Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސް ބޮޑުކުރުން

ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ގައުމަކާ އަޅާބަލާއިރު ޓީޖީއެސްޓީ ރޭޓް ދަށްކަމަށް މާލީ އިދާރާތަކުން ލަފާދޭ – އަމީރު

ދުނިޔޭގެ އެހެނިހެން އިގުތިސާދުތަކަށްވުރެ އަވަހަށް ރާއްޖޭގެ އިގުތިސާދު ކުރިއަރައިގެން ދާކަމަށް މާލީ އިދާރާތަކުން ބުނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ޖުލައި 2022 | އަންގާރަ 14:19
އިބްރާހީމް އަމީރު - ފިނޭންސް މިނިސްޓަރ

އިބްރާހީމް އަމީރު - ފިނޭންސް މިނިސްޓަރ

ރާއްޖެފަދަ އިކޮނަމީ އޮންނަ، އަދި ފަތުރުވެރިކަމަށް ބަރޯސާވާ ގައުމުތަކުގައި ޖީއެސްޓީއާއި ޓީޖީއެސްޓީ ނަގާ މިންވަރާ އަޅާބަލާއިރު، ރާއްޖޭގައި ޓެކްސްތައް ނަގަމުން އަންނަނީ މަދުން ކަމަށާއި، ޒިންމާދާރު ސަރުކާރެއްގެ ގޮތުގައި އޮވެ އެ ބަދަލުތައް ގެންނަންޖެހޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މިހެން ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ އަދި ފިސްކަލް ހާލަތުގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ 2019ގައި ރާއްޖޭގެ އިގުތިސާދު ދިޔައީ ގާތްގަނޑަކަށް 7 އިންސައްތައިން ކުރިއަރަމުން ކަމަށެވެ. 2019ގެ އަންދާޒާތަކަށް ބަލާއިރު މިހާރު ރާއްޖޭގެ އިގުތިސާދު އޮންނާނީ ގާތްގަނޑަކަށް 115 ނުވަތަ 120 ބިލިއަނުގެ އިގުތިސާދެއްކަމަށެވެ. އަދި ދަރަނި ހުންނާނީ ގާތްގަނޑަކަށް (ގެރެންޓީ ހިމަނައިގެން ވެސް) 60 އިންސައްތައިގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ އެހެނިހެން އިގުތިސާދުތަކަށްވުރެ އަވަހަށް ރާއްޖޭގެ އިގުތިސާދު ކުރިއަރައިގެން ދާކަމަށާއި، މި ކަންތައްތަކަކީ އައިއެމްއެފް، ވޯރލްޑްބޭންކް، އަދި އޭޝިއަން ޑިވަލަޕްމަންޓް ބޭންކުގެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންތައްތައްކަމަށެވެ.  

ކޮވިޑް އައިއިރު، ރާއްޖޭގައި ޕީސީއާރް ޓެސްޓެއް ހަދާނެ ކެޕޭސިޓީއެއް ވެސް ނެތްކަމަށާއި، އެކަމަކު މިއަދު މިތިބީ ރާއްޖޭގެ ހުރިހާތަނެއްހެން ގިނަ ރަށްތަކުގައި ޕީސީއާރު ޓެސްޓް ހެދޭނެ ކެޕޭސިޓީ އިތުރުކޮށްގެން ކަމަށެވެ. އަދި އެކަންކަމާ އެއްކޮށް ދައުލަތަށް ލިބޭ އާމްދަނީ ގާތްގަޑަކަށް 60 އިންސައްތަ ދަށްވިޔަސް، އެ އިންޓަރވެންޝަންތަކާއެކު ނަތީޖާއަކަށް ވެގެންދިޔައީ ދަރަނި ނަގަންޖެހުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރެއްގެ ގޮތުގައި ޒިންމާދާރުކަމާއެކު ނަގަންޖެހޭ ފިޔަވަޅުތަކެއް ނަގަމުން ގެންދާނެކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ރަނގަޅު މެޝަރސްތަކެއް ނަގަންޖެހޭ ކަމަށާއި، އަދި ކޮވިޑާއެކު ދިމާވި ކަންތައްތަކާއެކު ހައްލުތަކެއް ހޯދަން އެބަޖެހޭކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކުރީއްސުރެ އައިމްއެފް، ވޯރލްޑްބޭންކް ފަދަ ތަންތަނުގެ ރިޕޯޓްތަކުގައި ވެސް ފާހަގަކޮށްފައިވާ ގޮތަށް، ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ރޭޓްތައްވެސް ދުނިޔޭގެ އެހެނިހެން ގައުމުތަކާއި، ސްމޯލް އައިލެންޑް ޑިވަލަޕިންގް ސްޓޭޓްތަކާއި، ޓުއަރިޒަމް ގައުމުތަކާ ބަލާއިރު ރާއްޖޭގެ ރޭޓްތައް ހުރީ ދަށްކޮށް ކަމަށެވެ.

އެހެންކަމުން ޓެކްސް ބޮޑުކުރުމުގެ ޖާގަ އެބައޮތްކަމަށާއި، އެކަންތައްތަކާއެކު ޒިންމާދާރު ސަރުކާރެއްގެ ގޮތުގައި އެ ނިންމުންތައް ނިންމަމުން ގެންދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުޓީޖީއެސްޓީޖީއެސްޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީޖީއެސްޓީ 17 އިންސަތައަށް ބޮޑުކުރަން ފާސްކޮށްފި

ޓީޖީއެސްޓީ 17 އިންސަތައަށް ބޮޑުކުރަން ފާސްކޮށްފި

31 އޮކްޓޯބަރު 2024
އަމީރު އެދިވަޑައިގެންނެވީ ވީހާވެސް އަވަހަށް ސަޕްލިމަންޓްރީ ބަޖެޓް ފާސްކޮށްދެއްވަން - ބަޖެޓްގެ ބޮޑު ހޭދައެއް އާސަންދަ އަށް

އަމީރު އެދިވަޑައިގެންނެވީ ވީހާވެސް އަވަހަށް ސަޕްލިމަންޓްރީ ބަޖެޓް ފާސްކޮށްދެއްވަން - ބަޖެޓްގެ ބޮޑު ހޭދައެއް އާސަންދަ އަށް

14 ނޮވެމްބަރު 2023
ބޭރުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މި އަހަރު ފިއުލް ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އަރާނެ - އަމީރު

ބޭރުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މި އަހަރު ފިއުލް ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އަރާނެ - އަމީރު

14 ނޮވެމްބަރު 2023
ކޮވިޑް-19ގެ ކުރީގެ އިޤްތިސާދުގެ މިންވަރަށް އަނބުރާ ރުޖޫއަވެއްޖެ - އަމީރު

ކޮވިޑް-19ގެ ކުރީގެ އިޤްތިސާދުގެ މިންވަރަށް އަނބުރާ ރުޖޫއަވެއްޖެ - އަމީރު

14 ނޮވެމްބަރު 2023
49.5 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިފި

49.5 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިފި

14 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު