Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައްޖު 1443

ރައީސް މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކުރައްވައިފި

އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެސިސްޓެންޓް ޖެނެރަލް ޕްރެޒިޑެންޓް ފޯރ ދަ އެފެއާޒް އޮފް ދަ ޕްރޮފެޓްސް މޮސްކު ޑރ.މުޙައްމަދު އަލް ޚުދައިރީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ޖުލައި 2022 | ހޯމަ 19:43
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަމައްދު ޞާލިހް މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް ޒިިޔާރަތް ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަމައްދު ޞާލިހް މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް ޒިިޔާރަތް ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަމައްދު ޞާލިހް މަސްޖިދުއް ނަބަވީއަށް ޒިިޔާރަތްކުރައްވައިފިއެވެ.

މަސްޖިދުއް ނަބަވީއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެސިސްޓެންޓް ޖެނެރަލް ޕްރެޒިޑެންޓް ފޯރ ދަ އެފެއާޒް އޮފް ދަ ޕްރޮފެޓްސް މޮސްކު ޑރ.މުޙައްމަދު އަލް ޚުދައިރީއެވެ. ރައީސް އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއާއި ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުރާވަޑައިގެންނެވީ ހޯމަ ދުވަހުގެ ހެނދުނުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފައިވާއިރު، މިއަހަރުގެ އަމީރުލްހައްޖުގެ ގޮތުގައި ހަމަޖައްސަވާފައިވާ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު އަލީ ވެސް ވަނީ އާދިއްތަ ދުވަހު ހައްޖަށް ފުރާވަޑައިގެންފައެވެ.

1443 ވަނަ އަހަރު ރާއްޖެއިން ހައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަހުމަދު ޒާހިރު އަލީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހަމަޖެއްސެވުމާ ގުޅިގެން ރާއްޖޭގެ ޙައްޖާޖީންގެ ކަންތައްތައް އެންމެ އިސްކޮށް ބަލަހައްޓަވާނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީއެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 453 މީހަކު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރާފައިވާއިރު، ހައްޖާޖީން ފުރާފައިވަނީ 3 ގްރޫޕަކަށް ބެހިގެންނެވެ. ރާއްޖެއިން ހައްޖަށް ފުރި ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ހައްޖު މިޝަންއިން މައުލޫމާތުދެއެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 8 ވަނަ ދުވަހެވެ. ދިވެހިރާއްޖެއިން ހައްޖު އަޅުކަމަށް ދާ ތިން ގްރޫޕްވެސް މިހާރު ވަނީ ސައުދީއަށް ގޮސްފައެވެ. މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔުމަށް 453 ކޯޓާ ސަޢުދީ ސަރުކާރުންވަނީ ދީފައެވެ. މީގެތެރެއިން 100 ޖާގައަށް މީހުން ނަގާފައިވަނީ ޢާއްމުކޮށް ހުޅުވާލައިގެން ގުރުއަތު ނަގައިގެންނެވެ. ބާކީ ހުރި ޖާގަތަކަށް މީހުން ނަގާފައިވަނީ ޙައްޖު ކޯޕަރޭޝަނުގައި ރަޖިސްޓްރީވެފައިވާ ކިޔު ތަރުތީބުންނެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުޙައްޖު 1443

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު