Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުދިން އެހެން ކުދިންނާ އަޅާ ކިޔުން

ރިޕޯޓް ފޮތް ލިބުމާއެކު ކުދިންގެ މާކްސް އަޅާ ކިޔުން ހުއްޓާލަން ވެއްޖެ!

1 ޖުލައި 2022 | ހުކުރު 12:31

ރާއްޖޭގައި ކުދިން އެއްކުއްޖަކު އަނެއްކުއްޖަކާ އަޅާ ކިޔާ ބެލެނިވެރިން ގިނަ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ޖުލައި 2022 | ހުކުރު 12:31
ސްކޫލް ދަރިވަރުންތަކެއް ކްލާސްރޫމް ބޭރުގައި ލައިން ހަދައިގެން

ސްކޫލް ދަރިވަރުންތަކެއް ކްލާސްރޫމް ބޭރުގައި ލައިން ހަދައިގެން

ކިޔެވުން ނިންމައި ދަރިވަރުންގެ ޕޭޕަރުތައް ދައްކާ ދުވަހަކީ ކުދިންނަށް ހާއްސަ ދުވަހެކެވެ. އެއީ މުޅި ޓަރމުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެނގޭ ދުވަސް ކަމަށްވާތީއެވެ. ނަމަވެސް އެ ދުވަހު އެންމެ ބޮޑަށް ކުދިން ކަންބޮޑުވަނީ އެހެން ސަބަބަކާހުރެ އެވެ. އެއީ މަންމަ އާއި ބައްޕަ އެ ކުއްޖަކަށް ލިބޭ މާކްސްއާ މެދު ހިތްހަމަ ޖެހޭނެތޯ އާއި ހިތްހަމަ ނުޖެހި އަޅުވާ ކިޔާނީ ކޮން ކުއްޖެއްގެ މާކްސްއާތޯއެވެ. ބައެއް ކުދިން އިމްތިހާން ދުވަސްވަރު ވެސް މިކަމާ ކަންބޮޑުވެއެވެ.

ބެލެނިވެރިން، ދަރިންގެ ކިޔެވުމާއި އެހެން ދަރިވަރުންގެ ކިޔެވުމާ އަޅާ ކިޔަނީ އެ ކުދިންނަށް ހިތްވަރު ދެވޭ ކަމަށް ދެކިގެންނެވެ. ނަމަވެސް އޭގެ ސަބަބުން އެ ކުއްޖާއަށް ލިބެނީ ހިތްވަރެއް ނޫނެވެ. އޭގެ ބަދަލުގައި ތިމާއަކީ ކިޔެވުމުގައި ދަށް ކުއްޖެއްކަން އިހުސާސް ކުރެވި އެ ކުދިން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދައްވާން ފަށައެވެ. މީގެ ސަބަބުން ކުއްޖާގެ ކިބައިގައި ގޯސް އާދަތަކެއް އަށަގަނުވައިދޭ ހިސާބަށްވެސް ދެއެވެ.

ހިތްވަރު ދޭ ކަމަށް ވިސްނައި ކްލާހުގައި އިންނަ އެހެން ކުއްޖެއްގެ މޮޅު ވާހަކަތައް އަބަދު ދެއްކުމުގެ ސަބަބުން ބައެއް ފަހަރު ދަރިންގެ ހިތުގައި އެ އަޅާ ކިޔާ ކުއްޖާއާ މެދު ނަފްރަތު ވެސް އުފެދެއެވެ. ބައެއް ކުދިންނަށް މުޅި އުމުރު ދުވަހަށް ވެސް އެ ނަފްރަތުން އަރައިނުގެނެވެއެވެ.

މީގެ އިތުރުން ދުވަހަކުވެސް ތިމަންނާ އެހެން ކުދިންނަށްވުރެ މޮޅު ނުވާނެ ކަމަށް ނިންމައި ކަންކަމުގައި އަވަހަށް "ގިވްއަޕް" ކުރުމުގެ އާދަ ވެސް ބައެއް ކުދިންގެ ގައިގައި އަށަގަނެއެވެ. އެއީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދަށްވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.

ހުރިހާ ކުދިން އެއްގޮތެއް ނުވާނެ އެވެ. އެއްބައި ކުދިން ކިޔެވުމަށް މޮޅުއިރު ދެން ތިބޭ ކުދިން އެހެން ކޮންމެ ވެސް ކަމަކުން މޮޅުވުމަކީ އެކަށީގެންވާ ކަމެކެވެ. އެކި ކުދިންގެ ހުނަރުތައް ތަފާތުއިރު ކުދިން އަޅާ ކިޔުމުގެ ސަބަބުން ލިބިފައި ހުންނަ ހުނަރު ފޮރުވައިގެން ތިބޭ ކުދިން ވެސް މަދެއް ނޫނެވެ. އެއީ އެ ހުނަރު ދައްކައިފިނަމަ އެއިން ވެސް ހިތްވަރު ދިނުމުގެ ބަދަލުގައި އެހެން ކުއްޖެއްގެ ހުނަރާ އަޅާ ކިޔައިފާނެތީއެވެ.

ބެލެނިވެރިންގެ ނިޔަތް ރަނގަޅު ނަމަވެސް ކުދިން އަޅާ ކިޔައިގެން ކުރެވެނީ ވަރަށް ގޯސް ކަމެކެވެ. އެ ނޫން ގޮތްތަކަށް ވެސް ކުދިންގެ މެދުގައި ރަނގަޅު ވާދަވެރިކަމެއް އުފައްދައި ކިޔެވުމުގައި ކުރިއެރުމަށް ހިތްވަރު ދެވިދާނެއެވެ. އެގޮތުން، އެ ކުއްޖާ ކުރާ ހިތްވަރަށް ސާބަސް ދީ، ކިޔެވުމުގައި ދަތިތަކެއް ހުރި ނަމަ އެކަން އޮޅުން ފިލުވައި އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރެވިދާނެއެވެ.

ކުއްޖަކު ހުނަރެއް ދައްކާނަމަ އޭނާއާއި އެހެން ކުދިންނާ އަޅާ ކިޔުމުގެ ބަދަލުގައި އެ ހުނަރަކީ ވެސް މުހިންމު ހުނަރެއްކަން ދޭހަވާ ގޮތަށް އެ ކުއްޖާއަށް ހިތްވަރު ދޭންވީއެވެ. މީގެ ސަބަބުން ކުއްޖާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވާނެއެވެ. އެއާއެކު ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވުމަށް ކުއްޖާއަށް ހިތްވަރު ލިބިގެންދާނެއެވެ.

ޕޭޕަރު ދައްކާ ދުވަހުވެސް ކުއްޖާގެ މާކްސްއާއި އެހެން ކުދިންގެ މާކްސްއާއި އަޅާ ކިޔުމުގެ ބަދަލުގައި އެއަށްވުރެ ރަނގަޅަށް ދެންފަހަރަކު މަސައްކަތް ކުރުމަށް ހިތްވަރު ދެވިދާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2017

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!
24 އޮކްޓޯބަރު 2017

ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!

24 އޮކްޓޯބަރު 2017
ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!
09 އޮކްޓޯބަރު 2017

އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

09 އޮކްޓޯބަރު 2017
އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!
04 އޮކްޓޯބަރު 2017

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި
21 ސެޕްޓެމްބަރު 2017

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟
14 ސެޕްޓެމްބަރު 2017

މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

14 ސެޕްޓެމްބަރު 2017
މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟
03 ސެޕްޓެމްބަރު 2017

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟
30 ޖޫން 2017

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް
19 ޖޫން 2017

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017
އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!
17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް