Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑި މާރިއާ ޔުވެންޓަސްއަށް ބަދަލުވުން

ހިލޭ ޓްރާންސްފާއެއްގައި ޑި މާރިއާ ޔުވެންޓަސްއަށް

ޔުވެންޓަސްއަށް ބަދަލުވަނީ އެއް އަހަރުގެ އެއްބަސްވުމުގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޖުލައި 2022 | ބުދަ 08:55
ޑި މާރިއާ

ޑި މާރިއާ

ހަތް އަހަރަށް ފަހު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލަން ނިންމި އެންހެލް ޑި މާރިއާ އިޓަލީގެ ޔުވެންޓަސްއަށް ގުޅެން ނިންމައިފިއެވެ.

ޑި މާރިއާ ޔުވެންޓަސްއަށް ގުޅެން ނިންމީ ހިލޭ ޓްރާންސްފާއެއްގައެވެ. އޭނާ ވަނީ ނިމުނު ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައެވެ. ޕީއެސްޖީ ދޫކޮށްލަން ޑި މާރިއާ ނިންމުމާއެކު ޕީއެސްޖީން ބުނީ ޑި މާރިއާއަކީ ޕީއެސްޖީއަށް ފުލް ކޮމިޓްމަންޓް ދިން, ސަޕޯޓަރުން އަބަދުމެ ހަނދާންކުރާނެ ކުޅުންތެރިއެއްކަމަށެވެ.

ޕީއެސްޖީ ދޫކޮށްލަން ނިންމުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ޔުވެންޓަސް އިން ފެށި ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ. އެ މަސައްކަތުގެ ތެރެއިން ޔުވެންޓަސް އިން ކުރި ފުރަތަމަ ބިޑު އޭނާ ބަލައިނުގަންނަން ނިންމި ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުންޏެވެ. ނަމަވެސް ޔުވެންޓަސް އިން ދެވަނަ ބިޑެއް ހުށަހަޅާނެ ކަމަށް ވެސް އޭރު މީޑިއާތަކުގައި ރިޕޯޓުކުރިއެވެ. އެއީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެެއް ކަމަށާއި، މުއްދަތު ހަމަވުމުން އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ހުށަހަޅާ ބިޑެކެވެ.

އިތުބާރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ މިއަދު ބުނި ގޮތުގައި ޔުވެންޓަސްއިން މިހާރު ވަނީ ޑި މާރިއާއާއެކު އެއްބަސްވުމަކަށް އާދެވިފައެވެ. އެއާއެކު އޭނާ މިހަފްތާގެ ތެރޭގައި އިޓަލީއަށް ދަތުރުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން ރޮމާނޯ ބުނީ ޑި މާރިއާ ޕީއެސްޖީއަށް ބަދަލުވާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އެކަމާ ގުޅޭ ލިޔެ ކިޔުންތައް މިހާރު ތައްޔާރުކަމަށާއި، އޭގައި ސޮއިކުރުން ވަރަށް އަވަހަށް ކުރިއަށްދާނެ ކަމަށެވެ.

ރޮމާނޯ ބުނި ގޮތުގައި ޑި މާރިއާގެ އިތުރުން ޕައުލް ޕޮގްބާ ވެސް ޔުވެންޓަސް އަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށެވެ. އަންނަ ހޮނިހިރު ދުވަހު ޕޮގްބާ ވެސް އިޓަލީގެ ޓިއުރިން އަށް ދަތުކުރާނެ ކަމަށް ރޮމާނޯ ވަނީ ބުނެފައެވެ.

ޑި މާރިއާ ވަނީ ޕީއެސްޖީއާއެކު 18 ތަށި އުފުލާލާފައެވެ. ހަތް އަހަރުގެ ތެރޭގައި 91 ގޯލް އެކްލަބަށް ޖަހައިދިނެވެ. އަދި 111 ގޯލް ޖަހަން ފުރުސަތު ފަހިކޮށްދިނެވެ.

ޔުވެންޓަސްއެންހެލް ޑި މާރިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، ސިޓީ އަށް ޕްރެޝަރު

ޔުވެންޓަސް އަތުން ބަލިވެ، ސިޓީ އަށް ޕްރެޝަރު

12 ޑިސެމްބަރު 2024
ޔުވެންޓަސް އިން ބޭނުން ވަނީ ޕޮގްބާގެ އެއްބަސްވުން އުވާލަން

ޔުވެންޓަސް އިން ބޭނުން ވަނީ ޕޮގްބާގެ އެއްބަސްވުން އުވާލަން

08 އޮކްޓޯބަރު 2024
ޕޮގްބާއާ މެދު ގޮތެއް ނިންމާނީ ކުލަބުން: މޮޓާ

ޕޮގްބާއާ މެދު ގޮތެއް ނިންމާނީ ކުލަބުން: މޮޓާ

07 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު