Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީދަށް ހާއްސަ ދަތުރުތައް

އީދަށް ހާއްސަ ދަތުރުތަކެއް ހއ. އަދި ހދ.ގައި ބާއްވަން އާރުޓީއެލްއިން ނިންމައިފި

އެއަރޕޯޓްތައް ހުންނަ ރަށްތަކަށް ވެސް އިތުރު ދަތުރުތައްކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ޖުލައި 2022 | ހޯމަ 02:25
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)

އަޟްހާ އީދާ ދިމާކޮށް ރަށްރަށަށްދާ ފަރާތްތަކަށް ލުއި ފަސޭހަކޮށް ދަތުރުކުރެވޭނެ ގޮތެއް ހެދުމަށްޓަކައި އިތުރު ފެރީތަކެއް ބާއްވާނެކަމަށް ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) އިން ބުނެފިއެވެ.

ހއ. އަތޮޅުގައި އާދީއްތަ ދުވަހު ރަސްމީކޮށް ހައިސްޕީޑް ފެރީގެ ހިދުމަތް ދޭން ފެށުމާއި ގުޅިގެން، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ޓްރާންސްޕޯޓް މެނޭޖަރު އަބްދުﷲ ޝިމާއު ވިދާޅުވީ، އިތުރު ފެރީ ދަތުރުތައް ކުރުމަށް ނިންމާފައިވަނީ އާންމުންނަށް ލުއި ފަސޭހަ ގޮތެއްގައި ދަތުރުތައް ހަމަޖެއްސުމަށް ކަމަށެވެ.

އެގޮތުން ހއ. އަދި ހދ. އަތޮޅުގައި ޝެޑިއުލްކޮށްގެން ކުރިއަށް ގެންދާ ދަތުރުތަކުގެ އިތުރުން ޑިމާންޑަށް ބަލާފައި އިތުރު ދަތުރުތައް ކުރަމުން ގެންދާނެކަމަށެވެ. ވަކިން ހާއްސަކޮށް ހޮޓްސްޕޮޓްތައް ކަމަށްވާ ކުޅުދުއްފުށި ސިޓީ އަދި ހއ. އިހަވަންދޫއާއި އެހެން ރަށްތަކާއި ގުޅުވާލެވިގެން އިތުރު ފެރީ ދަތުރުތައް ކުރާނެކަމަށާއި އެއަރޕޯޓްތައް ހުންނަ ރަށްތަކަށް ވެސް އިތުރު ދަތުރުތައް ކުރާނެ ކަމަށް ޝިމާއު ވިދާޅުވިއެވެ.

ޝިމާއު ވިދާޅުވީ ހއ. އަދި ހދ.ގައި ދެމުންދާ ހައިސްޕީޑް ފެރީގެ ބުކިންގ ވެސް ވަރަށް ބޮޑަށް ފުލްވެފައިވާ ކަމަށެވެ. އެހެންކަމުން ރަށްރަށް ދަތުރުތައް ކުރާ ޑިމާންޑާއި އެއްވަރަށް ކޭޓަރު ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓް މެނޭޖަރު އަލީ ފާތިހު ވިދާޅުވީ ޕްލޭނިންގ މިނިސްޓްރީއާއި ގުޅިގެން އީދާއި އެހެނިހެން ބޮޑެތި ބަންދު ދުވަސްތައް އަންނާނެ ގޮތްތަކާމެދު މިނިސްޓްރީއާއި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އަދި މި މަޝްވަރާތަކާއެކު މަސައްކަތް ފަށާއިރު ފެރީގެ އާންމު ޝެޑިއުލަށް ބުރޫ ނާރާނެހެން ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ
23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
21 ފެބުރުއަރީ 2017

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު