Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއާއިލާ ބިނާކުރުން

ހަމީދާއި އަންހެނުންގެ ފަޅުވެފައިވާ ހަޔާތަށް 20 އަހަރު ފަހުން ލިބުނު އަލިކަން

2 ޖުލައި 2022 | ހޮނިހިރު 12:06

ދަރިއަކު ލިބޭތޯ ދެމަފިރިން 20 އަހަރު ވަންދެން ކުރި މަސައްކަތް ކާމިޔާބެއްނުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 ޖުލައި 2022 | ހޮނިހިރު 12:06
ހަމީދާއި އޭނާގެ އަންހެނުން އަދި ދަރިފުޅު

ހަމީދާއި އޭނާގެ އަންހެނުން އަދި ދަރިފުޅު

ޒަވާޖީ ހަޔާތެއް ދެމީހަކު ފަށަނީ ފޮނި އުއްމީދުތަކަކާއެކުއެވެ. އާއިލާއެއް ބިނާކޮށް, އުމުރުގެ ބާކީ ބައި އެކީގައި ހޭދަކުރުމަށެވެ. ނަމަވެސް ފޮނި އުއްމީދުތަކާއެކު ފަށާ މިފަދަ ޒަވާޖީ ހަޔާތަށް މަދުން ނަމަވެސް ފަނޑުކަން ގެނުވާ ކަންކަން ހުރެއެވެ. އެފަދަ އެއް ކަމަކީ އެކައިވެންޏަކަށް ދަރިއަކު ނުލިބުމެވެ. ދަރިން ނުލިބުމަށް ގިނަ ސަބަބު ތަކެއް ހުރިއިރު، ގިނަ ބަޔަކަށް އެކަން ނޭނގުނަސް، ބައްޔެއްގެ ސަބަބުން ވެސް ދަރިން ލިބުމުން މަހުރޫމްވެފައިވާ އެތައް ބަޔަކު އެބަތިއްބެވެ.

ކައިވެންޏަކަށްފަހު ދެމަފިރިން އެންމެ ބޮޑަށް ދެކޭނެ އެއް ހުވަފެނަކީ އިތުރު މެމްބަރަކު އެ އާއިލާއަށް ގެނައުމުގެ ހުވަފެނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް ދަރިމައިވުމުގައި މައްސަލަތައް ކުރިމަތިވެ އެކަން ތަހައްމަލުކުރަންޖެހޭ ދެމަފިރިން ރާއްޖޭގައިވެސް މަދެއްނޫނެވެ.

މި ހިތާމަ ތަހައްމަލްކުރި އެއްބަޔަކީ ބ. ތުޅާދޫ، އާވެހިގެ، އަބްދުލް ހަމީދު އުސްމާނުގެ ދެމަފިރިންނެވެ. ހަމީދާއި، އޭނާގެ އަންހެނުން 20 އަހަރަށްވުރެ ގިނަ ދުވަހު ދަރިއެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް އެންމެފަހުން އެ ދެމަފިރިން ނިންމީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑަ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ހޯދުމަށެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އާންމުކޮށްފައިވާ މިފަދަ ވީޑިއޯއްގައި ހަމީދު ކިޔައިދިން ގޮތުގައި ފަޅުވެފައިވާ އޭނާގެ ދިރިއުޅުން ބަދަލުވެގެންދިޔައީ ކުއްޖާ ލިބުނު ދުވަހުން ފެށިގެންނެވެ. އެއީ އުފާވެރި ދުވަހެއް ކަމަށާއި، އެދުވަހުގެ އިހުސާސްތައް ބުނެދޭންވެސް ނޭނގޭކަން ފާހަގަކުރިއެވެ. މިއީ 20 އަހަރު ދުވަސްވަންދެން ހަމީދު އުއްމީދު ކުރަމުން އައި ކުޑަކުޑަ އާއިލާއަށް ދިރުން ގެނުވައިދިން ދުވަހެވެ.

ހަމީދު ދަރިފުޅާއެކު ދުވަސްތައް ގުނަމުންދާއިރު، އޭނާ ދަނީ ދަރިފުޅަށްޓަކައި ބުރަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރިނަމަވެސް ދަރިފުޅާއެކު ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އަދި މުސްތަގުބަލަށް ވިސްނައި ގިނަ ކަންތައްތަކެއް ކުރަމުންދާކަމަށް ވެސް ހަމީދު ބުންޏެވެ.

ފޮސްޓަރިން ކުއްޖަކު ހޯދުމަށް ކުރި މަސައްކަތްތަކުގައި ހަމީދު ވަނީ ގިނަ ކަންތައްތަކެއް ވެސް ތަޖުރިބާކޮށްފައެވެ. ފޮސްޓަރކުރުމުގެ ޕްރޮސެސް ދިގުވުމާއެކު ހިތްނުތަނަވަސްވިކަން ވެސް ފާހަގަކުރިއެވެ. ނަމަވެސް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަރާތުން ލިބުނު އެއްބާރުލުމާއި، މިހާރު ވެސް ބަހައްޓަމުންދާ ގާތްކަން ހަމީދު ފާހަގަކުރީ އުފަލާއެކުއެވެ.

މި ތުއްތު ކުއްޖާއަށް ހަމީދުގެ އާއިލާއިން ފޮސްޓަރކޮށް ދުޅަހެޔޮ މާހައުލެއްގައި ހެދިބޮޑުވުމުގެ ފުރުސަތު ލިއްބައިދިން ފަދައިން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އެހެން ކުދިންނަށް ވެސް މިފުރުސަތު ހޯދައިދެވިދާނެއެވެ. ދަރިމައިވުމުގެ މައްސަލައާއި އެކަމަށް ހައްލެއް ހޯދުމަށް އަތުން ބޮޑު ޚަރަދެއް އަބަދުވެސް ހިނގައެވެ. އަދި އެ ޚަރަދު ކޮންމެކޮންމެ މީހަކަށް ނުއުފުލޭނެއެވެ.

ނަމަވެސް އެއްވެސް ކުށެއް ނެތި، ކޮންމެވެސް ބައެއްގެ ސަބަބުން ޔަތީމުވެފައިވާ ނުވަތަ އުޅެމުންދިޔަ މާހައުލަށްވުރެ ރަނގަޅު މާހައުލެއް ހޯދުމަށް ކުޑަކުދިން ދައުލަތަށް ނެގެއެވެ. އެފަދަ ކުދިންނަކީ ވެސް މުޖްތަމައުގެ އެހެން ކުޑަކުދިންނެކޭ އެއްގޮތަށް އަޅާލުމާއި ލޯތްބާއި އޯގާތެރިކަން ބޭނުންވާ ބައެކެވެ. ވަކިން ޚާއްސަކޮށް އާއިލާއެއްގެ ލޯތްބެވެ. މަންމައެއްގެ ލޯތްބެވެ. ބައްޕައެއްގެ ލޯތްބެވެ. ކުށެއް ނެތް އެ މައުސޫމް ކުދިންނަށް ކޮންމެ މީހަކަށްވެސް ކަމެއް ކޮށްދެވިދާނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

26 ޖޫން 2017

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް