Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ބޮޑު 2 ކްލަބާއެކު، ދެވަނަ ޑިވިޝަން ފެށުން މިމަހު 13 އަށް

ނިއުރޭޑިއަންޓް މުބާރާތުގައި ވާދަކުރާނެ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 4 ޖުލައި 2022 | ހޯމަ 07:15
ވެލެންސިޔާވެސް ފުރަތަަމަ ޑިވިޝަނަށް އައީ ދެވަނަ ޑިވިޝަންގައި ވާދަކޮށްގެން

ވެލެންސިޔާވެސް ފުރަތަަމަ ޑިވިޝަނަށް އައީ ދެވަނަ ޑިވިޝަންގައި ވާދަކޮށްގެން

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފެށުން މިމަހުގެ 13 އަށް ފަސްކޮށްފިއެވެ. ކުރިން މުބާރާތް ފަށަން ތާވަލްކޮށްފައި އޮތީ މިއަދުއެވެ.

މިފަހަރު މުބާރާތުގައި 16 ޓީމް ވާދަކުރެއެވެ. އޭގެތެރޭގައި ރާއްޖޭގެ އެންމެ ބޮޑު ދެ ކްލަބް ވިކްޓްރީއާއި, ނިއުރޭޑިއަންޓް ހިމެނެއެވެ. ނިއުރޭޑިއަންޓަށް މުބާރާތުގައި ވާދަކުރެވޭނެކަން ޔަޤީންވީ ބުރާސްފަތި ދުވަހުގެ ރެއެވެ. އެފްއޭއެމްގެ އެކްސްކޯއިން ނިއުރޭޑިއަންޓްގެ ސަސްޕެންޝަން އުވާލީ ބުރާސްފަތި ދުވަހުގެ ރެއެވެ. އޭގެކުރިން ފީފާއިން ވަނީ ނިއުރޭޑިއަންޓްގެ ސަސްޕެންޝަން އުވާލާ, ކުޅުންތެރިން ނުގެނެވޭގޮތަށް އޮތް އޮތުމަށް ނިމުން ގެނެސްފައެވެެ. ނިއުރޭޑިއަންޓަށްވުރެ ކުރިން ވިކްޓްރީން ވަނީ ސަސްޕެންޝަނުން ސަލާމަތްވެފައެވެ.

ނިއުރޭޑިއަންޓާއި ވިކްޓްރީން ތިން އަހަރެއްހާ ދުވަހުގެ ސަސްޕެންޝަނަށްފަހު އެނބުރި އައިސް ދެވަނަ ޑިވިޝަންގައި ވާދަކުރަނީ ނިސްބަތުން ރަނގަޅު ޓީމަކާއެކުއެވެ. ކޮންމެ ޓީމެއްގައި ބިދޭސީ ހަތަރު ކުޅުންތެރިން ހިމެނެއެެވެ. ވިކްޓްރީން ވަނީ ދުރާލާ ޕްރެކްޓިސް ފަށާ, ހިންނަވަރުގައި 10 ދުވަހުގެ ކޭމްޕެއްވެސް ފުރިހަމަކޮށްފައެވެ. މުބާރާތް ފަސްކުރުމުން އެންމެ ބޮޑު ފައިދާއެއްވާނީ ފަހުން ތައްޔާރުވާން ފެށުނު ނިއުރޭޑިއަންޓަށެވެ. ކޯޗު ސޮބާ ބުނީ މުބާރާތް ފަސްވުމަކީ އެޓީމަށް ހިތްހަމަޖެހުމެއް ކަމަށެވެ. އެއީ ބޭރު ކުޅުންތެރިންނާއެކު ޓީމް އެކުލަވާލާ, ފިޓްނަސްއަށް މަސައްކަތްކުރަން ލިބޭ ވަގުތެއްކަން ސޮބާ ފާހަގަކުރިއެވެ.

ނިއުރޭޑިއަންޓާއި ވިކްޓްރީގެ އިތުރުން ތިންވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމްގެ ގޮތުގައި ދެވަނަ ޑިވިޝަނުން ޖާގަ ހޯދި ބުރު ސްޕޯރޓްސް ކްލަބުންވެސް ވަނީ ވަރުގަދަ ޓީމެއް އެކުލަވާލާފައެވެ. އެޓީމު ތައްޔާރުވަމުން އަންނަނީ އާފިއު މުޙައްމަދު ހަމީދުގެ އިރުޝާދުގެ ދަށުންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްވިކްޓަރީ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025
ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި
01 ޑިސެމްބަރު 2025

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

01 ޑިސެމްބަރު 2025
މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
08 ނޮވެމްބަރު 2025

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު