Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްޙައްޖު މަހުގެ ދިހަ ދުވަސް

ޙައްޖު މަހުގެ ކުރީ ދިހައިގެ މާތްކަން

ޙައްޖުގެ އަޅުކަން އަދާކުރާމީހުންނަށް އަރަފާތު ދުވަހު ރޯދަހިފުމަކީ ސުންނަތަވެގެންވާ ކަމެއް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 6 ޖުލައި 2022 | ބުދަ 06:30
މަސްޖިދުއް ނަބަވީގައި ހައްޖުވެރިންތަކެއް ރޯދަ ވީއްލަން ތައްޔާރުވެފައި

މަސްޖިދުއް ނަބަވީގައި ހައްޖުވެރިންތަކެއް ރޯދަ ވީއްލަން ތައްޔާރުވެފައި

އަހަރު ތެރޭގައި އަންނަ މައްސަރުތަކުގެ ތެރެއިން ބައެއް މައްސަރު، މާތްﷲ ވަނީ މާތްކުރައްވާފައެވެ. އަދި ބައެއް ދުވަސްދުވަހާއި ވަގުތުވެސް މާތް ކުރައްވާފައިވެއެވެ. މިހާރު އަޅުގަނޑުމެން ވެއަތުކުރަމުން މިދާ ޒުލްޙިއްޖާ މަހަކީ، އެކަލާނގެ ހުރުމަތްތެރިކުރައްވާފައިވާ ހަތަރު މަހުގެ ތެރެއިން އެއް މަހެވެ. އަދި ވަކިން މިމަހުގެ ކުރީކޮޅުގެ ދިހަ ދުވަހުގެ މާތްކަމާއި އިތުރުކަން، ކީރިތި ޤްރުއާނުންނާއި ކީރިތި ރަސޫލާގެ ހަދީސްފުޅުން ވަރަށް ސާފުކޮށް އެނގެން އެބަހުއްޓެވެ. އަލް ފަޖްރް ސޫރަތުގެ ކުރީކޮޅުގައި މާތްﷲ، މި ދިހަ ދުވަސް ގަންދެއްވައި ހުވައި ކުރައްވާފައިވަނީ، މުފައްސިރުން ވިދާޅުވެފައިވާ ގޮތުގައި، މި ދުވަސްތަކުގެ ހެޔޮކަމާއި މާތްކަމުގެ ބޮޑުކަމުންނެވެ. އަދި ކީރިތި ރަސޫލާ ޙައްޖުވެވަޑައިގަތް އަހަރު ފިޔަވައި، އެހެން އަހަރުތަކުގައި، މި މަހުގެ މި ދުވަސްތަކުގައި ރޯދަފުޅު ހިއްޕެވުމަކީވެސް، މި ދުވަސްތަކުގެ މާތްކަމުގެ މައްޗަށް އަލިއަޅުވައިދޭ ގަދަ ހެއްކެއް ކަމުގައިހިމެނުމީނުވާނެވެ. އިތުރު އެކަލޭނގެފާނުންގެ އަނބިކަނބަލުން ހަފްސަތުގެ އަރިހުން ރިވާކުރެއްވި ހަދީޘް އެއްގައިވެއެވެ. "ކީރިތި ރަސޫލާ ހަތަރު ކަމެއް ދޫކުރައްވާ ކަމުގައި ނުވެއެވެ. (އެބަހީ އެކަންކަން ކުރެއްވުމުގައި ދެމިހުންނެވުމެވެ.) އެއީ މުހައްރަމު މަހުގެ ދިހަ ވަނަ ދުވަހު ރޯދަފުޅު ހިއްޕެވުމާއި، ޙައްޖު މަހުގެ ކުރީކޮޅުގެ ދިހަ ދުވަހުގެ ތެރެއިން ރޯދަހިފުން ހުއްދަ ދުވަސްތަކުގައި ރޯދަފުޅު ހެއްޕެވުމާއި، ކޮންމެ މަހެއްގެ މެދުފޮއިގެ ތިން ދުވަހު ރޯދަފުޅުހިއްޕެވުމާއި، މެންދުރުކުރީގައި ރަކުއަތް ކުރެއްވުމެވެ."

އަދި ވަކިން މިމަހުގެ ނުވަވަނަ ދުވަހަކީ، ވަރަށް ޚާއްސަ ބަރަކާތްތެރިކަން ބޮޑު ދުވަހެއްކަން ހަދީޘްފުޅުތަކުގައި އަންގާފައިވެއެވެ. ޙައްޖުގެ އަޅުކަން އަދާކުރާ މީހުން ފިޔަވައި އެނޫން މީހުން މިދުވަހު ރޯދަހިފުމަކީ، ވަރަށް ބޮޑު ދަރުމައާއި ސަވާބު ލިބޭ ކަމެއް ކަމުގައި ޙަދީޘްގައި ވާރިދުވެފައި ވެއެވެ.

ރިވާވެގެންވާ އެހެން ހަދީޘްއެއްގައިވެއެވެ. "ކީރިތި ރަސޫލާ ހަދީޘް ކުރެއްވިއެވެ. އަރަފާތު ދުވަހުގައި ރޯދަ ހިފުމަކީ، އިސްވެގޮސްފައިވާ އަހަރުތަކާ، ފަހުން އަންނާނޭ އަހަރަކާއި، ދެ އަހަރު ދުވަހުގެކުށް ފާފަފުއްސަވާނެ ކަމެކެވެ. އަދި އާޝޫރާ ދުވަހުގައި ރޯދަހިފުމަކީ، އިސްވެގޮސްފައިވާ އަހަރެއްގެ ފާފަފުއްސަވާނެ ކަމެކެވެ."

ޙައްޖުގެ އަޅުކަން އަދާކުރާމީހުންނަށް އަރަފާތު ދުވަހު ރޯދަހިފުމަކީ ސުންނަތަވެގެންވާ ކަމެއް ނޫނެވެ.

ކަންމިހެން ހުރުމާއެކު، ކޮންމެ މުސްލިމަކުވެސް އަހަރުތެރޭގައި އަންނަ މިފަދަ ބަރަކާތްތެރި ދުވަސްތަކުގައި، ތިމާގެ ކުށްފާފަތައް ފުއްސެވުން، އަދި ﷲގެ ހަޟުރަތުގައި ދުޢާ ދެންނެވުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެކަލާނގެ ހަޟުރަތަށް ކުށްތަން ވެވޭނޭ ހުރިހާ ކަމެއްކުރުމަކީ، އެންމެ ބުއްދިވެރިގޮތެވެ. އެހެނީ އެކަކަށްވެސް އޭނާގެ އުމުރު ދަމަހައްޓަވާނޭ މިންވަރެއް، ނުވަތަ އޭނާގެ އަޖަލު އައިސް ޖެހޭނޭ ވަގުތެއް، އަންގަވާފާއެއް ނުވެއެވެ.

ނޯޓް: ދީނުގެމަގު މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ޙައްޖު 1443

އިތުރަށް ކިޔާލަން

28 ޖުލައި 2022

މިއަހަރުގެ އިންތިޒާމުތައް ފުރިހަމަ، ހައްޖުވެރިން ތިބީ އުފަލުން

28 ޖުލައި 2022
މިއަހަރުގެ އިންތިޒާމުތައް ފުރިހަމަ، ހައްޖުވެރިން ތިބީ އުފަލުން
27 ޖުލައި 2022

ދިވެހި ހުރިހާ ހައްޖުވެރިން މާލެ އައިސްފި

27 ޖުލައި 2022
ދިވެހި ހުރިހާ ހައްޖުވެރިން މާލެ އައިސްފި
27 ޖުލައި 2022

މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް މިއަދު ރާއްޖެ އަންނާނެ

27 ޖުލައި 2022
މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް މިއަދު ރާއްޖެ އަންނާނެ
13 ޖުލައި 2022

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

13 ޖުލައި 2022
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި
12 ޖުލައި 2022

ޙައްޖާޖީންގެ އެންމެ ފަހުގެ ގްރޫޕު މިނާއިން ފުރުމާއެކު ޙައްޖުގެ އަޅުކަން ނިމުމަކަށް

12 ޖުލައި 2022
ޙައްޖާޖީންގެ އެންމެ ފަހުގެ ގްރޫޕު މިނާއިން ފުރުމާއެކު ޙައްޖުގެ އަޅުކަން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު