Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިރުޒާގެ މަރުގެ މައްސަލަ

މިރުޒާގެ މަރު: ހައިކޯޓުންވެސް ނިންމީ ޝިފާއުގެ މައްޗަށް ކުށް ސާބިތުވާކަމަށް، ދޭނީ ތައުޒީރީ އަދަބެއް

ފަނޑިޔާރު ނިޔާޒް ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދު ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ޖުލައި 2022 | އަންގާރަ 10:50
ވ. ފަޒީލާމަންޒިލް، މުހައްމަދު ޝިފާއު

ވ. ފަޒީލާމަންޒިލް، މުހައްމަދު ޝިފާއު

ނ. މާޅެންދޫ، ވައިޓް ހައުސް، އަހުމަދު މިރުޒާ އިބްރާހިމް މަރާލި މައްސަލައިގެ މެރުމަށް ޙުކުމް ކޮށްފައިވާ ވ. ފަޒީލާމަންޒިލް، މުހައްމަދު ޝިފާއުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފިއެވެ.

މިރުޒާ އަށް ލަކުނޑިބުރިންނާއި ދަގަނޑު ހޮޅިތަކަކުން ހަމަލާދިނީ 2011 ވަނަ އަހަރުގެ އޭޕްރީލް 11 ވަނަ ދުވަހު އެވެ. ވިލިމާލޭ ޕާކް ސަރަހައްދުގައި ހިނގި އެ މާރާމާރީގައި ލިބުނު އަނިޔާތަކާ ގުޅިގެން، މިރުޒާގެ ސިކުނޑި މަރުވިއިރު، އައިޖީއެމްއެޗްގެ ވެންޓިލޭޓަރެއްގައި ބާއްވާފައި އޮއްވާ މިރުޒާ މަރުވީ 2011 ވަނަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

މިރުޒާގެ މަރާއި ގުޅިގެން އިތުރު ބައެއްގެ މައްޗަށްވެސް ދައުވާކޮށް، ކުށް ސާބިތުވެފައިވެއެވެ.

މިރުޒާ މަރާލިކަން ޏ. ފުވައްމުލަކު، ޒާވިޔާ، އަބްދުﷲ ނަޒީފްއާއި، ޝިފާއުގެ މައްޗަށް ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ 'އ' ގައި ބަޔާންކޮށްފައިވާ ފަދައިން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ ވާރިސުންގެ ބަހާއެކު، އެ ދެ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފަ އެވެ. އެއީ 4 އޭޕްރީލް 2017 ގައެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމުން ނަޒީފުގެ މައްޗަށް ކޮށްފައިވާ ޙުކުމް ހައިކޯޓުން ދެމެހެއްޓީއެވެ.

އެންމެ ފުރަތަމަ ފަނޑިޔާރު މުޙައްމަދު ނިޔާޒު ވަނީ ރައުޔު އިއްވަވާފައެވެ. އަންގާރަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރު ނިޔާޒް ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ތާއީދު ކުރައްވާފައެވެ.

އެހެންނަމަވެސް މި މައްސަލައިގައި ހިމެނޭ މީހުންނަށް މިރުޒާގެ ބައްޕަ ފަހުން ވަނީ މައާފް ދީފައެވެ. އެކަން ހައިކޯޓުގައި ކުރިން ކުރިއަށްދިޔަ އަޑުއެހުމެއްގައި އޭނާ ފާހަގަކޮށްފައިވެއެވެ. ވުމާއެކު، މިހާރު ދަށު ކޯޓުން ކުރި މަރަށް މަރު ހިފުމުގެ އަދަބުގެ ބަދަލުގައި ޝިފާއުއަށް ތައުޒީރީ އަދަބެއް ދެވިދާނެކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

މިރުޒާގެ މަރުގެ ދިޔައިގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެކަން ވަނީ ބަޔާންކުރައްވާފައެވެ.

ވުމާއެކު، އޭނާ 17 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލުމަށާއި، ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށް ވަނީ ޙުކުމް ކުރައްވާފައެވެ.

ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސައިން ޝަހީދުއާއި، މުޙައްމަދު ފައިސަލްވެސް ވަނީ އެ ޙުކުމަށް ތާއީދު ކުރައްވާފައެވެ.

ކްރިމިނަލް ކޯޓްހައި ކޯޓު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު