Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބޭންކިން ޚިދުމަތް

މުހިންމު ބޭންކިން ޚިދުމަތްތައް މި ހަފްތާތެރޭގައި ނިންމުމަށް ބީއެމްއެލްއިން އެދިއްޖެ

4 ޖުލައި 2022 | ހޯމަ 07:01

10 ޖުލައި އިން 14 ޖުލައި އަށް ބޭންކު ބަންދުވާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 ޖުލައި 2022 | ހޯމަ 07:01
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

އެމްއެމްއޭ އިން ނިންމަވާފައިވާ ގޮތަށް އަޟްޙާ ޢީދު ބަންދާ ގުޅިގެން 10 ޖުލައި އިން 14 ޖުލައި ގެ ނިޔަލަށް ބޭންކު ބަންދުވާނެތީވެ، މި ހަފްތާގައި މުހިންމު ބޭންކިންގ ޚިދުމަތްތައް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އިން އެދިއްޖެއެވެ.

އީދު ބަންދާ ގުޅިގެން ކުރިއަށް އޮތް ހަފްތާގައި ބޭންކު ބަންދުވާނެއެވެ. މިކަމާއި ގުޅިގެން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ބޭންކުގެ ޚިދުމަތް ބަންދުވާ ދުވަސްތަކެއް އަންނާތީ ކަސްޓަމަރުން ޚިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާނުވާނެހެން ކުރިން ޕްލޭންކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމަކީ ބޭންކުގެ އެދުމެއް ކަމަށެވެ.

ޓީޓީ، ޗެކް ޕޮރެސެސްކުރުމާއި ލޯކަލް ޓްރާންސްފަރ ފަދަ މުހިންމު ޚިދުމަތްތަކަށް ބޭންކުން ވަނީ ސުންގަޑި ކަނޑައަޅާފައެވެ. އެހެންކަމުން ސުންގަޑީގެ ކުރިން ޚިދުމަތަށް އެދި ހުށަހެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ސުންގަޑިއަށް ފަހުން ލިބޭ ރިކުއެސްޓް އަދި ޗެކްތައް ޕްރޮސެސްކުރެވޭނީ ދެން ބޭންކު ހުޅުވޭ ދުވަހުކަމަށް ސައީދު ވިދާޅުވިއެވެ.

ޢީދު ބަންދަށް ފަހު ދެން ބޭންކު ހުޅުވޭނީ 17 ޖުލައި 2022 ވާ އާދިއްތަ ދުވަހުއެވެ.

ބޭންކިންގެ މުއާމަލާތްތަކަށް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގެ ހިދުމަތް ބޭނުންކުރުމަށް ބޭންކުން އެދެއެވެ. ނަގުދު ފައިސާގެ މުއާމަލާތްކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ޚިދުމަތްތައްވެސް އީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބޭނެކަމަށް ބެންކުން ބުނެއެވެ.

އޮންލައިންކޮށް ދެމުންދާ ޚިދުމަތްތަކާއި ޗެކް ޕްރޮސެސް ކުރުމަށް ވެސް ބޭންކުން ވަނީ ސުންގަޑިތަކެއް ހަމަޖައްސާފައެވެ. މިގޮތުން އިންޓަރނޭޝަނަލް ޓްރާންސްފަރގެ ޚިދުމަތް ހޯދުމަށް މެންދުރުފަހު 1:30 އާ ހަމަޔަށް ލިބޭ ރިކުއެސްޓްތައް ހަމަ އެދުވަހު ޕްރޮސެސްކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ. ލޯކަލް ޕޭމަންޓް އަދި ޓްރާންސްފައާއި، ޕޭރޯލްގެ ޚިދުމަތަށް މެންދުރު 12:00 އާ ހަމަޔަށް ލިބޭ ރިކުއެސްޓްތައް ހަމަ އެދުވަހު ޕްރޮސެސްކުރެވޭނެއެވެ. ޗެކް ޕްރޮސެސް ކުރުމަށް މެންދުރުފަހު 2:00 އާ ހަމަޔަށް ލިބޭ ބީއެމްއެލް ޗެކްތައް ހަމަ އެދުވަހު ޕްރޮސެސްކުރެވޭނެއެވެ. އަދި 11:00 އާ ހަމަޔަށް ލިބޭ އެހެން ބޭންކުތަކުގެ ޗެކްތައް ހަމަ އެދުވަހު ޕްރޮސެސްކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

ބީއެމްއެލް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
02 ނޮވެމްބަރު 2025

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި
29 އޮކްޓޯބަރު 2025

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
27 އޮކްޓޯބަރު 2025

ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!

27 އޮކްޓޯބަރު 2025
ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!
22 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

22 އޮކްޓޯބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
19 އޮކްޓޯބަރު 2025

ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި

19 އޮކްޓޯބަރު 2025
ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި
19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް