Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮމްބަޑްސްޕަރސަން އޮފީހުގެ މަސައްކަތް

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ގާތްގަނޑަކަށް ހުރިހާ މައްސަލައެއްގެ އިނީޝަލް ބައްދަލުވުންތައް ނިންމާލައިފި

3 ޖުލައި 2022 | އާދީއްތަ 23:40

އިނީޝަލް ބައްދަލުވުން ބޭއްވިފައި ނުވާ ހަމައެކަނި މައްސަލައަކީ، މައްސަލަ ހުށަހެޅި ފަރާތް ނިޔާވުމުގެ ސަބަބުން ޢާއިލާގެ ދެން ތިބި ބޭފުޅުންނާއެކު ކުރިއަށްގެންދަންޖެހޭ މައްސަލައެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ޖުލައި 2022 | އާދީއްތަ 23:40
ގދ ތިނަދޫ ކެމްޕަހުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން

ގދ ތިނަދޫ ކެމްޕަހުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ) އަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ފިޔަވައި އެހެން ހުރިހާ މައްސަލައެއްގެ އިނީޝަލް ބައްދަލުވުން ނިންމާލައިފިއެވެ.

މިގޮތުން މިހާތަނަށް އިނީޝަލް ބައްދަލުވުން ބޭއްވިފައި ނުވާ ހަމައެކަނި މައްސަލައަކީ، މައްސަލަ ހުށަހެޅި ފަރާތް ނިޔާވުމުގެ ސަބަބުން ޢާއިލާގެ ދެން ތިބި ބޭފުޅުންނާއެކު ކުރިއަށްގެންދަންޖެހޭ މައްސަލައެއްގައިކަމަށް އޯ.ޓީ.ޖޭއިން ބުނެއެވެ.

Advertisement - newsAdvertisement

މީގެއިތުރުން، އެ އޮފީހަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައަށްވުރެ ގިނަ މައްސަލަތަކުގެ ތަޙުޤީޤު ނިމިފައިވާއިރު، ދެން ކުރިއަށް އޮތީ އެ މައްސަލަތަކުގެ ތަޙުޤީޤު ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކަމުގައި އެއޮފީހުން ބުނެއެވެ. އަދި، ބައެއް މައްސަލަތަކުގެ ތަޙުޤީޤަށްފަހު ޞުލްޙަކުރުމުގެ މަރުޙަލާވެސް ނިމި، އެ މައްސަލަތަކުގައި މައްސަލަ ހުށަހެޅި ފަރާތް އެދުނު ގޮތަށް ޙައްލު ހޯދައިދެވިފައިވާއިރު، މި މައްސަލަތަކުގައި މިހާރު ކުރިއަށްދަނީ މި މަރުޙަލާ ނިންމައި ސޮއިކުރަންޖެހޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކަމަށް ވެސް އެއޮފީހުން ބުނެއެވެ.

މިހާތަނަށް އޯ.ޓީ.ޖޭ އިން ވަނީ އޮފީހަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ވިކްޓިމް ސަޕޯޓް ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް 53 ވިކްޓިމް ސަޕޯޓް ސެޝަން ކުރިއަށް ގެންގޮސްފައި ކަމަށާއި ތަޙުޤީޤު ނިމިފައިވާ މައްސަލަތަކުގައި ފާހަގަކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް، ކަމާބެހޭ މުއައްސަސާތަކަށް ދޭންޖެހޭ ރިކޮމެންޑޭޝަންތައް ތައްޔާރުކުރުމުގެ މަސައްކަތާއި، އެކަމާ ގުޅިގެން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމުގެ މަސައްކަތްވެސް ހަލުވިމިނުގައި ކުރިއަށްދާކަމަށް އެއޮފީހުން ބުނެއެވެ.

މީގެ އިތުރުން، ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން ބޭއްވި ޕަބްލިކް ހިއަރިންގެ ފުރަތަމަ ބައިން ނެގުނު ބަޔާންތަކާއި، ހާދިސާއާ ގުޅޭ ފޮތްތަކާއި އެހެނިހެން ލިޔެކިޔުންތައް ދިރާސާކޮށް، އިތުރަށް ބަޔާންދެވިދާނެ ކަމަށް ބެލެވޭ ފަރާތްތައް ފާހަގަކުރުމުގެ މަސައްކަތް އެއޮފީހުން މިހާރު ކުރަމުންދާކަމަށާއި މި މަސައްކަތް ނިމުމުން ޕަބްލިކް ހިއަރިންގެ މާލޭގެ އަޑުއެހުން ބާއްވާނެ ތާރީޚެއް އިޢުލާންކުރުމަށް ހަމަޖެހިފައިވާކަމަށް އެއޮފީހުން ބުނެއެވެ.

މިހާރު ތަޙުޤީޤު މަރުޙަލާ ނުނިމި ހުރި މައްސަލަތަކުގެ ތަޙުޤީޤު، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށްގެންގޮސް ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާލުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އޯ.ޓީ.ޖޭ އިން ކުރަމުންދާކަމަށް ވެސް އެއޮފީހުން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

09 މެއި 2017

"ޔާމީން މަރާލުމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދެން"

09 މެއި 2017
"ޔާމީން މަރާލުމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދެން"
23 އެޕްރީލު 2017

ޔާމީނު މަރާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: ރައީސް މައުމޫނު

23 އެޕްރީލު 2017
ޔާމީނު މަރާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: ރައީސް މައުމޫނު
15 އެޕްރީލު 2017

ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ނާޒިމް

15 އެޕްރީލު 2017
ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ނާޒިމް
13 އެޕްރީލު 2017

ގާސިމްގެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންދަންޖެހޭ: ޝަމީމް

13 އެޕްރީލު 2017
ގާސިމްގެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންދަންޖެހޭ: ޝަމީމް
28 ފެބުރުއަރީ 2017

ފ. އަތޮޅު "ވިއްކުން" ނުހުއްޓުވޭނެ ކަމުގެ އިޝާރާތެއް ރައީސް އޮފީހުން ދީފި

28 ފެބުރުއަރީ 2017
ފ. އަތޮޅު "ވިއްކުން" ނުހުއްޓުވޭނެ ކަމުގެ އިޝާރާތެއް ރައީސް އޮފީހުން ދީފި
27 ފެބުރުއަރީ 2017

މުހުތާޒްގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ ނެރުނީ ރައީސް އޮފީހުން!

27 ފެބުރުއަރީ 2017
މުހުތާޒްގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ ނެރުނީ ރައީސް އޮފީހުން!
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް