރައްޒާގުބެ މެމޯރިއަލް ކަޕަށް ބަދަލުކޮށްފައެވެ.

ރައްޒާގުބެ މެމޯރިއަލް ކަޕް ކ. ގުރައިދޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގުރައިދޫގެ ހޭންޑްބޯޅަ ކޯޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢެއް

ގުރައިދޫގެ ހޭންޑްބޯޅަ ކޯޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢެއް

05 ފެބުރުއަރީ 2025
ކ. ގުރަައިދޫ ގައި މަރުވި 4 މަހުގެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިއްޑިއާއަށް ފޮނުވައިފި

ކ. ގުރަައިދޫ ގައި މަރުވި 4 މަހުގެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިއްޑިއާއަށް ފޮނުވައިފި

18 ޑިސެމްބަރު 2024
ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި

ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި

27 އޮކްޓޯބަރު 2024
އިމިގްރޭޝަނުން ކ.ގުރައިދޫގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

އިމިގްރޭޝަނުން ކ.ގުރައިދޫގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

25 އޮކްޓޯބަރު 2024
ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

08 ޖޫން 2024

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު