Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްފާހިޝް އަމަލުތައް

ފާހިޝް އަމަލުތައް ހިންގުމަށް ހިތްވަރުދީ އެކަން މަނާކުރުމަށް މަސައްކަތް ނުކުރާ މީހުންނަށް ﷲ ގެ ކޯފާއެއް އައުމަކީ ދުރުގައިވާކަމެއް ނޫން: ޚުތުބާ

އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އަމަލުކޮށް އުޅުނު މީހުންގެ މައްޗަށް މާތްﷲ ގެ ކޯފާ އާޛާބު ފޮނުއްވައި، އެބައިމީހުން ހަލާކު ކުރި ގޮތާމެދު ވިސްނާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 ޖުލައި 2022 | ހުކުރު 08:12
ހުކުރު ނަމާދަށް އާންމުން ގޮސް ތިބި މަންޒަރު

ހުކުރު ނަމާދަށް އާންމުން ގޮސް ތިބި މަންޒަރު

ފާހިޝް އަމަލުތައް ހިންގުމަށް ހިތްވަރުދީ އެކަން މަނާކުރުމަށް މަސައްކަތް ނުކުރާ މީހުންނަށް މާތް ﷲ ގެ ކޯފާއެއް އައުމަކީ ދުރުގައިވާކަމެއް ނޫން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ފާހިޝް އަމަލުތަކާއި ދުރުވާށެވެ." މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ މާތް ﷲ ނަހީކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަނަމަ މުޖުތަމައުގައި ބަލިމަޑުކަމާއި ނާމާންކަން ފެތުރޭނެ ކަމަށެވެ. އިންސާނަކަށްވީތީ އޭނާގެ ކިބައިގައި ލައްވާފައި ޖިންސީ އެދުންތައް ހިމެނޭ ކަމަށާއި އެކަމަށް އިޖާބަދޭނެ ޝަރުއީ މިންގަނޑުތައް މާތް ﷲ ކަނޑައަޅުއްވާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އެގޮތުން އެއީ ޝަރުއީ ކައިވެނި ކަމަށާއި އެއީ ސައްހަ އަދި ރައްކާތެރި ގޮތުގައި ޖިންސީ އެދުންތައް ހާސިލް ކުރުމަށް ލައްވާފައިވާ މަގު ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޒިނޭ ކުރުމާއި އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތަކާއި ގާތްނުވުމަށް މާތްﷲ އަންގަވާފައިވާކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ އެގޮތަށް އަންގަވާފައިވަނީ އެކަންކަމުގެ ނުބައިކަމުންނާއި އޭގެ ސަބަބުން ދެ ދުނިޔޭގައި ކުރިމަތިވެދާނެ ގެއްލުންތަކާއި ފާފައިގެ ބޮޑުކަމުން ކަމަށެވެ. އިންސާނާގެ ފިތުރަތާއި ޚިލާފު ފާހިޝް އަމަލުތައް ކަމުގައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އަމަލުކޮށް އުޅުނު މީހުންގެ މައްޗަށް މާތްﷲ ގެ ކޯފާ އާޛާބު ފޮނުއްވައި، އެބައިމީހުން ހަލާކު ކުރި ގޮތާމެދު ވިސްނުމަށް ވަނީ އެދިފައެވެ.

ހިނދުކޮޅެއްގެ އުފަލާއި އަރާމަށްޓަކައި މައުސޫމު އަންހެނުންނާއި ފިރިހެނުން ދުނިޔޭގެ ދަހިވެތިކަމާއި ތިމާގެ ކެހިވެރިކަމުގެ ދަލުގައި ޖައްސާ، މަކަރާއި ހީލަތުން ފާހިޝް އަމަލުތަކަށް އަރައިގަތުމަށް އެމީހުންނަށް އަރައިގަތުމަށް މަޖުބޫރުކޮށް ދެ ދުނިޔޭގެ ބާއްޖަވެރިކަމުން މަހްރޫމް ނުކުރުމަށް ވެސް ޚުތުބާގައި ބުންޏެވެ. ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތަކާއި ވަބާތަކާމެދު ވިސްނާއިރު އެންމެ ނުރައްކާތެރިކަން ބޮޑީ ހަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތަކެވެ. މިފަދަ ބަލިތައް އިންސާނުންގެ ތެރޭގައި ފެތުރެނީ އެމީހުން އަމިއްލައަށް ކުރާ ފާހިޝް އަމަލުތަކުގެ ސަބަބުން ކަމަށް ޚުތުބާގައި ބުންޏެވެ.

މިއަދު ޒުވާނުންގެ މެދުގައި އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އާދަ ފެތުރެމުންދާ ވާހަކައަކީ ވަރަށް ބޮޑަށް ދެކެވޭ ވާހަކައެއް ކަމަށާއި ފިތުރަތާ ޚިލާފު ހުތުރުކަން ބޮޑު، މި ހަޑިމުޑުދާރު އަމަލުތަކަށް އަރައިގަތުމުގެ ނުބައި ސުންޕާ ބަލި މުޖުތަމައުގައި ވަކި ހިއްޕަމުންދާ ވާހަކައަކީ ވަރަށް ހިތާމަވެރޮ ވާހަކައެއް ކަމަށް ޚުތުބާގައި ބުންޏެވެ. މު ނުރައްކާތެރި ވަބާ އިން ޒުވާނުންނާއި މުޖުތަމައު ސަލާމަތް ކުރުމަށް ހުރިހާ އެންމެނާއި ކަމާއި ގުޅުންހުރި މުއައްސަސާތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް ޚުތުބާގައިވެއެވެ.

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

28 ނޮވެމްބަރު 2025
އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު